އައްޑޫ ސިޓީ ހިތަދޫގައި ލައިސަންސް ނެތި ސައިކަލު ދުއްވި ޒުވާނަކަށް ފުލުހުން އަނިޔާކޮށް ހައްޔަރު ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މަންޒަރު ދުށް ފަރާތްތަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ، އެ ޒުވާނާ ހައްޔަރު ކޮށްފައިވަނީ ސައިކަލު ދުއްވާފައި ގޮސް ތަނަކަށް މަޑު ކޮށްގެން ހުއްޓާ ކަމަށެވެ.
"ސައިކަލް މަޑު ކުރިތަނުން ފުލުހުން އައީ. އައިސް ބުނީ ކޮބާހޭ ލައިސަންސް. ބުނީމަ އެ ޒުވާނާ ބުނީ ނެތޯ. ބުނީމަ ވެހިކަލަށް އަރުވަން އުޅުނީ. އެހިސާބުން ނާރަން އުޅުނީމަ ތަޅައިގަތީ" މަންޒަރު ފެނުނު މީހަކު ކިޔައިދިނެވެ.
އޭނާ ބުނީ ފުލުހުން އެ ޒުވާނާގެ ގައިގައި ވަރަށް ގަދަޔަށް ތެޅި ކަމަށާއި އެތަނުގައި ތިބި މީހުން ވީޑިއޯ ކުރަން ފެށި ހިސާބުން ތެޅުން ހުއްޓާލައި ފަހަތަށް ބިޑި އެޅުވީ ކަމަށެވެ.
އެ ޒުވާނާ ވެހިކަލަށް އަރުވައިގެން ދިއުމުގެ ކުރިން އެތަނުގައި ދެން ތިބި މީހުންނަށްވެސް އިންޒާރުތަކެއް ފުލުހުން ދިން ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑީއޯތަކުން ފެންނަ ގޮތުގައި އެ ޒުވާނާ އޮތީ ބިންމަތީގައެވެ. އަދި 3 ފުލުހަކު ވެގެން އޭނާ ވެހިކަލަށް އަރުވަން އުޅުމުން އެތަނުގައި ތިބި މީހުން ވަނީ އަނިޔާ ނުކޮށް ވެހިކަލަށް އެރުވުމަށް ގޮވާލާފައެވެ.
ލައިސަންސް ނެތި ސައިކަލު ދުއްވި މައްސަލައިގައި މިފަދަ ގޮތަކަށް ފުލުހުން އަމަލުކޮށްފައިވާއިރު، މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ދާދިފަހުން އައްޑޫގައި ފުލުހުން ހައްޔަރުކުރި އެހެން ޒުވާނަކަށް ވެސް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވިއެވެ. އެމައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.
ތަޅާ އަނިޔާ ކުރާތީވެ ޔޭ އެމީހުން ފުލުހުންދެކެ ރުޅިއަންނަނީ
ކޮބާ ހޭ ވީޑިއޯ
ވީޑިއޯ ލާކައް ނުކެރޭނެންނު ފުލުހުންނާ ދިމާލައް ރޯ އައުގުރާނަ ވިއްޔާ ގޮވަނީ ވީޑިއޯއިން ނުފެނޭ ތަޅާތަނެއް ފެންނަނީ މީހަކު ޕޮލިހުންގެ ވެހިކަލައް ނާރަން ވެހިކަލުގަ ފައިންތަޅާތަން
ޤަވާއިދާ ޚިލާފްވީމަ ދެން ދުލެއްނުކުރެވޭނެ ދޯ. ދެން ޖެހޭނީ ގަދަކަމުންވެސް އަރުވަށް. ގަދަ ހެދީމަ ލިބޭ އަނިޔާ އަށް ޒިންމާ ވާގޮތަކަށް ނޫން ޕޮލިސް ގެ ޤާނޫން އޮތީކީ. ްްްްްްްްް
އައްޑޫ މަރުމޯލުން ދެން އަތް ޖަހާ ތި މީހުންގެ ސަރުކާރު ދެން ގަދަައަށް އަތްޖަހާ
މިހާރު އާންމު ކަމެއް ގޭގެ ދޮރު ވައްޓާލާ...ކޯޓު އަމުރެ އް ނެތި ގޭގެ އަށް ވަނުން
ލައިސަންސް ނުނަގާ ދުއްވާ ކިތަންމެ ބަޔަކު އެބައުޅޭ އެކަމު އަނިޔާކޮށްގެން ޖިޕަށް އެރުވިއްޔޭ ކިޔާތަ؟ އެސޮރު ގަދަފަދަކަން ދެއްކީމަ ތަޅާ އަނިޔާކުރިކަމަށް ތިޔަވީ. ރީތިކޮށް ގޮސް ޖޫރިމަނާ ސްލިޕް ހިފައިގެން ގެޔަށް ދިޔައީމަ ނިމުނީ އެންނު. ލައިސަންސް ނުނަގަ ތިމާވަރު މީހަކު ނެތިގެން ބޫންކަނޑާފަ މަގުތައްމަތީ ދުއްވަންވީމަ އޯކޭ ދޯ.
ރީތިގޮތުގަ ދިޔައީމަ ނިމުނީ އެންނު؟
ތަޅައި އަނިޔާ ކުރުމަކީ އެއްވެސް އިރެއްގައި އެއްވެސް ގޮތަކަށް ބަލައިގަންނަ ކަމެއް ނޫން. އަދި ތާއީދުކުރާ ކަމެއް ނޫން. އެކަމަކު މިރާއްޖެއަށް މިހާރު ޑުޓާޓޭއެއް ނައިސް މިތިބި ނުލަފާ ހައްދުންނެއްޓިފައި ހައްދެއް ނެތް މިނިވަންކަން ލިބިފައި ތިބި މީހުން މައިތިރިކުރެވޭނެއެކޭ މަގޭ ހިތެއް ނުބުނޭ. އަދި މާދުރުނޫން ދުވަސްވަރެއްގައި ބޮޑު އަރާރުންގަނޑެއް އައްޑޫގައި އުފެދިގެން ދައުލަތުގެ ސިފައިން ހަތިޔާރާއެކު އަރަންޖެހިދާނެހެންވެސް މަގޭ ހިތަށް އެބަ ފެނޭ. އައްޑޫ މީހުންގެ ވާހަކައާއި ވިސްނުމާއި ފިކުރަށް އައިސްފައިވާ ގޮތްތަކެއް ފެނިފައި އަޑުއިވިފައި މިހެން ހިތަށް އަންނަނީ.
ބުނީމަ ރީތިކޮށް ދިޔާއީމަ ނިމުނީނު. ފުއްޕަންޏާ ގަދަކަމުންވެސް ގެންދާނެ. އަނިޔާވެސް ވެދާނެ.
މި ސަރުކާރުން ޒުވާނުން ނޮޅައިކަނީ ޒުވާނުންގެ ރައީސް ޖަލަށްލައިގެންތިބެ
މިހެންވީމަ ރައީސް ޔާމީން ރަނގަޅީ. މި ސަރުކާރުން ޒުވާނުންގެ އަތްފައި ބިންދާ ނޮޅާކަނީ.. ޖަނަވާރުން ރައްޔިތުންނަށް ކަމެއްކޮށްނުދޭތާ އަނިޔާ ކުރަނީ
އޯގާތެރި ސަރުކާރޯމީ. ޖަނަވާރުތައް ޒުވާނުނަށް ކުރަނީ މުޅިން އަނިޔާ
މުޒާހަރާވެސް ކުރަންވީ. މިހާރު މި ސަރުކާރު ވެއްޖެ ބަލާވެރިކަމަކަށް.. އަހަރުމެން ޒުވާނުންގެ ރައީސް ޖަލަށްލައިގެން އަހަރުމެން ރޮލުންކަނީ މިއޮށް
އަނިޔާވެރި ވަގު ރޭޕް ސަރުކާރު އިސްތިއުފާ
އަދިވެސް ޖަނަވާރުތައް މިސަރުކާރު އޯގާތެރިކަމުގެ ވާހަކަދައްކާނެ ލަދެއް ހަޔާތެއް ނެތިގެން
ދެން އިރުކޮޅަކުން ފެންނާނީ ކަންދައްކަން މިކަމާ ރޮއެހޭރިވަޑައިންނަވާތަން
ފުލުހުން އަނިޔާކުރި މައްސަލަ ފުލުހުން ބަލަމުން ދަނީ ދޯ؟ އަނެއްކާ އެކަން ކުރި ފުލުސް މީހާތަ އޭނަގެ މައްސަލަ ބަލަމުން ދަނީ ވެސް ...
