23:40

ޗައިނާގެ ސިނޮފާމް އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އާއްމުކޮށް މީހުން ބޭނުން ކުރުމުގެ ލައިސަންސް ހޯދަން ޗައިނާގެ ރަސްމީ އިދާރާއަށް ލިޔުންތައް ހުށަހަޅައިފި ކަމަށް ޗައިނާގެ "ޒިންހުއާ" ނޫސް އެޖެންސީ އިން ބުނެފި.

22:34

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ފައްޅިތަކާއި މިސްކިތްތަކުގައި އަޅުކަންކުރަން ހުރަސް ނޭޅޭނެކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފި.

22:06

ރާއްޖެ އިން އިތުރު 35 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:23

ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ ޑޭކެއަރ ސެންޓަރުތައް ‏ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން ހިންގުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެ.

18:58

ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫގައި އުޅޭ ބަލި މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްއިން ފަށައިފި.

18:03

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 858 މީހަކު މަރުވެއްޖެ.

16:42

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދިއުމުގެ ސަބަބުން މާލެ ސަރަހައްދުގައި ކާފިއުއާއެކު ގެނައި ފުރަބަންދުގެ ތެރޭގައި ކުށް މަދުވެގެން ދިޔަ ކަމަށާއި އެކަމަކު ފަހުން ފަހުން ފުރަބަންދަށް ލުއި ދެމުންދާ ވަރަކަށް ކުށް ކުރުން ގިނަވަމުންދާ ކަމަށް ފުލުހުން ވިދާޅުވެެއްޖެ.

15:55

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިވަޑައިގެން އާލާސްކަންފުޅުގައި އުޅުއްވަމުން ގެންދެވި ސޫދާންގެ ކުރީގެެ ބޮޑުވަޒީރު ސާދިގް އަލް މަހްދީ އަވަހާރަވެެއްޖެ.

15:19

ރަޝިއާއިން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަަށް ފައްސިވެ، މި ބަލީގައި އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ.

13:28

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ބަންދުކުރުމަށް ފަހު ޑޭކެއަރ ސެންޓަރުތައް ނުހުޅުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި.

11:09

ކޮވިޑް-19 ޖެހިގެން އިއްޔެ ވެސް ދުނިޔެ އިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.


ކޮވިޑް-19 އަށް ވެކްސިނެއް ލިބުމުގެ އުއްމީދު ވަރަށް މަތީގައި ހުރިނަމަވެސް މިހާރު ހޭދަކުރަމުން މިދަނީ ކޮވިޑް-19 ގައި ދުނިޔެ ހޭދަކުރަމުން ގެންދާ "އެންމެ ބިރުވެރި، އެންމެ ނާމާން ވަގުތުތައް" ކަމަށް ބުނެވިދާނެއެވެ. ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މައްޗަށް ގޮސް، މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

މިއަދު މިހައިތަނަށް ހަތަރު ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، އަށްހާހަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އިއްޔެ އަކީ ވެސް ރެކޯޑް އަދަދަކަށް ކޮވިޑް-19 ޖެހިގެން މީހުން މަރުވި ދުވަހެވެ. އިއްޔެ އެގާރަހާސް މީހުން ދުނިޔޭގެ އެކި ސަރަހައްދުތަކުން މަރުވިއެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު މިއަދު ވެސް ރާއްޖެ އިން 44 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖޭގައި މިހާރު ތިބި ކޮވިޑް-19 ބަލި މީހުންގެ އަދަދު ވަނީ 1120 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު