މަހަށް ނުކުމެ އުޅުނު އަލިރާސްތާ 1 ދޯނިގައި ހުރި ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މ. ކޮޅުފުށި ދެކުނުން 11 ނޯޓިކަލް ބޭލު ބޭރުން މަސްވެރިކަމަށް އުޅުނު ދޯންޏެއްގައި ހުރި 26 އަހަރުގެ ޒުވާނެއްގެ ލޮލަށް ބުޅިއެެއް ހެރިފައިވާ ކަމަށެވެ.

އަދި އެ މީހާ މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑިއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މީގެ ކުރިންވެސް މަހަށް ނުކުމެ އުޅުނު މީހުންގެ ލޮލަށް ބުޅި ހެރިގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހުން އިތުރު ފަރުވާއަށް ރަށްރަށަށް ފޮނުވާލާފައި ވެއެވެ.

މަހަށް ނުކުމެ އުޅުމުގެ ތެރޭގައި ލޮލަށް ބުޅި ހެރުމަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމެކެވެ.

މިފަދަ ބައެއް ހާދިސާތަކުގައި ބައެއް މަސްވެރިންގެ ލޮލުގެ ފެނުން ގެއްލިފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެޔޮދުޢާ

    ﷲގެ މިންވަރުފުޅުން ޒުވާނާ އަށް ފުރިހަމަ ޝިފާއެއް މިންވަރު ކުރައްވާށި! އާމީން. މަސްވެރިކަމުގައި އުޅޭ އެންމެން ގޮގްލް އަޅައިގެން އުޅުމަށް ހެޔޮހިތުން ނަސޭޙަތްތެރި ވަމެވެ! (ރައްކާވެ ތިބިއްޔާ ދަތުރެވެ)