2017 ވަނަ އަހަރު ތެރޭގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާމެދު އެތަނުގެ މުވައްޒަފުންގެ ފަރާތުން އެކިއެކި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދީފައިވާ މައްސަލައާ ގުޅިގެން 11 މީހަކަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަަށް ކުޑަކުދީންނަށް ކުރާ އަނިޔާތައް ބަލާ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާމެދު އެތަނުގައި އޭރު މަސައްކަތް ކުރަމުން ދިޔަ ބައެއް މުވައްޒަފުން އަނިޔާވެރި ޢަމަލުތަކެއް ހިންގާފައިވާ މައްސަލަ ޖުލައި
2018 ގައި ފުލުހަށް ހުށަހެޅިއެވެ. ނަމަވެސް މިހާތަނަށްވެސް މި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތެއްގެ މައްޗަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ، އެ މައްސަލަ ވީ އެންމެ އަވަހަކަށް މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ތުހުމަތުކުރެވޭ ފަރާތްތަކުގެ މައް ދައުވާ އުފުލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލް އަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން، އެ ކޮމިޝަނުގެ ފަންނީ ލަފައާއި އިރުޝާދާއި
މަޝްވަރާގެ ދަށުން ފުލުހުން މި މައްސަލައިގެ ތަޙުޤީޤު އެންމެ އަވަހަކަށް ފުރިހަމަކޮށް ދަޢުވާ ކުރުމަށް ފޮނުވުމުގެ އަމުރެއް، އޮކްޓޯބަރު 11 ގައި ޕްރޮސިކިއުޓަރ ޖެނެރަލް ނެރެފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަޙުޤީޤު މުސްތަޤިއްލު ކަމާއެކު ކުރިއަށް ގެންދިޔުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކާއި އެކު، އެ ކޮމިޝަނާއި، ފުލުހުން އަދި ޕްރޮސިކިއުޓަރުން ހިމެނޭގޮތުން އެކުލަވާލެވުނު ޚާއްސަ ޓީމުން މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށްޓަކައި އޮކްޓޯބަރު 12 ގައި މަސައްކަތް ފެށި ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށްޓަކައި އިތުރަށް 24 ފަރާތަކާ ސުވާލުކުރެވި، 24 ބަޔާން ނަގައި، 05 ކުޑަކުދިންނާ އަދި، މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ފަރާތެއް ދެނެގަނެވިފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އިތުރުން އެ ކޮމިޝަން ވިދާޅުވީ، އެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ތުހުމަތުކުރެވޭ ޖުމްލަ 11 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިދިނުމަށް އެދި، އިއްޔެ މި މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުމަށް އެ އޮފީހުން މައްސަލަ ބަލައިގަނެ، ދަޢުވާ އުފުލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެޖެންޑާ ގެރި

    ރޭޕް ސަރުކާރު އިސްތިއުފާ

    14
    1
  2. މާމީ

    ކުރީސަރުކާރު ފަހަތުން ދުވެދުވެ ތިއްބާ 3 ވަނައަހަރު މިދަނީ 2 އަހަރުން ތެޅުނީ ނަކަސް..

  3. ާއައިންތު މިސް

    2017 ވަނަ އަހަރު ސިޙާމް ކިޔާ މީހަކާ ޔާމީން ކިޔާ ސިފައިންގެ ދެ މީހަކު އެތަނު ކުދިނަށް މަލްޓިމީޑިއާ ކިޔަވައިދޭށޭ ކިޔައިގެން އެކުދިންނަށް
    ޢަނިޔާ ކޮށް ފުރައްސާރަ ކޮއްފައިވޭ އަދި މިމީހުން ގެ ކަންތަކާއި ބެހި ހެދި އެތަނުގެ އަންހެން މުވައްޒަފުން މި މީހުންގެ ނުފޫޒުން ވަޒީފާ އިން ވަކި ކުރި.

  4. ޖަނާޒާ

    11 ވަޒީފާ ހުސްވަނީ. ތައްޔާރު ތޯ

  5. ބުއްޅަބޭ

    ތިކަމުގެ ބޮޑުންގެ މަގާމުވީ މަތި!

  6. ނާރު

    ޒެނީޝާ ތިކަމުގެ ޒިންމާ އުފުލަންޖެހޭނެ!

    2
    2