އައްޑޫ ސިޓީ ހުޅުދޫގައި ޑިޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެެރެފައިވާ ނޫސް ބަޔާނެއްގައިވަނީ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމްކުރުމަށް ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ 15.9 މިލިއަން ރުފިޔާ އަށް ކަމަށެވެ.

މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން ވަނީ 7.9 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ފޯރުކޮށްދީފައެވެ. ދައުލަތުގެ ބަޖެޓުން މި މަޝްރޫއަށް ހޭދަކުރުމަށް ނިންމާފައި ވަނީ 7.1 މިލިއަން ރުފިޔާއެވެ.

މި ކޮންޓްރެކްޓުގެ ދަށުން ހަވާލުކުރެވުނު ހުޅުދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ މަސައްކަތް ނިންމުމަށް ދީފައި ވަނީ 180 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމެޖެހިފައި ވަނީ ހުޅުދޫގައި ކޮންޓްރެކްޓު އުސޫލުން ޑްރަގް ރިހެބްލިޓޭޝަން އެންޑް ޑީޓޮކްސިފިކޭޝަން ސެެންޓަރެއް ގާއިމްކުރުމެވެ.

މި މަޝްރޫއު ހިންގުމަށް ވެވުނު އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށްފައި ވަނީ އެކުންފުނީގެ ޑިރެެކްޓަރ މާޒިން އިބްރާހިމް ފާރޫގެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮޔަގޮލާ

    ސޯލިހު ލައްވާ ދެތިންފަހަރު މި ހެޑްލައިން ކިޔުއްވާލަދޭނީ ކޮން ކުއްޖެއް؟

    • ބުޅާ

      ލޮލް. ކީރިތިކުރައްވަން ފަށާފާނެ

    • މަރީ

      ކީރިތި ކުރައްވަން ފަށާގޮތަށް އެހެންްމީހުނަށް ވާނީ އުދަގުލަކަށްނު

  2. ގެރި

    ރީނދޫ ކުދިން ލާންވީ ތަންތަން ހަދާފަ. އޭރުން އާންމު ރައްޔިތުންގެ ބޮލަށް ވަރަށް ފަސެހަވާނެ