އިންޑިއާގެ އެހީގައި ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް އޮންލައިންކޮށް ތަމްރީން ޕްރޮގްރާމްތަކެއް ފަށައިފިއެވެ.
އިންޑިއާގެ ހައި ކޮމިޝަނުން އިއްޔެ ވިދާޅުވި ގޮތުގައި މި ތަމްރީން ޕްރޮގްރާމްތައް ހިންގާނީ ކަސްޓަމްސް އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހިދުމަތްތެރިންނާއި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުންގެ މެދުގައެވެ.
އިންޑިއާގެ ފަރީދާބާދުގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް އިން ރާއްޖޭގެ ކަސްޓަމްސް ސާވިސްގެ 24 އޮފިޝަލުންނަށް ނަގައިދޭ އިންޓެލިޖެންސް އިންވެސްޓިގޭޝަން އެންޑް އިންފޯމޭޝަން ގެދަރިން، އެނެލިސިސް އެންޑް އެންފޯސްމެންޓް އާއި ބެހޭ ސްޕެޝަލައިޒްޑް އޮންލައިން ޓްރެއިނިން ކޯހެއް އިއްޔެ އިން ފެށިގެން އަންނަ ހުކުރު ދުވަހަށް ކުރިއަށް ގެންދާނެއެވެ.
އެއް ހަފްތާގެ މި ކޯހަކީ މިދިޔަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވި ރަސްމީ ދަތުރުފުޅުގައި ސޮއި ކުރި ކަސްޓަމްސް ކޯޕަރޭޝަންއާ ބެހޭ އެމްއޯޔޫގެ ދަށުން ހިންގޭ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ. މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 40 އޮފިސަރުން ވަނީ އެކި ދާއިރާތަކުން އިންޑިއާގައި ތަމްރީނުކޮށްފައެވެ.
އިންޑިއާ އިންސްޓިޓިއުޓް އޮފް ޑިމޮކްރެސީ އެންޑް އިލެކްޝަން މެނޭޖްމެންޓް، އިލެކްޝަން ކޮމިޝަން އޮފް އިންޑިއާ (އީ.ސީ.އައި) ގެ ފަރާތުން ވަނީ އިއްޔެ އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޕާޓްނާ ޑިމޮކްރެސީ ތަކުގެ ތެރެއިން އެކި ގައުމުތަކުގެ ބައިވެރިން ހިމެނޭހެން އީ-އައިޓެކް ވޯޓާ ރެޖިސްޓްރޭޝަން (ވީ.އާރް) ކޯހެއް ހިންގުމަށް ހަމަޖެހިފައެވެ. މި ކޯހުގެ ސަބަބުން ކާމިޔާބުކަމާއިއެކު، ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމަށް ހިންގާ ކެމްޕެއިންތައް ރާވާ ހިންގުމަށް ބޭނުންވާ އުކުޅުތައް ދަސްކޮށްދެވި ކެޕޭސިޓީ ޑިވެލޮޕް ކުރެވިގެންދާނެއެވެ.
މި ކޯހުގައި ހިމެނޭ ބައިތަކުގެ ތެރޭގައި އިންޓްރޮޑަކްޝަން ޓު ވޯޓާ ރަޖިސްޓްރޭޝަން، ޓްރެއިނިން އޮން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ލޮޖިސްޓިކްސް އެންޑް އޮޕަރޭޝަންސް، އަދި އޮޑިޓް އޮފް ވޯޓާ ރެޖިސްޓާސް ހިމެނެއެވެ. ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ 10 އޮފިޝަލުން މި ކޯހުގައި ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ މަހުން ފެށިގެން އިންޑިއާ ސަރުކާރުގެ ޑިޕާޓްމެންޓް އޮފް ބަޔޯޓެކްނޮލޮޖީ އާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ ސިއްހަތާއި ބެހޭ ވުޒާރާތަކުން ގުޅިގެން ވަނީ ތަމްރީނު ޕްރޮގްރާމްތަކުގެ ރައުންޑްތަކެއް ހިންގައިފައެވެ. މީގެ ތެރެއިގައި ރާއްޖެ ވެސް ވަނީ ބައިވެރިވެފައެވެ. މި ތަމްރީނު ޕްރޮގްރާމްތަކުގައި ގުޑް ކްލިނިކަލް ޕްރެކްޓިސެސް، އަދި ގުޑް ކްލިނިކަލް ލެބޮރެޓޮރީ ޕްރެކްޓިސެސް ފަދަ މައުލޫތައް ހިމެނެއެވެ. އަދި މި ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ބައިވެރި ގައުމުތަކުގެ ސިއްހީ ދާއިރާތަކަށް، ކޮވިޑް-19 ވެކްސިން ތައްޔާރުވެ އެޕްރޫވް ވުމާއިއެކު އެންމެ އެކަށޭނެގޮތުގައި ވެކްސިން ޑިޕްލޯއި ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.
