ރާއްޖޭގައި އޮލިމްޕިކް ސްޓޭޑިއަމެއްގެ ފްރޭމްވޯކް މަސައްކަތް ޕްލޭނިން މިނިސްޓްރީން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

"ދަ އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމް ޕްރޮޖެކްޓް" ފްރޭމްވޯކް އެއްބަސްވުމަކީ ޕްލޭނިން މިނިސްޓްރީ އާއި ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވި ގޮތުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައި ބޭއްވުމަށް ދިވެހި ސަރުކާރުން އިއުލާން ކުރުމާ ގުޅިގެން ޗައިނާގެ ސީއެމްއީސީން ވަނީ ހުޅުމާލޭގައި އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމެއް ތަރައްގީ ކުރުމަށް ޕްރޮޕޯސަލް ހުށަހަޅައިފައެވެ.

މި އެއްބަސްވުމަކީ ޕްރޮޖެކްޓް ފީސިލިބިލިޓީ އަދި ޑިޒައިންގެ އިތުރުން ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސީއެމްއީސީއާ އެކު ގާއިމު ކުރި ފްރޭމްވޯކް އެއްބަސްވުމެއް ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

"ދަ ކޮރަލް" ނަމުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ގާތްގަނޑަކަށް 20،000 މީހުންގެ ޖާގައިގެ ސިޓިން ކެޕޭސިޓީގެ އިތުރުން ސިންތެޓިކް ރޭސް ޓްރެކަކާއި ފުޓްބޯޅަ ދަނޑަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް ހާއްސަ ޖާގަތަކެއް ހިމަނާފައިވެއެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. ސީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ޗީފް ރިޕްރެޒެންޓޭޓިވް ލިއު ޒައިއޯޑްއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފުއާދު

    އަނެއްކާވެސް ޗައިނާ....ކޮބާ އިންޑިޔާ..އަނެއް ދަރަނި ދަންތޫރަ އަދިވެސް ޗައިނާ

    26
    2
  2. ބޯޖަލީލު

    20ހާސް މަދު 35 ހާސް އޯކޭ

    1
    3
  3. ދަރަނި ދަންތުރަ

    ކަލޭނޭ އިންޑިޔާ އެއީ އަމިއްލަ ހާލައިގެން ނޫޅެވޭ ބައެކޭ ، އިންޑިޔާއިން ދިވެހިން ފެލަނީ ، ޗައިނާ އެއީ ގައުމުތަށް އިގުތިސޯދީ ގޮތުން ފުދުންތެރި ބަޔަކަށް ހަދަން އުޅޭ ބައެއް ، އިންޑިޔާ އައުޓު

    5
    1
  4. ނަޑަރޭ

    މި ޚަބަރު އަޑުއަހާފަ ޑިއޮގޯ މެރަޑޯނާ މެޔަށް އެރި ވަރުގަދަ ތަދަކުން މިއަދު މަރުވެއްޖެ .

  5. އިގްތިސާދު

    ކުޅިވަރުކުޅޭ ތަންތަން ހެދުމުގެ ބަދަލުގައި ގަވްމުގެ އިގްތިސާދު ރަނގަޅުވާނެ ފަދަ އިންޑަސްޓްރިއަލް ގަވްމަކަށް ހެދުމުގެ ގޮތުން ކުދި އިންޑަސްޓްރީ ޗައިނާ، އިންޑިއާފަދަ ގަވްމުތަކުން ގެންނަންވީ ނޫންތޯ. މަސްވެިރިކަމާއި، ދަނޑުވެރިކަން ތަރައްގީ ކުރުމަށްވެސް ތިފައިސާ އިންވެސްޓް ކުރެވިދާނެ. އެތައް މިލިއަން ޑޮލަރުގެ އިންވެސްޓެއްކޮށްގެން ތިވަރުގެ ކުޅޭނެތަނެއް ނުހެދިޔަސް ދުނިޔޭގައި އުޅެވިދާނެ. ކުޅިވަރުކުޅެވޭނީސް ކައިބޮއެ ހަމަޖެހިގެން ނިދާލަވޭނެ ތަނެއްވެސް ހުރެގެން. އެތައްބަޔަކު އުޅެނީ ވ. ދަތިކޮށް. މީގެ މިސާލަކަށް ރޭގައި ފޭސްބުކްއިން ފެނުނު ޕޯސްޓަކުން އެނގޭ. ފޮޓޯގައިވަނީ ރީތިކޮށް ކުލަލައިފައިހުރި 1 ކޮޓަރީގެ އެޕާރޓްމެންޓެއް. އަދި ރީތކޮށް ހަދާފައިވާ ދިގު ބަދިގޭ ވަތްގަނޑުތައް ލައިފައިވާ ކަބަރޑެއްވެސް ފެނުނު. އެކަބަރޑްމަތީގައި ބަދިގޭގެ އެކި ސާމާންތައްވެސް ހުރި. މި ކަރބަރޑްގެ 1 ވަތްގަނޑުގެ ދޮރު މައްޗަށް ހުޅުވާފައިހުރި އިރު ފެންނަނީ ފާޚާނާ ތައްޓެއް.
    ލަފާކުރެވެނީ، ފާޚާނާކުރަނީ މިތަނަށްހެން. މިފަދަތަނަކަށް ފާޚާނާކުރެވޭނީ ކޮޓަރީގައި މީހުން ނުތިބޭގަޑީގައި އަދި މިފޮޓޯގެ ރިއެކްޝަންގައިވޭ ވަސްނުބައިވެގެން އުޅޭތަންވެސް. ތެދެއް، އެފަދަތަނެއްގައި ނޭވާނުލެވޭވަރަށް ވަސް ހުންނާނެ. ބައެއްމީހުން ބޮޑެތި ފާޚާނާ ހަދައިގެން އޭ/ސީ ލައިގެން 24ގަޑިގައި ފިނިކޮށްގެން އުޅުނުނަމވެސް މިއީ ބައެއް ދިވެހިން އުޅެމުންދާ ޙާލަތު. މިފަދަ އުނދަނގޫތަކުން ސަލާމަތް ކޮށްދެއްވާށި.