އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓުމުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން އަނެއްކާ ވެސް ކޯޓު އަމުރެއް ނެރެފިއެވެ.

ނަޒީރުގެ ޕާސްޕޯޓް ފުރަތަމަ ހިފަހެއްޓީ މާޗް 21 ވަނަ ދުވަހުއެވެ. ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓާ މުއްދަތަކީ މި މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ގޮސް ޖޫން މަހުގެ 21 ވަނަ ދުވަހާއި ހަމައަށެވެ.

ނަޒީރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ތިން ވަނަ އަމުރު ނެރެފައިވާ ކަމަށާއި ތަހުގީގުގައި އިތުރު ކަމެއް ނެތް ކަމަށް ފުލުހުން ބުނިތާ ދެ މަސް ދުވަސް ވެފައިވާ ކަމަށެވެ.

https://twitter.com/alynazeer/status/1000102630788485120?ref_src=twcamp%5Ecopy%7Ctwsrc%5Eandroid%7Ctwgr%5Ecopy%7Ctwcon%5E7090%7Ctwterm%5E3

" އެ ޒާތުގެ ކަންކަމުން ޔަޤީންވެ ކަށަވަރުވާ ކަމަކީ ދިވެހި ފުލުހުންގެ ޕްރޮފެޝަނަލް ނޫންކަމާއި ސިޔާސީ ނުފޫޒު ވެދެފައިވާ މިންވަރާއި ޤާނޫނު ނެގެހެއްޓުމުގައި ފެއިލް ވެފައި އޮތް މިންވަރު " އޭނާ ވިދާޅުވިއެވެ.

ނަޒީރު ވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރު ޓުވީޓްގައި ހާމަ ކުރައްވާފައެވެ.

އެ އަމުރުގައިވަނީ ފެބްރުއަރީ 5 ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނިކޮށް، އެ ޤަރާރުން އެއްވެ އުޅުމުގެ ޤާނޫނު ސަސްޕެންޑް ކުރެވިފައިވަނިކޮށް މާރޗް 16 ވަނަ ދުވަހު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ރަށްތަކުން މަގުތަކަށް މީހުން ނިކުތުމަށާއި ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރުމަށް ހިތްވަރުދީ، ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްދާނެ ކަމަށް ފެންނާތީ އާއި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިނަމަ މައްސަލަ ތަހުގީގު ކުރަން ހުރަސް އެޅިދާނެ ކަމަށެވެ.

ޕާސްޕޯޓު ހިފެހެއްޓުމަށް ނަޒީރު އާއި ދެކޮޅަށް ފުލުހުން ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓަކާއި ތަހުގީގަަށް ލިބިފައިވާ ވީޑިއޯ ފުޓޭޖެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާރިޔާ

    ދޫނުކުން ވަރައްއެދޭ ދިވެހިރައްޔިތުން

  2. Anonymous

    ޖިހާދަށް ގޮސް އައިސް ހުރި މީހެއްވީމަ ހިފާއްޓައިގެން އެއުޅެނީ.