ދެން ފެންނާނީ ހިތްޕުޅަށް މޮހޮރުކިލޯއެއް ހެރިވަޑައިގެން ކީރިތި ކުރެއްވެވޭތަން.. ޒުވާނުންނަށް އަނިޔާކުރާ ވަގު ސަރުކާރު އިސްތިއުފާ
ވެރީ އޯގާތެރި ސަރުކާރު. ސްޓޮޕް ސްޕްރެޑިންގް ފޯލްސް ނިއުސް... ޖަޒީރާ ރާއްޖެ ވެރީ އޯގާތެރި. ވެރީ ދިރިއުޅުން ބަލާވެރިކަންބޮޑު ބިކޯޒް އޮފް ޓޫ މަޗް އޯގާތެރިކަން
މި ދިވެހި ރާ އްޖޭގެ ނޫނީ ފުލުހުން ނޫޅެނީބާ؟..ނޫސް ވެރިންނަކީ ވަރަށް ގިނަ މަ އުލޫމާތު އެގެންޖެހޭ ބަ އެ އް. ދުނިޔޭގެ އެންމެ ކުރި އަރާފަވާ ގަ އުމުތަކުންވެސް އަމުރަށް ނުކިޔަމަންތެރިކަން ދަ އްކާ ގަވާ އިދާއި ގާނޫނަށް ތަބާނުވެ ގަދަކަން ދަ އްކަންޏާ އެމީހަކު ފުލުހުންގެ ބާރުގެ ދަށަށް ގެންދެވޭނީ ބާރުގެ ބޭނުންކޮށްގެން...ލޯބިން ބުނީމަ ނޭރީ ކީ އްވެގެން..ފު އްޕާ މީހަކު ކިތައްމެ ލޯބިން ރީއްޗަށް ބުންޏަސް ނާރާނެ...ދެން އެމީހަކު ނޭރީމަ ފުލުހުން ދާންވީދޯ..ޒިންމާދާރު ނޫސްވެރިކަން ކަމެ އް ކުރެވޭތޯ ބެލުން ރަގަޅު...ތި ލިޔަނީ އެ އެް ފަޅިން..
ކީއްކުރަން ގަވައިދާ ހޮލާފަ ދުއްވީ މީހެއްގައިގަ ޖެހި ކުށެއްނެއް މީހަކައް އަނިޔާބުމައް ތުރެ ތިގޮތަވެސް ރަނގަޅުކަންނޭނގެ ދެއްތޯ ދޫކުރާނެކަމެއްނެއް ހަމަހަެްޔަރުކުރަންވީ ނޫނޯދެން ކުރާކުއް މާނޮޑުވެސްބެދާނެ
ތިޔަވާނީ އިންޑިޔާސިފައިން ތަކެއްކަމަށް އަވަހަށް ބަލާ ސާފުކުރަން ފެނެއި
ކޮބާހޭ ވީޑި އޯ
ރައްޔިތުންގެ ނޯކަރުން އެމީހުންގައިގާ ތަޅަނީތަ... މިއީތޯ ރ.ސޯލިހުގެ ޑިމޮކްރެސީއަކީ.... ދިވެހިންގެ ގާގައި ތަޅަން ނުވިސްނާ... ތަޅައިގެން މީހުން ރަގަޅު ނުކުރެވޭނެ.... އަދިވެސް ރައްޔިތުން މިޖެހެނީ ހުރިހާ ޚިދުމަތަކަށް ސަލާމް ޖަހަން.....
ތިކަހަލަ މައްސަލަތީ ބެލޭނެ ކަންތައްކަކެއްނޫން. އެމީހުން ބަލަންތިބީމަ. ތީމާ މަތީގަ ތިބޭބައެއް. ޤާނޫނަކަށް އަރާހަމަނުކުރެވޭނެ. އެހެންނޫނަސް ރައްޔިތުމީހާ އަށް އަބަދުގޯސްހެދޭނީ. މީޑިޔާއަށް އަރާ ގޮވާނަގާނެ އެމީހާ އަމުރަށް ކިޔަމަންތެރި ނުވީމަ ކުޑަކޮށް ބާރުގެބޭނުން ކުރަނިކޮށް އަނިޔާވީއޭ. މާޕުރެޝަރު ބޮޑުވެގެން ދެންއަނެއްކާ މާދަން ތިފުލުހުން ވަޒީފާއިން ވަކި ކުރިއަސް ، އަހަރެއްވަރު ކަޮށްލާފަ ކޯޓުތަކުން ނިންމާނެ އެމީހުން ވަޒީފާއިން ވަކިކުރީ ގޯސްކޮށްކަމަށް ދެން ނުލިބިހުރި މުސާރަޔާ އަދި އިތުރު މަޤާމްގެ ކުރިއެރުމަކާ އެކު ވަޒީފާ ހަމަޖެހިގެންދާނެ. މިހާރުވެސް ފެއްނަން އެބަހުރި ދެއްތޯ.
