ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަކީ އާންމުންގެ ސަމާލުކަން ހޯއްދެވުމުގައި އާދަޔާ ޚިލާފު ބޭފުޅެކެވެ. ޖާބިރު ވެފައި ވަނީ މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާ ފަރާތަކަށެވެ. މިފަހަރު ވެސް ޖާބިރު މިވަނީ ތަފާތު ގޮތަކަށް އާންމުންގެ ސަމާލުކަން ދަމައިގެންފައެވެ.

މިފަހަރު އާންމުންގެ ސަމާލުކަން ދަމައިގަތީ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި އިއްޔެ ޖާބިރު އަޅުއްވައިގެން ހުންނެވި އައިނަށެވެ. މިއީ މަޖިލިހުގެ ތަޅުމުން މީގެކުރިން ފެނުނު މަންޒަރެއް ނޫނެވެ.

މަޖިލީހުގެ ޖާބިރު އަޅުއްވައިގެން ހުންނެވީ އަވި އައިނަކާ ވައްތަރު އައިނެކެވެ. ނަމަވެސް ޖާބިރު އިއްޔެ ވިދާޅުވީ އެއީ ނަމްބަރު އައިނެއް ކަމަށެވެ.

“އަޅުގަނޑު އަޅައިން މިހިރީ ލުއި ވިޓޯން އައިނެއް، މިއީ ނަމްބަރު އައިނެއް. އައިނާއި ނުބެހޭތި!” ޖާބިރު ވިދާޅުވިއެވެ.

އިއްޔެ މީސްމީޑއާ ފުރާލާފައި ވަނީ ޖާބިރު އެ އައިނު އަޅުއްވައިގެން ހުންނަވަނިކޮށް ނަގާފައި ހުރި ފޮޓޯތަކުންނެވެ. ޖާބިރު އެ ވިދާޅުވީ ހަަމަ ރަނގަޅަށެވެ. އެއީ ލުއި ވިޓޯންއިން ފިރިހެނުންނަށް ހާއްސަކޮށް ނެރެފައިވާ ކަލެކްޝަންގައި ހިމެނޭ އައިނެކެވެ.
‘އެޓިޓިއުޑް ޕިލޮޓް’ ގެ ނަމުން ނަން ދީފައިވާ މި އައިނަކީ ދަގަނޑު ފްރޭމަކާއި، ގްރެޖުއޭޓެޑް ލެންސެއް ހިމެނޭ އައިނެކެވެ. މި އައިނަކީ މީހާގެ ލޮލުމަށް ބިނާކޮށް އެއްލެންސް ކަސްޓަމައިޒް ކުރެވޭ އައިނަކަށް ވާއިރު ޖާބިރު އެ ވިދާޅުވާހެން މި އައިނު ނަމްބަރު އައިނަކަށް ނުވާންވީ ސަބަބެއް ވެސް ނެތެވެ.

އިރުގެ ދޯދިތަކުން ސަބަބުން ލޮލަށް ކުރާ ނޭދެވޭ އަސަރުކުރާ ކުޑަކުރުމަށް އެހީތެރިވެދޭ މި އައިނުގެ އަގު އެނގެން އެތައް ބަޔަކު ބޭނުމެވެ. އެ ސުވާލުގެ ޖަވާބުގައި ޖާބިރު "ވަގުތަށް" ވިދާޅުވީ އެ އައިނަކީ އޭނާ އަށް ވަރަށް ޚާއްސަ އައިނެއް ކަމަށެވެ.

" ޚާއްސަ ވާނެތާ. މިއީ އަޅުގަނޑުގެ ލޯބިވާ އަނބިކަނބަލުން ދިޔާނާ އަޅުގަނޑަށް ދެއްވި އުފަންދުވަހުގެ ހަދިޔާ. އަގެއް ނާހާނެ ނޫންތޯ ހަދިޔާއެއް ވީމަ." ޖާބިރު ވިދާޅުވިއެވެ.

