20:18

އީރާނުން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:16

ކޮވިޑް-19 އާ ގުޅިގެން މާލެ ހިޔާ ފުރަގަހުގައި ކުރިއަށް ގެންދިޔަ ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލުމަށް ނިންމާފައިވާ ކަަމަށް އައިޖީއެމްއެޗްއިން ބުނެފި.

15:35

މެކްސިކޯއިން އެއް ދުވަސް ތެރޭގައި ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

 

15:21

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.

14:35

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޤައުމުތައް ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން، އަންހެނުންނަށް ކުރާ އަނިޔާގެ ޢަމަލުތައް އިތުރުވެފައިވާ ކަމަށާއި، ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި އެކަނި ގެވެށިގުޅުމަކުން ގުޅިފައިވާ ފަރާތެއްގެ ކިބައިން 212 މިލިއަން އަންހެން ކުދިންނަށް އެކި ކަހަަލަ އަނިޔާ ލިބިފައިވާ ކަމަށް އދގެ ޓްރަސްޓް ފަންޑް ޓު ވަޔަލަންސް އަގެންސްޓް ވިމެންއިން މިއަހަރު ހަދާފައިވާ އެސެސްމަންޓް ރިޕޯޓުގައި ބުނެފި.

11:12

ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އިއްޔެ ކޮވިޑް-19 ޖެހިގެން ދުނިޔެއިން ރެކޯޑު އަދަދަކަށް މީހުން މަރުވެއްޖެ.

10:13

ކޮވިޑް-19 އަށް ހާއްސަކޮށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށް ވީ ގޮތް ވެކްސިން އަށް ވިޔަދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ.

10:01

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހަށް ފަރުވާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރަޝިއާ އިން އުފެއްދި ވެކްސިނުގެ 95 އިންސައްތަ ކާމިޔާބު ކަމަށް އެ ގައުމުން ހާމަކޮށްފި.

08:28

ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ހުރިހާ އެންމެނަށް ކޮވިޑް-19 ވެކްސިން ހިލޭ ލިބޭނެ ކަމަށް އެގައުމުން ބުނެފި.


މިއަދު ވެސް ރާއްޖެ އިން އިތުރު 52 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދު ރާއްޖެ އިން ފައްސިވި މީހުންނާއި އެކު ރާއްޖޭގައި މިހާރު ތިބި ބަލި މީހުންގެ އަދަދު ވަނީ 1097 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އައުމެވެ. އިއްޔެ ރާއްޖޭގައި އެޑްމިޓް ކޮށްފައި ތިބީ 92 މީހުންނެވެ. ނަމަވެސް މިއަދު ވަނީ އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު 95 އަށް އަރާފައެވެ.

އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ ކޮވިޑް-19 ބަލި މީހުންގެ އަދަދު އިތުރުވުން އެއީ އެންމެ ބޮޑު ނުރައްކަލެވެ. އައިސީޔޫ އާއި އޮކްސިޖަން ދެވޭނެ ވަސީލަތްތަކާއި އަދި ހޮސްޕިޓަލްތަކުގެ ޖާގައާއި ފަރުވާ ދޭން ތިބި ނަރުހުންނާއި ޑޮކްޓަރުންގެ އަދަދަށް ބަލާއިރު ވެސް ބަލި މީހުންގެ އަދަދު އިތުރުވަމުން ދާނަމަ ކަންކަން ރަނގަޅަށް ކުރިއަށް ގެންދަން ދަތިވެ ބިރުވެރި ނަތީޖާއެއް އަޅުގަނޑުމެންނާއި ބައްދަލުކޮށްފާނެއެވެ.

އެހެންކަމުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އެއްވެސް ފިޔަވަޅަކަށް އިހުމާލު ނުވުން އެއީ މިހާރު ވެސް ކުރަން ޖެހޭ އެންމެ މުހިއްމު ކަންތަކެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު