މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 52 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 45 މީހުން ފައްސިވީ މާލޭ ސަރަހައްދުންނެވެ. މިހާރު ހިންގަމުން ގެންދާ ރިސޯޓްތަކުން މިއަދު 07 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވީ ކިތައް ދިވެހިންކަމެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 45 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖޭގައި މިހާރު ތިބި ކޮވިޑް-19 ބަލި މީހުންގެ އަދަދު ވަނީ 1097 އަށް އަރާފައެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ވެސް މިއަދު ވަނީ 95 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 1851 ސުންކު (ސާމްޕަލް) ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 46 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު