ވަޒީފާ ގެއްލި ދަރިންނާއި އާއިލާ ބިކަވި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް އެހީވާން ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ސަރުކާރުން އަންނަނީ ވަޒީފާ ގެއްލުނު މީހުންނަށް އެހީވުމުގެ ގޮތުން އެލަވަންސެއް ވެސް ފޯރުކޮށްދެމުންނެވެ.

މިނިސްޓަރު އައިޝަތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ވަޒީފާ ގެއްލުމާ ގުޅިގެން އާއިލާ އާއި ދަރިން ބިކަވި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެންސްޕާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެެވެ.

މީގެ އިތުރުން ގެދޮރު ގެއްލި މަގުމަތިވެފައިވާ މީހުން އުޅޭތީ އެމިނިސްޓްރީ އަށް އެކަމާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހުށަހަޅަމުން އަންނަ ކަމަށާއި މިމަހުގެ މިހާތަނަށް، ގެދޮރު ގެއްލިފައިވާ 500 އެއްހާ މީހުންނަށް އެމިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމީހުންނަށް އުޅެވޭނެ ވަގުތީ ހިޔާތަކާއި ކާނާ ފޯރުކޮށްދެމުން އަންނަ ކަމަށާއި، އަދި ކައުންސިލްތަކާއި ގުޅިގެން އާއިލާތަކާއި އެމީހުން ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓަރުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަގުތީ ހިޔާތައް ފޯރުކޮށްދިނުން ހުއްޓުމަކަށް އައި ކަމަށާއި، މިނިސްޓްރީ އިން ވާނީ އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއެކޭ އެއްފަދައިން އަނެއްކާވެސް އެ މިނިސްޓްރީ އިން މަގުމަތިވެފައިވާ މީހުންނަށް އެހިތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން މިފަހަރުވެސް މާރުކޭޓާއި، މަގުމަތި ފަދަ ތަންތަނުގައި ނިދަމުން އަންނަ މީހުން ހޯދައި އެެމީހުންނަށް އެހީތެރިވާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހ

  ވަޒީފާ އެއް ނުލިބޭ..... ބޭރުން ކިޔަވައިގެން އައިސް ވަޒީފާ ނުލިބި މުޅި އަހަރު މިދަނީ.. ހިތާމަ ހުރި....

 2. މަސްވެރިޔާ

  އެއްޗެއް ދިނުން ނުވަތަ އެހީތެރިކަން ފޯރުކޮއްދިނުން ގޯހެއްނޫން ، ނަމަވެސް ގައްގުނޫން ފަރާތްތަކަށް ތިފަދަ އެހީތަށް ލިބި ލިބެންޖެހޭ ފަރާތްތަށް މަހުރޫމްވުމުން އެއީ ވިސްނަންޖެހޭކަމެއް ، ކޮވިޑް އިންކަމްސަޕޯޓްވެސް މިހާރުވެސް ދެމުންދަނީ އިންސާފަކުންނޫން

  8
  2
 3. ހުފު

  އަހަރެންގެ ފެންބިލް ނުދެއްކިގެން އެދުނީމަ ދެއްވީ އޭގެ ހާފް އަނެއްބަޔަކަށް އެއްކޮށްދައްކައިދިން..މީކޯއްޗެއް

 4. މާމިގިލި ފާފުން

  މިއުޅެނީ ސޭޓްގެ ވަޒީފާގަ %70 ގެސްޓުން އެބައުޅޭ މުސާރަ ކުޑަކުރިގޮތަށް މުސާރަ ކުރިންހުރި ވަރަށް އަދިވެސްނުދޭ . ކިހާދެރަކަ މެއް ކޮންއޮފީހަކަށް ގުޅަންވީ؟؟ ކިހިނެއް މިވަރުން އުޅޭނީ. އަބިދަރިންނަށް ކާލެވޭވަރުނުވޭ ޗުއްޓީއަށް ގޮއްސިއްޔާ މުސާރަނުދޭ އޮފްޑޭއަކަށް ނުފޮނުވާ އަދިވެސް ރިސޯޓްތަކުގެ ކުލި ދައްކޮއްދީ ލުއި ލޯނުތައްޗސޭޓް މެންނަށް ދީ

 5. ތިއްތި

  ކޮވިޑު އާ ގުޅިގެން މަވެސް މިހުރީ ވަޒީފާ ގެލްލިފަ ޓުރޭޑު މިނިސްޓުރިިީއަށް ފޯމް ލީމަ އެ ފޯމް އެއީ ލެވުނު އެއްޗެއް ކަންވެސް ނެއިނގުނު

 6. ގުބެ

  މެކުނު ހުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ ފުޅަނގިއުދުހުނަސް ޕެންގުއިންއަކަށް ނު އުދުހެވޭނެ.

 7. ނަހޫ

  އޮކްޓޯބަރ ނޮވެމްބަރ ގެ އިންކަމް ސަޕޯޓު އެލަވަންސް ދޭ ތޯ ނުދޭތޯ ވެސް ބުނެލަން އެންސްޕާއަކަށް ނުކެރޭ ، ކީއްކުރާ ތަނެއް . މިހާރު ޑިސެމްބަރ ފެށެނީ.

 8. ކަމަނަ

  މަޝްހޫރުވާން ޚަބަރަށް އަރަނީ.. ސުމެއް ތީ. ވާންޗޯ