ފަތުރުވެރިކަމުގެ ވިޔަފާރި ކުރަން ރިސޯޓްތައް ތަރައްގީ ކުރުމަށް ދޫކުރާ ރަށްތަކުގެ ތެރެއިން މާލެއާ ދުރު އަތޮޅުތަކުގެ ރަށްތަކުގެ ކުލި ކުޑަ ކުރާ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނަ ބިލްގައި ހިމަނައިފިއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ބިލުގައިވާ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދޫކުރާ ތަންތަނުން ވަރަށް ކުޑަ އަގެއް ނަގަން ހިމަނާފައިވެއެވެ. އަދި އެކި ސަރަހައްދަށް އެކި އަތޮޅުތަކުގައި ހިމަނާފައިވެއެވެ.

މުޅި މަޖިލިސް އެއްކޮށްގެން މިއަދު ބާއްވާ ކޮމިޓީ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި އެ އިސްލާހުތަކުގެ ބޭނުމަކީ ފަތުރުވެރިކަން ކުރިއަރާފައި ނުވާ ސަރަހައްދުތަކުގައި ފަތުރުވެރިކަމަށް އިންވެސްޓް ކުރުން އިތުރު ކުރުމަށް ކަމަށެވެ.

ދެ ލައްކަ އަކަމީޓަރަށް ވުރެ ކުދި ބިންތައް

އައްޑޫއާއި ފުވައްމުލަކުގައި ދެ ލައްކަ އަކަ މީޓަރަށް ވުރެ ކުދި ބިންތައް ދޫކުރުމަށް ބިލުގައި ވަނީ އަކަ މީޓަކަރަށް އަހަރަކު ދެ ޑޮލަރުގެ ރޭޓަކުންނެވެ. އަދި ކުލީގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 250،000 ޑޮލަރެވެ.

ހއ. އަތޮޅާއި ހދ. އަތޮޅުގައި އެ ވަރުގެ ބިންތަކަށް ކަނޑައަޅާފައިވާ އަގަކީ އަކަ މީޓަރަކަށް ހަތަރު ޑޮލަރެވެ. އެއީ ދެކުނެކޭ އެއް ގޮތަށް އެންމެ ބޮޑުކޮށް ނަގާނެ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަހަރަކަށް 500،000 ޑޮލަރެވެ.

ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މި ވަރުގެ ބިންތަކަށް ކަނޑައަޅާފައިވަނީ އަކަ މީޓަރަކަށް އަހަރަކަށް އަށް ޑޮލަރެވެ. އަދި އެންމެ ބޮޑު ކުލީގެ އަގަކީ އެއް މިލިއަން ޑޮލަރު ކަމަށް ކަނޑައަޅާފައިވެއެވެ.

ދެން ހުރި އަތޮޅުތަކުގައި އެ ވަރުގެ ބިންތަކަށް ކަނޑައަޅާފައިވަނީ އަކަ މީޓަރަކަށް އަހަރަކަށް ހަ ޑޮލަރެވެ. އަދި އެންމެ ބޮޑު ކުލީގެ އަގަކީ 750،000 ޑޮލަރު ކަމަށް ކަނޑައަޅާފައިވެއެވެ.

ދެ ލައްކަ އަކަ މީޓަރާއި ހަތަރު ލައްކަ އަކަ މީޓަރާ ދޭތެރޭގެ ބިންތައް

ދެ ލައްކަ އަކަ މީޓަރާކައި ހަތަރު ލައްކަ އަކަ މީޓަރާ ދޭތެރޭގެ ބިންތައް ދޫކުރާން ބިލުގައި ކަނޑައަޅާފައި ވަނީ އަކަ މީޓަކަރަށް ވަކި ހާއްސަ އަގެއް ނަގާ ގޮތަކަށް ނޫނެވެ. އައްޑު އާއި ފުވައްމުލަކުގައި އެ ވަރުގެ ބިންތަކަށް ނަގަން އޮތީ އަހަރަކަށް ހަތަަރު ލައްކަ ޑޮލަރެވެ. ހއ. އާއި ހދ. ގައި އަހަރަކަށް 750،000 ޑޮލަރެވެ. ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އަހަރަކަށް 1.5 މިލިޔަން ޑޮލަރެވެ. އަދި ދެން ހުރި އަތޮޅުތަކުގައި އަހަރަކަށް 1.1 މިލިޔަން ޑޮލަރެވެ.