ދިވެހި ޓީޗަރުން ތަމްރީނުކުރުމުގެ ގޮތުން ފަސް ސްޕެޝަލައިޒްޑް އޮންލައިން ޓްރެއިނިން ކޯހެއް ނޮވެމްބަރ 16 ގައި ވަނީ ފަށައިފައެވެ. ޗެންނާއި ގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް ފޯ ޓީޗާޒް ޓްރެއިނިން އެންޑް ރިސާޗް (އެން.އައި.ޓީ.ޓީ.އާރް) ގެ ފަރާތުން ހިންގޭ މި ކޯސް ތަކުގެ ތެރޭގައި ކޮލިޓީ އެޝުއަރެންސް އިން އޮންލައިން ޓީޗިން، ލާނިން މެނޭޖެމްނެޓް ސިސްޓަމްސް، އޮންލައިން ޓީޗިން ޔޫޒިން ކޮލެބޮރެޓިވް ޓޫލްސް، މޮނިޓަރިން ފްރޭމްވޯކްސް ފޯ އޮންލައިން ކޯސެސް، އަދި އިންސްޓްރަކްޝަނަލް ޑިޒައިން ފޯ އޮންލައިން ކޯސަސް ހިމެނެއެވެ.
އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަނެންސް (އެން.ސީ.ޖީ.ޖީ) އިން ދިވެހި ސިވިލް ސާވެންޓުންނަށް އަމާޒުކޮށްގެން 2 ދުވަހުގެ ވޯކްޝޮޕެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ފެބްރުއަރީ 2021 އަށް ތާވަލު ކުރެވިފައިވާ މި ވޯކްޝޮޕް ގެ މައުލޫއަކީ ގުޑް ގަވަނެންސްއެވެ. އެން.ސީ.ޖީ.ޖީ އާއި ދިވެހި ސިވިލް ސާވިސް ކޮމިޝަންއާއި ދެމެދު ކެޕޭސިޓީ ބިލްޑިން އަދި ތަމްރީނުތަށް ހިންގުމާއި ގުޅޭ އެމް.އޯ.ޔޫ ގައި ސޮއި ކުރެވުނީ ޖޫން 2019 ގައި އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އެމް.އޯ.ޔޫ ގެ ދަށުން މިހާތަނަށް 150 އަށް ވުރެ ގިނަ ދިވެހި ސިވިލް ސާވެންޓުން ވަނީ އިންޑިއާގައި ތަމްރީނު ހާސިލްކޮށްފައެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ދެކޭ ގޮތުގައި ރާއްޖޭގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންގެ ކެޕޭސިޓީ ބިލްޑިންއަކީ އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ ގާތް ގުޅުމުގެ މުހިންމު އެއް ތަނބެވެ. ނޮވެމްބަރު 2018 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ދެ ގައުމު ގުޅިގެން ހިންގޭ މިފަދަ ކެޕޭސިޓީ ބިލްޑިން މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އިތުރު ކުރެވި އާ ދާއިރާތައް ހިމެނޭހެން ފުޅާކޮށްފައެވެ.
ސަރުކާރުގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކޮށް ދިވެހި މުއައްސަސާތަށް ހަރުދަނާކޮށް ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަކީ ދެ ގައުމުގެ ގުޅިފައިވާ އަމާޒެކެވެ.
ރާއްޖެއަކީ އިންޑިއާގެ އައިޓެކް ޕްރޮގްރާމްގެ ގިނަ ދުވަސްވީ ބައިވެރިއެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އައިޓެކްގެ ކެޕޭސިޓީ ބިލްޑިން ކޯސްތައް މިވަނީ ސްޕެޝަލައިޒް އަދި ކަސްޓަމައިޒް ކުރެވި، އޮންލައިން ކޮށް ހިންގަން ފަށާފައެވެ. އަދި އޮކްޓޯބަރ 2020 އިން ފެށިގެން ރާއްޖޭގެ އެކި މުއައްސަސާތަކުގެ އޮފިޝަލުންނަށާއި، ޝައުގުވެރިވާ އެހެނިހެން ބައިވެރިންނަށް ހުޅުވާލެވިގެން އެކި ދާއިރާތަށް ހިމެނޭ ގޮތަށް ހިންގޭ މިފަދަ އޮންލައިން ކޯސްތައް ވަނީ އިތުރުކުރެވިފައެވެ. އަދި ގާތް މުސްތަގްބަލެއްގައި އޮޑިޓްގެ ދާއިރާއާއި ޖުޑިޝަލް ކޯޕަރޭޝަންގެ ދާއިރާއިންވެސް ކެޕޭސިޓީ ބިލްޑިން އިނީޝިއޭޓިވްތައް ފުޅާކުރުމަށް ވަނީ ރޭވިފައެވެ.
މޭޒު ދަށުން އެން މެ ގިނައިން ފައިސާ އަތުލާ ގައު މު
މީގެ އަމާޒަކީ
*އިންޑިޔާމީހުން ވަގަށް މުދާ ރާޢްޖެ އެތެރެކުރުން/ކަސްޓަމްސް
*ވޯޓް އޮޅުވާލާނެގޮތް ދަސްކޮށްދިނުން/ އިލެކްސަންސް ކޮމިޝަން
*މީހުން މަރާނެގޮތް ދަސްކޮށްދިނުން/ހެލްތް
އޮކޭނު
ތިޔަ ތަމްރީންތައް ނިމޭއިރު ރާއްޖޭގައި ގިނަވާނީ އިންޑިޔާ މީހުން - ވިޔަފާރި ތަކުގައާއި މަގުމަތީގައިވެސް