ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅިގެން ރިސޯޓްތަކުގެ ބައެއް ވެރިން އެމަނިކުފާނަށް ހިތް ފޮނުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ފަތުރުވެރިކަމުގެ ގާނޫނަށް އާންމުންގެ ބޮޑު ޝައުގުވެރިކަމެއް ހުރި ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މެސެޖްތަކުން އެކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

އެހެންވެ، މިއަދު 11 ޖަހާ އިރު މުޅި މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށާއި އޭގެ ބޭނުމަކީ ފަތުރުވެރިކަމުގެ ގާނޫނުގެ މަސައްކަތް މިއަދު ނިންމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މެމްބަރުން އެ ކޮމިޓީއަށް ވަޑައިގަންނަވާ އިރު މެމްބަރުން ބޭނުންވާ އިސްލާހެއް ނޫނީ ބަދަލެއް އޮތް ނަމަ ތައްޔާރުވެވަޑައިގެން ތިއްބެވުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"އަޅުގަނޑަށް ފެނުނީ ޓުއަރިޒަމް އެމަންޑްމެންޓް ގާނޫނަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ވަރަށް ގިނަ ފަރާތްތަކުގެ، ރައްޔިތުން ވެސް އަދި ވިޔަފާރިވެރިން ވެސް އަޅުގަނޑަށް އެބަހުރި ހާޓު ވެސް ފޮނުވާފަ. ހަމަ ރިސޯޓް އޯނަރުން އިނގޭތޯ ހާޓްވެސް ފޮނުވާފަ. ބަލައިގަނެފި ނަމަ އެއީ ރިޝްވަތަށް މަގުފަހިވާ ކަމަކަށް ވެދާނެ. ދެން އަޅުގަނޑު ހިތުން އަނބުރާ ބްރޯކެން ހާޓެއް އަޅުގަނޑު ފޮނުވާލީމަ ހައްލެއް ގޮތުގައި އަޅުގަނޑު މިދެކެނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވި އިރު، ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އިސްލާހު ހުށަހެޅުއްވި ނަމަވެސް ރައްޔިތުންގެ ހާދިމެއްގެ ހައިސިއްޔަތުން އެ އިސްލާހާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، ޓޫރިޒަމް ސިނާއަތުގައި މިހާރު ވެސް ސަރުކާރުގެ ދެ ކުންފުނި އޮތް އިރު އަނެއްކާ ވެސް ކުންފުންޏެއް އުފައްދާ ގޮތަށް ބިލުގައި ހިމަނާފައިވާ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އަދި "ނޭނގޭ ގޮތަށް ވައްކަން ނުކުރެވޭނެ" ކަމަށާއި ކޮށްފައި ހުރި ވައްކަންތައް ވެސް އެނގިވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވާ މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަބޭ

    ރިޒޯޓްތަކުގެވެރިން ފޮނުވަނީ ތުންދިގު ފުޅިއެއްނޫންތޯ

  2. އިބްރާހީމް

    މީދެން ކިހާ ދެރަކަމެއްތަ؟ މި ނަޝީދުގެ ވާހަކަތައް ތިވަރަށް ނުލިޔެބަލަ، މިކަމުން ސަލާމަތްވާން ރައްޔިތުން އިންތިހާއަށް ބޭނުމޭ.

  3. ކޮރަކަލި

    ގާސިމް އެކަމަކު ކަލެޔަށް ހިތެއްނުދޭނެ ޅަ ފުރައިގެ އަންހެންކުދިން މަށަށް މަށަށް ގޮވަމުން ފަހަތުން ދުވާހާ ހިނދަކު

  4. ރައްޔިތުމީހުން

    ކަލޯ އަށް އަމިއްލަޔަށް ކިޔޭނެ ތިކަހަލަ ވާހަކަ.. ތި ރިޝްވަތުގައި ހިފާފަ ތި މޮޅުވާން ދައްކާ ވާހަކަ ތީ..

  5. މޫސަ

    މިހާރު ދެން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ނޫހެއްވެސް ނެތް ދޮތްތޮ! ކީއްކުރާނީ އަނގަޔާ އަތާ ދިމާކުރެވެން އޮތީ މިސަރުކާރަށް އެއްޗެއް ނުބުނެ ބިރުވެރިކަންމަތީ ހުރުން.

  6. ކޮވިޑް

    ކިހާބޮޑުވެއްޖެ ކަމެއް މީ! މޮޔަ ފުޅުވިޔަސް ތީ ދެން ފުކެއް ބޮޑުވަރު ދޯ؟ތިހެން ހާޓް ކޯލެއް މާރިޔާށް ވެސް ކޮށްގެން އުޅުނުކަން ނޭގެ.......

    10
  7. ބަބުޅާ

    ރިސޯޓުތަކުގެ ވެރިންކަލެޔަށް ފޮނުވަނީ ހިތެއްވެސް ނޫން ވެރިންނާއި ސުޓާފުންގެ ދަތްޕިލަ ސާފުވެއްޖެތޯ.

  8. ކާފަބޭ2020

    އަހަރެންފޮނުވާނީ އަނދުންހުސޭނުބުނި ބިންމަތީގަނުޖެހޭއެތި!

  9. ހުސޭނުބޭ

    އެމީހުން ކަލެޔަށް ހިތް ފޮނުމީމާ މުއައްޒަފުންގެ މައްޗަށް ހިތެއް ނޯވެޔޭ!

    10
  10. އަލީ

    އަނެއްކާ ގޯސް ކުޅިއެއް ނުކުޅެއްޗޭ.....

  11. އެމަންޖެ

    ހިތޭ ތިޔަބުނުއްވީ ބަނގުރާ ވިދާޅު ނުވަންތޯ...؟؟؟ އެހެން ނޫނީ އެމީހުން ފޮނުވާ ހުރިހާ ފުޅިޔެއްގަވެސް ހިތެއް ކުރަހާފަ ފޮނުވަނީތޯ...؟؟؟

    9
    1
  12. ށަވިޔަނި

    އާޒިމް ފައްޔާޒާ ނުބެހިބަލަ ..ފައްޔާޒަކާ ނުކުޅެވޭނެ..ވަރައްސަލާމް

    3
    1