ށ. ފޯކައިދޫން ކޮވިޑް-19 އަށް ފައްސިވި އަންހެނަކު، ކަރަންޓީން އުސޫލާއި ހިލާފަށް ގިނަބަޔާކައި ބައްދަލު ކުރި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އިއްޔެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެރަށުން އެކަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެރަށު ކައުންސިލް ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ، އެރަށުން 21 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އޭނާއާ ކޮންޓެކްޓްގެ ގޮތުގަައި ގިނަބަޔަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭނާއަކީ މާލެއިން އައުމުން އެރަށުގައި ކަރަންޓީންވެފައި ހުރި މީހެކެވެ. އޭނާ ކަރަންޓީންވެފައި ހުރީ އޭނާގެ އާއިލާގެ ގޭގައެވެ. އެ ގޭގައިވެސް މީހުން އުޅެ އެވެ.

އޭނާގެ ސުންކު ނަގާފައި ވަނީ ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު މި މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ ކޮވިޑް-19 އަށް ފައްސިކަން އެނގުނީ އިއްޔެ އެވެ.

"ޕްރައިމަރީ ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ހުރިހާ އެންމެން ކަރަންޓީންކޮށްފައި ވާނީ، އޭގެ އިތުރުން، އެ މީހާގެ ގޭގެ ހުރިހާ އެންމެން ކަރަންޓީންކޮށްފައި ވާނީ"، ރާޝިދު ވިދާޅުވިއެވެ.

އޭނާއާ ގާތުން ބައްދަލުވި މީހުންގެ ތެރޭގައި ހަ ރަހުމަތްތެރިއަކާއި، އާއިލާ އަށް މީހަކު ހިމެނެއެވެ.

"ހޯމް ކަރަންޓީން މި ކުރަނީ ވަކި އުސޫލެެއްގެ ދަށުން، އެއް ގެއެއްގައިވެސް އެބަ ވެވޭ، މީހުން ދިރިއުޅެވޭ ގޮތަށް ޕާޓިޝަން ޖަހައިގެން، ވަދެ ނުކުމެވޭ ގޮތަށް ހަދައިފިއްޔާ، އެގޮތަށް ހަދާފައި ހުރިއްޔާ އަޅުގަނޑުމެން އެޕްރޫވަލް ކުރަން، އެގޮތަށް ހުއްޓާ ފައްސިވީމަ އޭނާގެ މަންމަމެން އަޅުގަނޑުމެންނަށް ދެންނެވި ތިމަންނަމެންނަށް އުޅެވުނީ އެހާ ވަރަށް ބަލައިގެންނެއް ނޫނޭ". ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ، އެ ވޭދަނައާ ގުޅިގެން މީގެ ކުރިން ކައުންސިލަކަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަބޭ

    މިއުޅެނީ މާލޭގަ ފައްސިވެފަ ތިބޭ މީހުން ދެފައިއެއްތާ ނުޖެހިގެން. ދެން ކިހިނެތް ވަކި ރާއްޖެތެރޭ މީހާކު މައިރިތިވެ އެއްތަނަކު ތިބޭނީ....

    12
  2. ވެދުން ސަލާމް

    ކީއްކުރާނީ. މިކަރަންޓީނޭ ކިޔާ އެއްޗަކީ ކޯއްޗެއް ނޫނީ ކީއްކުރަން ކުރާކަމެއް ކަމެއް ނޭންގެ. މަގޭ ރައްޓެއްސެއް މިވަގުތު ހުރީ ކަރަންޓިނުގައި. ދަރި އާއި އޭނާގެ ސާމްޕަލް ނެގި އިރު ހުރީ ނައްސި ކޮން. ޢެކަމު ޑައިރެކްޓް ކޮންޓެކޯ ކިޔާފަ މިމީހުން ތިބީ ކަރަންޓީނުގައި. ޢެގެޔަށް މީހުން ވަދެ ނިކުމެވޭ. ފިރި މީހާ މަސައްކަތަށްވެސް ދޭ. މަގޭ ސުވާލަކީ މިސާލަކަށް 14 ދުވަހުގެ ފަހުން ހަދާ ޓެސްޓުން ފައްސިވިއްޔޯ، ކިހާ މީހުނެއް އަޅެ ކޮންޓެކްޓް ވެފަ ހުންނާނެ؟؟؟ ދެރަވަރު ކަން ކަން މީ... އިނގި ތިބެ އެއް ނޫން ބާ ބަޔަކު ހަލާކަށް މި އެއްލާލަނީ؟ މަންމަ ވެސް އެބުނީތާ އަހަރުމެނަށް ޢެހާ ބަލައިގެންނެއް ނޫނޯ އުޅެވުނީ... އާއިލާ ވީމަ ހީވަނީ ދެން ކަމެއް ނުވާނެޔޭ. ނުވަތަ ރޯގާގެ އަލާމާތެއް ނެތީމަ. ހިތާމަ ހުރި. ބަލި ހިފައިގެން ހަމަ ހިނގުން ދިވެހީންގެ ކަމަކީ.

    9
    1
  3. ސަޓޯ

    ތާހިރު ވެއްޖެ... ދެން އެފެތުރުނީ މުޅި ރަށަށް.. ތިއަންހެން މީހާއަށް ފިޔަވަޅު އަޅާ !!!!

    2
    2
  4. އަހުމަދު

    އާދަ އިގެ ރަ އްޔިތެންްނު! އަވަހަށް ފިޔަވަޅު އަޅާ!