ހަތަރު ލައްކަ އަކަ މީޓަރަށް ވުރެ ބޮޑެތި ބިންތައް

ބިލުގައިވާ ގޮތުން ހަތަރު ލައްކަ އަކަ މީޓަރަށް ވުރެ ބޮޑެތި ބިންތައް ދޫކުރަން ކަނޑައަޅާފައި ވަނީ ވެސް އަކަ މީޓަރަކަށް ވަކި ހާއްސަ އަގެއް ނަގާ ގޮތަކަށް ނޫނެވެ.

އައްޑު އާއި ފުވައްމުލަކުގައި އެ ވަރުގެ ބިންތައް ދޫކުރަން އޮތީ އަހަރަކު އަށް ލައްކަ ޑޮލަރަށެވެ. ހއ އާއި ހދ. ގައި އަހަރަކަށް އެއް މިލިޔަން ޑޮލަރަށެވެ. ނ. އިން ފެށިގެން ދ. އާ ހަަމައަށް އަހަރަކު ދެ މިލިޔަން ޑޮލަރަށެވެ. އަދި އެހެން އަތޮޅުތަކުގައި 1.5 މިލިޔަން ޑޮލަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރައްޔިތުން

    މުއްސަނދި ވިޔަފާރިވެރިންގެ ސަރުކާރެއްދޯ..
    އާންމުން މަގުމަތިވެފަ..
    ޒުވާން އެތައް ކުދިންނެއް ނިދާނެ ތަނެއް ނެތިގެން މާލޭ އެކި ދިމާލުގައި ބިކަ ވެފަ..

    އެކަމު އޯކޭތާ ދޯ.. މިވެރިންނގެ ޖީބައް އެތިކޮޅެއް ވަންނަ ކޮޅަކަށް ބޭނުންވާގޮތައް ގާނޫނު ތަކަށް އިސްލާހުގެނެސް.. އެބަޔަކަށް ލުއިވާ ހުރިހާ ކަމެއް ކޮށްދޭ އެބަ..

    13
  2. އަލީ

    އަހަރުމެންގެ ރަށް މާލެޔާ ދުރު.. ވެހިކަލް ތަކުން ނަގާ ފީ ކުޑަކޮއްލައިދޭންވީ ނޫންތޯ. ދުއްވަން ޖެހެނީ ޗަކަގަނޑު ތެރޭ.. ސާވިސްއައް މާލެ ގެންގޮސް ދުއްވަން ހުއްދަ ލިބޭވަރުވަ ކުރެވެނީ ބޮދު ހަރަދު ދީގެން... މަހުޖަނުންނައް ހާއްސަ ގޮތެއް އޮވެގެން ނުވާނެ.

    15
  3. ޏަވިޔަނި

    ބިން ވެސް ސޭލް ގަ އަޅުވާ ފަ ދޯ.؟؟؟؟..އަކަ މީޓަރަކަށް އަހަރަކަށް 2 ޑޮލަރު ....ހީ ހީ ހަލާކު

    11
    1
  4. ޞާރި

    ޢަޢްޑޫ ބީތާ އިން ކޮބާ؟؟؟.... އަކަ މީޓަކަރަށް އަހަރަކު ދެ ޑޮލަރުގެ ރޭޓަކުންނެ އަޢްޑޫ ވިއްކާލަނީ ... ދޯ

    13
    1
    • ބްރޯ

      ހާދަ ހީވެޔޭ އައްޑޫ މީހަކާ ހިތާވާން ބޭނުންވެފަ އެކަން ނުކުރެވި ހުރި މީހެއްހެން

  5. ޢަހުމަދު

    ޢާން މުންނަށް ޕިކްނިކް ދެވޭ ރަށްތަކެއް ގެރެންޓީކޮށް ދީބަލަ މަހުޖަނުންނަށް ހުރިހައި އެއްޗެއް ނުދީ

  6. ޙސހސހ

    މިއުޅެނީ އިންޑިޔާގެ ބައިގަނޑާށް މުޅި މިރާއްޖޭގެ ރަށްތަކާ ފަޅުތަކާ ގިރިތަށް ނުއަގުގައި ދޭނެ މޮޅު ގޮތެއް ހަދަން.