ލުއިވިޓޯންގެ ވެބްސައިޓުގައި ބުނެފައި ވަނީ މި އައިނުގެ އަގަކީ ހަތަރު ލައްކަ ހަތްދިހަ ފަސްހާސް ޔޫރޯ ކަމަށެެވެ. އެއީ ދިވެހި ފައިސާ އިން ބަލާ 846،634،47 (އަށް މިލިއަން ފަސްދޮޅަސް ތިން ހާސް ހަތަރު ސަތޭކަ ސާޅީސް ހަތް) ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. އަހްމަދު އީސަ

  މީވެސްވޯޓުން ހޮވުނު ބޭފުޅެއް. އެ ހޮއްވެވި ދާއިރާގެ ރައްޔިތުން ވިސްނަވަންތޯ މިކަންކަމާ؟ ހާހުން މީހުން ވަޒީފާ ނެތިފަ، ކުލިނުދެއްކިފަ ތިބޭއިރު، ކުރިމަތީގައި މިލިއަނުން ޚަރަދުކޮށްފައިވާ އައިނުތައް އަނބުރަނީ ފޮނިވެލާފައި. ކޮބާތޯ ޑީސެންސީ؟ އައިނު އެޅުއްވިއަސް އެންމެ ރަނގަޅު. އަގު ބުނަން ޖެހޭތޯ؟ ކިތަން ސަތޭކަ މީހުންގެ އެއްއަހަރުގެ މުސާރަތޯ؟

  62
  4
 2. ސޯލިހު

  އައިނުގެ އަސްލު އަގަކީ 600 ޔޫރޯ.

  44
  4
 3. ޑިޢާނާ

  އަޅުގަނޑު އަޅައިން މިހިރީ ލުއި ވިޓޯން އައިނެއް، މިއީ ނަމްބަރު އައިނެއް. އައިނާއި ނުބެހޭތި.

  30
  5
  • ރެފްރީ

   އަހަރެންވާ ތިޔައައިނާނުބެހޭނަން!
   އެކަ މަކު ތިޔަފޮނިހަކުރުދުލާ ބެހޭނަން!

   19
   1
 4. ފައި

  ބަލަގަ ޖާބިރޫ .ތިޔަ ސްޓަންޓް ތައް ޖެއްސުމަށް ވުރެން މާރަގަޅުވާނެ ސްޓާފުންގެ މުސާރަކޮޅު ދިނިއްޔާ . އަނބި ކަނބުލޭގެ ކައިރީގަވެސް ބުނޭ މިހެން .....؛ ފުކެއް ބޮޑުވަރުތީ !!!!!!

  29
  3
 5. ދެންއޯކޭ

  ތިޔަ ފަދަ އަގުބޮޑު އައިނު އަޅައިގެން ހުންނައިރު ސިޔާސީ ކަންކަން ފެންނަ ގޮތް ތަފާތުވާނަމަ ތިއީ ވަރަށް ރަގަޅު އައިނެއް. މަޖްލިސް ތެރޭ ވާ ކަންކަން ރަގަޅަށް ނުފެންނާތީ އެކަންކަން ސާފުކޮށް ފެންނާނެ ކަހަލަ އައިނެއް ކަންނޭގެ އަނބިކަނބަލުންވެސް އެންމެ ފަހުން އެ ހޯދަދިނީ.

  23
  1
 6. ޜައްޔިތު އަހުމަދު

  ކަލޯ ހިސާބު އަދަދު ކިޔަން ދަސްކުރަންވީނު. ލުއިވިތޯން ސައިޓްގަ އަގަކަށް އިނީ 475.00 ކަމަށް. މ

  20
  1
 7. ޢަހޫ

  ތި ވާނީ ފޭކު އައިނަކަށް. ދިޔާނާ ހުންނަނީ ޖާބިރު ހައްދާފަ.

  18
  4
 8. ޙޫނއއް

  އަޅުގަނޑުވެސް އަޅާ އަވިއައިނަށް ހުންނަނީ ޕޮވާ ލާފަ.. މާނަޔަކީ ހަމަ ނަންބަރު އައިނެކޭ... ލޯ އަލިނޫން މީހިންނަށްވެސް އަވިއަނު އެޅޭކަމަކީ އާކަމެއް ނޫން.. ލުއި ވިޓޯން ނޫނަސް..

