ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޤައުމުތައް ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން، އަންހެނުންނަށް ކުރާ އަނިޔާގެ ޢަމަލުތައް އިތުރުވެފައިވާ ކަމަށާއި، ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި އެކަނި ގެވެށިގުޅުމަކުން ގުޅިފައިވާ ފަރާތެއްގެ ކިބައިން 212 މިލިއަން އަންހެން ކުދިންނަށް އެކި ކަހަަލަ އަނިޔާ ލިބިފައިވާ ކަމަށް އދގެ ޓްރަސްޓް ފަންޑް ޓު ވަޔަލަންސް އަގެންސްޓް ވިމެންއިން މިއަހަރު ހަދާފައިވާ އެސެސްމަންޓް ރިޕޯޓުގައި ބުނެފިއެވެ.

އަންހެނުންނަށްކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާއި ގުޅުވައިގެން އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ވަނީ އެ ރިޕޯޓްގައި ހުރި ބައެއް މައުލޫމާތުތައް އާއްމުކޮށްފައެވެ.

އދ ގެ ޓްރަސްޓް ފަންޑް ޓު ވަޔަލަންސް އަގެންސްޓް ވިމެންއިން މިއަހަރު ހަދާފައިވާ އެސެސްމަންޓް ރިޕޯޓު 'ކޮވިޑް އެންޑް ގްލޯބަލް އިމްޕެކްޓް އޮން ވަޔަލެންސް އަގެންސްޓް ވިމެން' ގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޤައުމުތައް ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން، އަންހެނުންނަށް ކުރާ އަނިޔާގެ ޢަމަލުތައް ދުނިޔޭގެ ނިސްބަތުން އިތުރުވެފައި ވެއެވެ.

އެގޮތުން، ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި އެކަނިވެސް، ގެވެށިގުޅުމަކުން ގުޅިފައިވާ ފަރާތެއްގެ ކިބައިން، 15 އަހަރާއި 10
އަހަރާ ދެމެދުގެ 212 މިލިއަން އަންހެނުންނަށް، ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ކުރިމަތިވެފައިވާކަމަށް 'ކޮވިޑް10 އެންޑް ވަޔަލަންސް
ވުމާއެކު، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މިއަހަރުގެ އަގެންސްޓް ގަރލްސް އެންޑް ވިމެން' ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ޝާއިއުކޮށްފައިވާ މިއަހަރުގެ އޭޕްރިލް އަދި ޖޫންމަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އެއިދާރާއަށް ހުށަހެޅިފައިވާ ގެވެށިއަނިޔާގެ މައްސަލަތަކުގެ ތެރެއިން، %74 މައްސަލަތަކަކީ އަންހެނުންނަށް ކުރާއަނިޔާގެ މައްސަލަތަކެވެ. މީގެ ތެރޭގައި ހިމެނޭ މައިގަނޑު މައްސަލަތަކަކީ ނަފްސާނީ އަނިޔާއާއި، ޖިސްމާނީ އަނިޔާއާއި، ބިރުދެއްކުމާއި، ބަހުގެ ހަމަލާދިނުމާއި، ގޯނާކުރުމާއި އަދި ޖިންސީ އަނިޔާގެ މައްސަލަތަކެވެ. އަންހެނުންނަށް ކުރާ އަނިޔާއާ ގުޅިގެން، ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަހަރުގެ މިހާތަނަށް ހުށައަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ނަފްސާނީ އަނިޔާގެ މައްސަލަތައް ފާހަގަކުރެވެއެވެ. އަދި ދައުލަތުގެ ފަރާތުން މީހުންނާއި ކުދިން ބަލަހައްޓާ ބައެއް މަރުކަޒުތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުގައި ބައިތިއްބާ ބައެއް މަރުކަޒުތަކުގައި ތިބި އަންހެނުންގެ ކަރާމާތަށް އަސަރުކުރާފަދަ ކަންކަން ހިނގާކަމާއި، އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް އެކަށީގެންވާ ސަމާލުކަން ނުދެވޭކަމާއި، މިންތީގެ ހަމަހަމަ އުސޫލުތައް ބައެއް މަރުކަޒުތަކުގައި ނުގެންގުޅޭކަމާއި، އަންހެނުންނަށް ޚާއްޞަ ޞިއްޚީ ފަރުވާ އެތަންތަނުގައި ތިބޭ އަންހެނުންނަށް އެކަށީގެންވާ ގޮތަށް ނުލިބޭކަން ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކޮށްފައިވާ ޒިޔާރަތްތަކުންވަނީ ކޮމިޝަނަށް ފާހަގަކުރެވިފައެވެ.