މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ޕީޕީއެމްއާ އަލުން ގުޅުވައިވަޑައިގަންނަވައިފިއެވެ.
އޭނާ އަލުން ޕީޕީއެމްއާ ގުޅިވަޑައިގަންނަވާފައި ވަނީ، ޑީއާރުޕީ އިން ވަކިވެވަޑައިގަތުމަށްފަހުއެވެ.
ޕީޕީއެމްއިން މިއަދު ބުނީ، މިއަދު ހަވީރު ބޭއްވި ހަފްލާއެއްގައި ޕީޕީއެމްއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ބޮޗޭ މިއަދު ޕީޕީއެމްއަށް ސޮއިކޮށްފައިވާ ކަމަށެވެ.
އޭނާ ޕީޕީއެމްއަށް ސޮއި ކުރި ފޯމާއި ހަވާުލުވެޑައިގަންނަވާފައި ވަނީ އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އެވެ.
އޭނާ އިދިކޮޅު ފަރާތްތަކާ ގުޅުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ބޮޗޭ މީގެކުރިން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޚާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ ކަންކަމުގައި ގާތުން މަސައްކަތް ކުރައްވައިފައެވެ.
ބޮޗޭ ރަނގަޅު ބަދަލެއް. އިތުރުވާހަކައެއްނެތް. ސުކުރިއްޔާ
ތި މީހުންނަށް ތި ނޫން މީހެއް ނުލިބެނީ ތަ؟
ބޮޗޭއަކީ ބޮޓެއް.
ބޮޗޭ އަށް މަރުޙަބާ! ތިޔަ ކުރި މ މަތި ލެއްވީ ވަރުގަދަ
ގައު މީ ޖިހާދެއް ކުރު މަމަށެވެ ކާ މިޔާބު އޮތީ ދާދި ގާތުގައެވެ 2023 ގައި ރ ޔާ މީން ގައު މާ ހަވާލްވެ ވަޑައިގަންނަވާނެއެވެ އަދި އެން މެބޮޑު ޗޯރުކަލޭގެ ހިފާހައްޔަތުރުކޮށް އިންސާފް ގާއި މުކުރެވޭނެވެ.
އިންސާ ﷲ.
ޕީޕީއެމުން އަނެއްކާވެސް ކުނިބުނި އެއްކުރަނީ..
ވަރަށް ކަޑަ ކުރިންވެސް ކްންކުރި ގޮތަށް ކަންކުރާނީ މާދަން އަނެއްކާ އެހެން ތާކަށް ވަންނާނެ ޑްރާމާ ކުޅުންކަމަކީ