 9. ކޮމެންޓު

  ބުރޯ ޔޫރަޕު ބައެއް ގައުމު ތަކުގަ ޑޮޓު ގެ ބަދަލުގަ ކޮމާ ޖަހާނެ ލާރިއާ ރުފިޔާ ވަކި ކުރަން. އެހެންވެ އަގު އޮޅިގެން ތިއުޅެނީ ހަތަރު ލައްކައެއްނޫން

 10. Anonymous

  ބުރޯ އެއީ ފޭކު ސްޓޯރީއެއް

 11. ރީދޫރާނީ

  60 އަހަރު ވީމަ ވެސް ޒުވާން ވާން ވެގެން 20 އަހަރު ހަގު ކޮށްގެން!

  • ހުސޭނުބޭ

   ކޮންތާކު! ޖާބިރަށް ވީ އަދި 25 އަހަރު

 12. މަރުމޯލު

  މިކަހަަލަ މަރު މޯލުން ބުނާއެއްޗެހި އެބަލިޔެއޭ އަދި ފަލަ ސުރުހީގަވެސް. ޢަހަރެ މެން ސަރަހައްދު މީހުން ޖާބިރު ލޭބަލް ކޮށްފަ އިންނަނީ މަރު މޯލެއް ގޮތަށް. . . .

 13. ތޭންކްޔޯފޮދަލައުރާ

  ލުއި ވިޓޯން ބުނަން އެނގުނުކަން ރަނގަޅު. ބުރުމާ ގާސިމު ނަމަ ބުނާނީ ލުއިސް ވޮއިޓޯން

  6
  3
 14. ފްލީޓިންގ ލައިފް

  ކަލޭ ތިއައިނު ހިފައިގެން ކަށްވަޅަށްވެސް ދާންވާނީ.

  5
  3
 15. އަންނި

  ގައިމު ރައްޔިތުންގެ ލާރިކައިނަގާ މީހުން އިނގޭނެ މިހާރު.

 16. ޙުސްނާ

  ތިއައިނު ވަރަށް ހަޑި. ޖާބިރަކާ ނުވެސް ގުޅޭ. ހީވަނީ ބޮކިއަނދާފައިން ހެޑްލައިޓެއްހެން.. ހިތުން މޮޅުކަމެއްދޯ ތި ކުރީ. ހަޑިއޭ.. ހުތުރޭ. ނުގުޅެޔޭ.. ފާޑެއް ނޫނޭ. އެއްވެސް ވަންތަކަމެއް ނެތޭ.

 17. ނާސާ

  ގުދުރަތީ މުއްސަދިކަމުން ފުރިފައިވާ ގައުމެއްގެ އެއްބަޔަކު ލޮލުގައި އަށް މިލިއަނުގެ އައިނެވެ.އަނެއް ބައެއްގެ ލޮލުގައި ހައިހޫނު ކަމުގެ ކަރުނައެވެ.

  14
 18. ސަލާ

  ލުއިވިޓޯންގެ ހަތަރު ލައްކަ ހަތްދިހަ ފަސްހާސް ޔޫރޯ ގެ އަގުބޮޑު އައިނު އަޅާމީހާވެސް މަރުވީމައި ކަފުން ފޮތިކޮޅަކުން ބަނދެފައި ވަޅެއްކޮނެ ފަސްއަޅައި ފޮރުވާލާނެ. ނިކަމެތިމީހާ އަށްވެސް އޮތީ މިގޮތް.
  އެނބުރިގޮސް ހުއްޓެންޖެހޭނީ ތިމާ ހެއްދެވި ޙާލިގްވަންތަ ﷲގެ ދަރުބާރުގައި، އެދުވަހުން ގަދަބަސްބުނެ މޮޅުވާހަކައެއް ނުދެއްކޭނެ، އެދުވަހުން ލުއިވޮޓޯން ގެ އަލިފާން އައިނެއް އަޅަންނުޖެހޭތޯ ދުއާކުރުން ބުއްދިވެރި.

  21
 19. ލޮލީޕޭޖް

  ޖާބެއަށް ލުއިވިޓޯން އަށްވުރެ ރަނގަޅުވާނެ ރޭބަން ވެސް

 20. ސަޓޯ

  ނަފްސާނީ ބަލީގެ ޑޮކްޓަރެއް ޕާރުސަލްކޮއްފަ ދިންނަމަ....