މާލޭ ދެކުނު ފަރާތު ފަޅުތެރެއިން ނިޔާވެފައި އޮއްވާ ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި އުޅޭ ސިންގަޕޫރު ކުންފުންޏެއްގެ ހެޑް ކޮންސަލްޓަންޓް ކަމަށް އެއަރޕޯޓް ހިންގަމުންދާ އެމްއޭސީއެލް އިން ބުނެފިއެވެ.

އެ މީހާ މާލޭ ފަޅުތެރޭ މޫދަށް ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 09:43 ކަންހާއިރު އެވެ. ފުލުހުން ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަަަށް ހޮސްޕިޓަލުން އަންގާފައިވާ ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނުނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޕޯލް އަޑޫ 58އ، އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނުނު މީހާއަކީ އެއާޕޯޓް ޕްރޮޖެކްޓްތައް ހިންގާ ސިންގަޕޫރް ކުންފުންޏެއް ކަމަށްވާ ސުބަރްނާ ޖުރަންގ ކުންފުނީގެ ކޮންސަލްޓަންޓް ހެޑް ކަމަށެވެ.

އޭނާ އެ އެތަނުގައި މަސައްކަތް ކުރާތާ ތިން އަހަރު ވެދާނެ ކަމަށް އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވިއެވެ.

ވެލާނާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެކިއެކި ބޭރު ކުންފުނިތަކުން މަސައްކަތް ކުރަމުން ދެއެވެ.

އެނގިފައިވާގޮތުން ނިޔާވެފައި އޮއްވާ ފެނުނީ ހުޅުމާލޭގައި ދިރިއުޅެމުންދާ މީހެކެވެ. އޭނާ މާލެ އައީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ސާފެއް ނޫނެވެ.

އެ މީހާ މަރުވި ގޮތް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ...

    މަރަކީ ހާދަ ގޮތް ނޭންގޭ އެއްޗެކެވެ.

    18
  2. ދަރަނި ދަންތުރަ

    މިވެރިކަމަކީ މުސީބާތުން ފުރިފައިވާ ވެރިކަމެއް ވަރަށް ހިތާމަވެރި ދުވަސްތަކެއް ....

    24
    6
  3. ކޮބާކަލޭ

    ކޮބާ އިންތި މިހުރިހާ މަރުތަކެއްގެ ޒިންމާ އުލަން ޖެހޭނީވެސް ރައީސް ޔާމީނުތަ؟

    27
    2