މާލޭގެ ދެކުނު ފަރާތު ފަޅުތެރޭގައި މަރުވެފައި އޮއްވައި އިއްޔެ ފެނުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޕްރޮޖެކްޓް ކޮންސަލްޓަންޓު ހެޑް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޕޯލް އަޑޫ މޫދަށް އެރުނީ އަމިއްލަ އަށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ އޭނާ އިއްޔެ ހެނދުނު 09:29 ހާއިރު އެސަރަހައްދަށް އަމިއްލައަށް މޫދަށް އެރޭ މަންޒަރާއި އަދި އޭގެ އިރުކޮޅެއް ފަހުން ހަށިގަނޑު ފެންމަތީގައި ހަރަކާތެއް ނެތި އޮންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ.

އޭނާ މޫދުގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ 09:45 ކަންހާއިރު ކަމަށް ފުލުހުން އިއްޔެ ވިދާޅުވިއެވެ.

ވީއައިއޭގެ ކޮންސަލްޓަންޓު ހެޑުގެ ގޮތުގައި މަސައްކަތް ކުރާތާ ތިން އަހަރު ވެފައިވާ ޕޯލް މޫދަށް ފުންމާލީ އަރައިގެން ހުރި އޮފީސް ބޫޓާއި ދަބަސް ބަހައްޓާފައެވެ. އޭނާ މޫދަށް ފުންމާލީ މާލޭ ޖަލާއި ދިމާލުންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ވެސް އެވަގުތުއެވެ.

ޕޯލް ދިރިއުޅެމުން އައީ ހުޅުމާލޭގައެވެ. އޭނާ އިއްޔެ މާލެ އައީ ކީއްކުރަން ކަމެއް އަދި ސާފެއް ނުވެއެވެ.

އިއްޔެ މޫދުގައި މަރުވެފައި އޮއްވާ ޕޯލް ފެނުނުއިރު މިދިޔަ މަހު ވެސް އައިޖީއެމްއެޗް އާއި ދިމާ މޫދުން މަރުވެފައި އޮތް ދިވެހި ޒުވާނަކު ފެނުނެވެ. އޭނާ ވެސް މަރުވީ ގެނބިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަމަ

    މިހާރު އަނެއްކާ މޫދަށް އެރޭ ހިތްވާ ކާހާލާގެ ސާމާނެއް ގެނގުޅެނީތަ؟

    17
  2. Anonymous

    މީގެ ކުރީ ސަރުކާރު ގައި ތިކަހަލަ ކަމެއްވެއްޖިއްޔާ އަޅުވަނީ ޔާމީން ބޮލުގައި ،މިހާރު މަރުވެފައިވާ މީހަކު ފެނުނަސް އޯކޭ، އޭނާ މަރުވަނީ ގުދުރަތީ މަރަކުން، މީ ވެސް ހެއްވާ ކަމެއް

    30
    8
  3. ޅަބޭ

    ދެން ބުނޭ އޭނާ މަރުވީވެސް އަމިއްލަޔަށޭ. ދެން މައްސަލަ އޮއްބާލާ. މިހާރުވެސް މާ ގިނަދުވަސްވެއްޖެ.

    20
    4
  4. މަރު ކޮމިޝަނު

    މި ފަދަ މަރުތައް ނުބެލޭނެތަ އެނެއްކާ އެއަރޕޯޓް ހަދާ ގޮތާއި ބެހޭގޮތުން އޭނާ އަށް މީހަކު ޕްރެޝަރު ކުރީބާ ބިރު ދެއްކީ ބާ

    15
    3
    • ކޮންސަލްޓެންޓް

      ތިހާވަރު ގަޅި ވާހަކަ ކަލޭ ދެއްކީތީވެ އަހަރެން ހިތަށްއަރާ ކަލެޔާ ދެކޮޅަށްކޮމެންޓެއް ކޮށްފިޔާ ކަލޭވެސް ގޮސް އެތަނަށް އެރި އަމިއްލަ އަށް މަަރުވެދާނޭ...

      1
      4