އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވަމުން ދިޔަ އިތުރު ދަރިވަރަކު ވަކި ކޮށްފިއެވެ.

ފްލައިން ސްކޫލުން މިއަދު ވަކިކޮށްފައިވަނީ 2016 ވަނަ އަހަރު އަމިއްލަ ގޮތުން އެ ސްކޫލުން ތަމްރީނު ހާސިލު ކުރުމަށް ގުޅިފައިވާ ދަރިވަރެކެވެ.

އެ ދަރިވަރަށް ސްކޫލުން މިއަދު ފޮނުވި މެއިލްގައި ވަނީ ސްކޫލުން ވަކިކޮށްފައިވަނީ ސްކޫލަށް ގަބޫލުކުރެވޭ މިންވަރަށް ކޯސް ކުރިއަށް ގެންގޮސްފައި ނުވާތީ ކަމަށް ބުނެފައެވެ.

“ވަގުތު” އަށް މައުލޫމާތު ދެމުން ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކު ބުނީ، ވަކިކޮށްފައިވާ ދަރިވަރަކީ ގިނަ އެގްޒާމެއްތައް ނިންމައި، ފްލައިންގެ ސޯލޯ ސްޓޭޖް ވެސް ފުރިހަމަކޮށްފައިވާ ދަރިވަރެއް ކަމަށެވެ.

އެހެން ނަމަވެސް މިވަގުތަށް ކޯސް މަޑުޖެހިފައިވަނީ މާލީ ދަތިތަކާއި ހުރެ ކަމަށާއި ސްކޫލުން އޭނާ ވަކިކުރަން ނިންމައި މެއިލް ފޮނުވާފައި ވަނީ އެ ދަތިތަކުގެ ވާހަކަތައް ސްކޫލާއި ހިއްސާކޮށްފައި ވަނިކޮށް ކަމަށްވެސް އެދަރިވަރު ވަނީ ބުނެފައެވެ.

އޭނާ ބުނީ، ފަހަކަށް އައިސް “ގަބޫލު ކުރެވޭ މިންވަރަށް ކޯސް ކުރިއަށް ގޮސްފައި ނުވާތީ” ކަމަށްބުނެ ދަރިވަރުން ވަކިކުރަމުން އަންނައިރު، ވަކި އަހަރެއްގެ ތެރޭގައި ވަކި މިންވަރަކަށް ޕްރޮގްރެސް ހުންނަން ޖެހޭނެ ކަމަށް ބަޔާންކޮށް ލިޔުމެއް ވެެސް އަދި ގަވާއިދެއް ވެސް ސްކޫލުން އާންމުކޮށްފައި ނެތް ކަމަށެވެ.

އައްޑޫ ފްލައިން ސްކޫލުން މިއަދު އިތުރު ދަރިވަރަކު ވަކި ކޮށްފައިވާއިރު މީގެކުރިން ވެސް އެ ސްކޫލްގައި ކިޔަވަމުންދިޔަ ފަސް ދަރިވަރަކު ވަނީ ވަކިކޮށްފައެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރިޓޯ

    އައްޑޫކުއްޖެއްނޫންވީމަތޯ

    9
    2
  2. ރެއްކާ

    ހިތަދޫ މެދު ދާއިރާގެ މެމްބަރު ޗެކްމާކް އަހްމަދު ރަޝީދުގެ ގޯތިތެރޭގައި ބޮޑު މަގަށްވާގޮތަށް ހުންނާނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީސް އެތަނަށް ތިޔަ މައްސަލަ ހުށައަޅައިގެން ހައްލު ލިބޭނެ. އެބޭފުޅާ އެއީ އައްޑޫ ރައްޔިތުންގެ ރޫހު، އައްޑޫ ރައްޔިތުންނަށް ދިމާވާ ކޮންމެ ދަތި ކަމެއްހައްލުކުރުމުގައި އެބޭފުޅާ އަވަދިނެތި އެއުޅުއްވަނީ.
    އައްޑޫ ސިޓީއަށް، ރައްޔިތުންނަށް މިސަރުކާރުން ލިބޭ ތަރައްގީއާއި ކުރިއެރުމަށް ބާރަށް އަތްޖަހަޖަހާ ތިބޭތި ދެން އަންނަ އިންތިހާބަކާއި ޖެހެންދެން.

    15
    3
    • އަޒްހަދު

      މި ސަރުކާރުން ފޮނި ބައިސާ ކަޑާފަ، އައްޑޫ އަށް އެހީޔެއް ނުވެދޭ... ފޭކް ވާހަކަ.. ރަގަޅު ޑޮކްޓަރުންނެއް ވެސް ނެތް، އެއް ކަމެއް ވެސް ކޮށެއް ނުދޭ

      3
      1