އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވަކި ކުރަން ނިންމީ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް އިއްޔެ ވިދާޅުވެއްޖެއެވެ.

އަކްރަމް ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންތަކެއް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކެއް ބެލުމަށްފަހު ކަމަށް ކޮމެޓީގެ މެމްބަރަކު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެކަމަކު، އެ މައްސަލަ މަޖިލިހުގެ ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން އަކްރަމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ރައީސް އޮފީހަށް އަކްރަމް ފޮނުއްވި ސިޓީއެއްގައި ވަނީ އޭނާ އިސްތިއުފާ ދީފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެ ކޮމެޓީން އޭނާ ވަކި ކުރުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައި ވާތީ، އެ ކޮމެޓީގެ އިތުބާރު ނެތި މިނިވަން މުވައްސަސާއެއްގެ މެންބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ ނުދެކޭތީ ކަަމަށެވެ.

ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި މައްސަލައެއް ކަމަށް ސިޓީގައިވެއެވެ.

ނަމަވެސް އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމާއި އެ މައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައިނުވާކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަކްރަމް ވަކިކުރަން ނިންމީ މުވައްޒަފުންނާ ވާހަކަ ދެއްކެވުމުގައި ކޮމިޝަންގެ މެމްބަރުން ހިފަހައްޓަވަން ޖެހިވަޑައިގަންނަވާ އަހުލާގީ މިންގަނޑު ހިފަހައްޓަވާފައި ނުވާ ކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންނަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އެކަމަކު ރޮޒެއިނާގެ ވާހަކައިގައި ޖިންސީ ތުހުމަތުތަކެއްގެ ވާހަކަ ނުދައްކަވައެވެ.

އަކްރަމް ދިފާއުކުރައްވައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ "އަކްރަމަކީ ޖިންސީ ފުރައްސާރަކޮށް ގޯނާކޮށްފާނެ މީހެއް ނޫން" ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވުމަކީ ގާބިލު ހިންގުންތެެރިއަކު ގެއްލިގެން ދިއުން ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުސޫލީބޭ

    މިހާރު މިގައުމު މިދާގޮތުން ސަލާމަތުން އޮފީހެއްގައި އުޅޭނެ އަންހެންކުދިންގެ އެއްވެސް ރައްކާ ތެރިކަން އޮބައޮއްބާ އެހެންނޫންތޯވާނީ މިގައުމުގައި މިއޮންނަނީ ކުށުގެ ރިކޯޓްހޯދުން މިހީވަނީ ވޯލްޑް ރިކޯޑް ހޯދަން އުޅޭގައުމެއްހެން ކީއްތޯ ކުރާނީ

    3
    2
  2. އަހްމަދު

    ރޮޒޭއެވިދާޅުވީ އަކުރަމްޖިންސީފުރައްސާރައެއްނުކުރެޔޭ ސުލޫކީމައްސަލަޔެކޯ އެވެދާނެފަހަރުގަ ޢިމްރާނުވިދާޅުވިކަހަލަ ކުޑަކުޑަކަމަކށްވެސް އެއީ ޢިމްރާނަށް އިތުބާރުކޮށް ނިންމީމައަކްރަމަށްވެސްއިތުބާރުއޮތީކަމަށް އެހެންވީމައަކްރަމަށް އެހެންކޮމިޝަނިކުން ވަޒީފާހަމަޖައްސަންޖެހޭ

  3. މުހައްމަދު

    ފަސާދަވެރިންގެ ނިމުން ދާނީމިކަހަކަ ގޮތަކަށް.

    7
    1