ކޮވިޑް-19 އާ ގުޅިގެން މާލެ ހިޔާ ފުރަގަހުގައި ކުރިއަށް ގެންދިޔަ ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލުމަށް ނިންމާފައިވާ ކަަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

އައިޖީއެމްއެޗް އިން މިއަދު ބުނީ، މާލެ ހިޔާ ފުރަގަހުގައި ކުރިއަށް ގެންދިޔަ ފްލޫ ކްލިނިކްގެ ހިދުމަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންނަމަވެސް ސެނަހިޔާއިން ދެމުންގެންދިޔަ ފްލޫކްލިނިކްގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ދެމުންގެންދާނެ ކަމަށް އައިޖީއެމްެއެޗް އިން ބުންޏެވެ.

އެ ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަން ނިންމި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ފްލޫ ކްލިނިކްތައް ހިންގިއެވެ. އެގޮތުން މާރިޗް 10 ވަނަ ދުވަހުން ފެށިގެން މާލެ ހިޔާ ފުރަގަހުގައި ހިންގި އެ ފްލޫ ކްލިނިކްއަކީ ޓްރެވަލް ކްލިނިކެއްގެ ގޮތުގައި ހާއްސަ ކުރި ކްލިނެކެވެ. އެގޮތުން ރާއްޖޭން ބޭރަށް ދަތުރުކުރުމަށްފަހު، އެނބުރި އަންނަ މީހުންގެ ތެރެއިން ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އެ ކްލިނިކްގައި އެއިރު ކުރިއަށް ދިޔައެވެ. ނަމަވެސް ނަމަވެސް ފަހުން ވަނީ ފްލޫ ކްލިނިކެއްގެ ގޮތަށް ބަދަލުކޮށް އާއްމުންގެ ތެރެއިންވެސް ހުމާ ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަަކަށް އެތަން ހާއްސަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް ފްރީ

    ދެން ، ތިޔަ ފްލޫކުލިނިކުގެ ތަފާްްސްްް ހިސާބުދައްކާ ގޮތް ކަމަށް ބުނެ އެޗް.ޕީ.އޭ އިން ކޮންމެ ރެއަކު ނެރޭ ސްޓެޓިކްސް ތަކުގަަައި ކޮވިޑް ގެ ޙާލަތް އަަަަަަައި ފަހުން މިދުވަސް ވަރަކީ ނިމިދިޔަ މޭ މަހާއި ޖޫން މަހަށް ވުރެވެސް ގިނައިން ތިޔަ ކުލިނިކުގެ ޙިދުމަތް ހޯދާކަމަށްް ފެންނަން އޮންނައިރު ، މިގޮތަށް ފަހަރަކު ތަނެއް ބަންދު ކުރަމުން ދިއުމަކީ، ކޮވިޑް ކޮންޓްރޯލްް ނުވެއޮތްްްް ޙާލަތެއްގައި އެޅޭ ޅައެއްޗަކަށް ނުވާނެބާ !

  2. މިހާރު

    މިހާރު އެޅިފަހުރި ޅައެއްޗެހި ތެރެއަށް އިތުރު ބޮޅެއް. އަރުވާ ޖަހާފަ ގެސްޓްހައުސް ހުޅުވަން. މުޖުތަމަޢު ތެރޭގައި ބަލިއޮތީ އިންތިހާއަށް.

  3. ރޯގާ

    ރޯގާއަށް ޙާއްސަ ، ހޮސްޕިޓަލާ ވަކިން ކްލިނިކެއް ހުރުން ވަރަށް މުހިއްމު!