ތަޅާ އަނިޔާ ކުރަން ކެރެނީ އެއްމެ އާދައިގެ ނިކަމެތި މީހާގަައިގަ ދޯ...
ފުލުހުން ކަންތައް އެކުރީ ރަގަޅައް. ޕާޓޭން ނާއި ގުންޑާއިން ރަށުތެރޭ ފުއްޕާފަ ހަމައެއް ލަމައެއް ނެތި ވެހިކަލް ދުއްވަނީ އެހެން މީހުންގެ ފުރާނައައް ބެލުމެއްނެތި، މީހުނައް ބިރުދައްކާ، މާރާމާރީ ހިންގާ، ވައްކަންކޮއް، ފަތް ބޮނީ އެންމެން ކުރިމަތީ ރޯމާދުވާލު. މި އިބިލީސްތައް މައިތިރި ކުރެވޭނީ މައުމޫނުގެ ދައުރުގަ ކަންތައް ކުރިހެން، ވަރައް ރަގަޅައް ތަޅާލައިގެން.
މިހެންވެ އިމްރާނު އަށް އެމްޑީޕީގެ ރުހުން ލިބެނީ
ދެން މަރާފަ ވެސް އެއީ ގުދުރަތީ މަރެކޭ ކިޔައްޗޭ
ބަރާބަރު ކަމެއް.
ޕާޓޭމެންގެ އުނދަގޫ ބޮޑު އަދި އެމީހުން ފުލުހުންނަށް ކިޔަމަން ނުވޭ.
އިންޑިޔާއިންބއަތްގަދަކޮއްފައިވާ އައްޑޫގައި ދެން ހިނގާނީ ކަޝްމީރުގައި ހިނގާފަދަ ކަންކަން. އަދި ކުރިއަށް އޮތްތަނުގައި މާ ފޯރި ގަދަވާނެ
ޢައްޑޫ ދުވަހަކުވެސް ރަނގަޅެއް ނުވާނެ
ލައިސަންސް ނެތި ސައިކަލްދުއްވާގެންނުވާނެ. ފުލުހުން އެކަންތައްކުރީ ރަނގަޅަށް.
މިސަރުކާރުގަ އެއްވެސް މީހަކު ގަދަކަމުން އަރުވައިގެން ނުވާނެ ފައިދަށައް ވެއްޓި ފައިގަ ދޫލާފަ ރޯންޖެހޭނީ އަރަންދެން އެވަރުންވެސް ނޭރިއްޔާ ރައްޔަތުންގެ މަޖިލީހުގަ ތިބޭނެ ވަރައްބާރުގަދަ މެންބަރުން އެމީހުންއަންނާނެ
ލައިސެންސް ނެތިއްޔާ ސައިކަލް ހުއްޓުވާފަ ޖުރުމަނާ ކުރަނީ ޖިޕައްލާކަށް ނުޖެހޭ...ކޮންމެ ވާހަކައެއް ދެއްކިއަސް
އައްޑޫ ގައި ފުލުހުން އުޅެންޖެހޭނީ އިންޑިޔާ ފުލުހުން އުޅޭގޮތަށް ލަޓިބުރި ހިފައިގެން ، އައްޑޫ އަކީ ހުރިހާ ޖަރީމާ އަކުން ހައްދުފަހަނަޅާ ގޮސްފައިވާ ތަނެއް
އިންޑިއާ މީހުން ކައިރިން ދަސްކުރީ.
ފުލުހުން ކަންތައް އެކުރީ ރަނގަޅަށް. ހިތުން މޮޅު ޙަބަރެއް ތި ލިޔެލީ ބަލަ މަވެސް ތި ވީޑިއޯ ބެލިން ފުލުހުން ތެޅިތަނެއް ނުފެނޭ އެކަމަކު އެ ޕާޓޭ ފުލުހުންނަށް ކުއްތާއަށް ގޮވަމުން ގަދަ ހަދާ ފުއްޕާ ތަން ފެނުނީ. މާދަމާ ޕާޓޭ ގޮސް ކަލޭގެ ދަރިއެއް ނޫނީ މުސްކުޅި މައިންބަފައިން ބޮލަށް ސައިކަލު އަރުވާލީމަ އޭރަށްވެސް ގޯސްވާނީ ފުލުހުން. ހަބަރު ލިޔަންވެސް މިހާރު އުޅެނީ ބިޑިބޯ ކުދިން ދެން ތިބެގެން ލިޔާނީ އަވަގުރާނަ
ވެނުމަސް ތިކާންދެނި ވެނަށް ވަރަށް ސަޅި