ދިވެއްސަކާ ކައިވެނިކޮށް އުޅޭތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބިދޭސީންނާއި ރާއްޖޭގެ ބޭންކްއެއްގައި މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީންނަށް ދިގު މުއްދަތުގެ ވިސާ ދޫކުރާ އިސްލާހު ހިމެނޭ ގޮތަށް ފާސްކޮށްފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފިއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު މަޖިލީހުން ފާސްކުރި ބިލްގައިވާ ގޮތުން ދިވެއްސަކާ ކައިވެނިކޮށް އުޅޭތާ ހަތް އަހަރު ވެފައިވާ ބިދޭސީންނަށް ފަސް އަހަރުގެ މުއްދަތަކަށް ރެސިޑެންޓް ވިސާ ދޫކުރެވޭނެއެވެ. ކުރިން އޮތީ ދިވެއްސަކަށް ކައިވެނިކޮށް އުޅޭ ކޮންމެ ބިދޭސީއަކު ވެސް އަހަރުން އަހަރަށް ވިސާ އާ ކުރަން ޖެހޭ ގޮތަށެވެ.

ކައިވެންޏަށް މަދު ވެގެން ހަތް އަހަރު ވުމުގެ އިތުރުން ވެސް މި ވިސާ ލިބުމަށް ބިލުގައި ޝަރުތުތަކެއް ކުރިއެވެ. އެއީ ހަތް އަހަރު ރާއްޖޭގައި ދިރިއުޅެފައި ވުމާއި ހޭދަވި ކޮންމެ އަހަރެއްގައި މަދުވެގެން އަށް މަސް ދުވަހު އުޅެފައި ވުމާއި ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުމެވެ.

މީގެ އިތުރުން ރާއްޖެއިން ބިދޭސީންނަށް މިހާރު ދޫކުރާ ވިސާގެ އިތުރަށް ކޯޕަރޭޓިވް ވިސާގެ ނަމުގައި އާ ވިސާއެއް ތައާރަފް ކުރާނެއެވެ. އެ ވިސާއަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމެންޓްގެ ގޮތުގައި ތިބޭ ބިދޭސީންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް ހުއްދަ ދެވޭ ވިސާއެކެވެ.

މި ގޮތުން ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި 250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީއަކު އެ ވިސާއަށް އެދުމުން ދޫކުރާނީ ފަސް އަހަރުގެ މުއްދަތަށެވެ. އެ ހާލަތު އޮންނަހާ ހިނދަކު ފަސް އަހަރަށް ފަހު ވިސާ އާ ކުރަން ޖެހޭއިރު ވިސާ އާކޮށްދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޏަމް

    މިކަލޭގެ އަވަހަށް ވެރިކަމުން ބާލަން ރަށްޔަތުން އެއްބަސްވާން ތަށްޔާރު އަވަސްކުރޭ އަވަސްކުރޭ.

    26
    1
  2. ހުސެއިން ހަބްރޭ

    މަރުހަބާ ރައީސް އައި.އެމް. ސޯލިހު. ޝޭޚު އިލްޔާސް ބުނީ ހަމަ 100 ޕަސެންޓް ތެދެއް. ތިއީ ހަމަ ވަރަށް ސޯލިހު ވެރިއެއް. އެކަން ނަމުންނާއި ކަމުން ތިދައްކަވަނީ. ޔޫ.އޭ.އީ ނަމޫނާ އަކަށް ބައްލަވާހެން ވަރަށް ހީވޭ. ކުރިއަށް އޮތްތާގައި ޔޫ.އޭ.އީ ޢާއި އެއްގޮތަށް ކަމަކަށްފަހު ކަމެއް ހުއްދަކުރައްވާނެހެން ވަރަށް ހީވޭ. އެއީ ދިވެހިންނަށް މިހާރު ބަލަދުއަރާފައިވާ އިންޑިއާ ރުއްސުމަށާއި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ރުހުން ހޯދުމަށް.

  3. ށ

    2،50000 އެމެރިކާ ޑޮލަރު ސަރުކާރަށް ދިނީމަ ބޭރުމީހުންނަށް ( ހާ އްސަކޮށް އިންޑިޔާ މީހުންނަށް ) ދިވެހި ރަ އްޔަތަކަށް ވެވޭނެ ގޮތެ އް ހޯދުން ރަގަޅު...ކިހާ ބަ އިވަރު ފަ އިސާ އެއ އް ސަރުކާރަށް ލިބޭނެ...މިހާރު ވަރަށް ހާލުގަތާ މި އުޅެނީ...ސަލާމް

  4. މުހައްމަދު އަންޖުމް

    ބޮޑުވަގު ސާބަހޭ ހަމަ އެންމެ އަކިރިކޮޅެއްވެސް ވިއްކާނުލާ ނުބާއްވާތި އޭރުންތާ އިންޑިޔާމީހުންނަށް ރާއްޖެ އަތުލައި ގަންނަން ފަސޭހަވާނީ ދެންވެސް ހަމަ އަތްޖަހާމީހުން އަތްޖަހާލާ ވަގުންގެ އިލްމުވެރިން އަދިވެސް ހަމަމަދަހަޔާ ސަނާޔާ ދުއާކިޔަން ތިބެނީތަ ލިބޭލާރިގަނޑު ބޮޑުކްމުން

    1
    1
  5. ކަާލާޕާނީ

    ވަރަށްބޮޑު ކުރިއެރުމެއް. ހެޔޮއެދޭ އިންޑިއާގެ ސުމަގުލަރުންނަށާއި ގޭންގްސްޓާރުންގެ ހާލިތައް ރާއްޖޭގެ ރައްތަކާއި ފަޅުތަކުގައި ހަދާލުމުން ދިވެހި ޒުވާނުންނަށް ގިނަފުރުސަތުތަކެއް ހުޅުވޭނެ.