މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއަށް ސަރުކާރަށް ތާއީދު ކުރައްވާ ތިއްބެވީ ތައްޔާރަށް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާގެ ޖަލްސާއަށް ޕީޕީއެމް އަދި އެމްޑީއޭގެ މެންބަރުން ތިއްބެވީ ތައްޔާރަށް ކަމަށެވެ. އަދި "ހާއިނުންގެ ކިބައިން ދިވެހި ގައުމު ދިފާއު ކުރުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ" ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މާދަމާ ހެނދުނު 09:00 ގައި ދައުރުން ބެރުގައި ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ.

އަދި ޖަލްސާގެ އެޖެންޑާ ފަހުން އާންމު ކުރައްވާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ހާއްސަ ޖަލްސާއެއް ބާއްވާއިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނެރުއްވި ޤަރާރު މަޖިލީހަށް ދީފައިވާ މުހުލަތު މާދަމާ އަށް ހަމަ ވާނެއެވެ. ނަމަވެސް އެޤަރާރު ފާސްކުރި ނަމަވެސް ޤަރާރު މިހާރު އޮތް ގޮތުން 20 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އުވޭނެއެވެ.

މާދަމާ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިބާއްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށުން ފަސްކޮށްފައި އޮތުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނެތީމޭ

    ކޮބާތޭ މަމެން ޕިންކީން ނަށް މަޖްލީހުގެ މެޖޯރިޓީ ގެއްލިފައި އެކަމެއް ނުވާނެއޭ މާދަމާ ދައްކާލާނަމޭ އެމްޑީޕީގެ މެމްބަރުން ގެ ތެރެއިން ގިނަ އަދަދެއްގެ އެމްޕީން މަމެން ޕިންކީން ކޮޅަށް ވޯޓް ދެނިކޮށް އެއިރުން ހުންނާނީ ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ.

  2. އާއާއާއާ

    ސަރުކާރު ކޯލިޝަން މެމްބަރުން ތިއްބެވީ ބަދަހިކޮށް، އެއްބާރުލުން ލިބޭނެ ކަމަށް ނިހާން ވިދާޅުވާނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން އުއްމީދު ކުރަމޭ އެމްޑީޕީ ތެރޭން 15 މެމްބަރުންނާއި އަދި ޕީޕީއެމް އަށް ހަރާމްކޯރު ވެފައި ދަ ނަހަލާލު ޕެޓިޝަން ގައި ސޮއި ކޮށް ފައި ދިޔަ 12 މެމްބަރުން ވެސް އަނބުރާ އައިސް ޕީޕީއެމް އާއި ގުޅިގެން ލާރޖް ކޮށް ޕީޕީއެމް އަށް ވޯޓްދީގެން ކުއްލި ނުރައްކަލުގެ ހާލަޔު އަދި 120 ދުވަހަށް އެކްސްޓެންޑް ކޮށް ދޭނެ ކަމަށް. އެއިރުން ނޭ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަަދަލު ކުރެވޭނީ. އައި އޭމް ޖަސްޓް ކިއުރިއަސް ބައި ޔުއަރ އޮނެސްޓް. އާއާ ކޭންޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާއާއާ އާއާއާއާ އާއާއާއާ...

  3. އެވްރީ

    ސަރުކާރު ކޯލިޝަން މެމްބަރުން ތިއްބެވީ ބަދަހިކޮށް، އެއްބާރުލުން ލިބޭނެ ކަމަށް ނިހާނު ބުނާ ބުނުން އެކަނި ކަމަކު ނުދާނެއޭ މަޖްލީހުގެ ފްލޯރ ގައި ޖަލްސާ އަށް ހުރަސް އަޅާ ހުރިހާ މެމްބަރުންގެ ނަންތައް އިއްވާ ވަގުތުން ޖަލްސާ ކުރާ މާލަމުން ވެސް ނެެރެ އަދި މަޖްލީސް ކުރާގޭގެ ގޯތިން ވެސް އެމެން ނެރޭ ގޮތަށް ކަންކަން ކުރަން ހުންނަން ޖެހޭނީ ރޭވި އެކަން ކަން ކޮންފާރމް ކުރެވިފައޭ. އެވްރީ ސްޓެޕް ދޭ ޓޭލް އެވްރީ މޫވް ދޭ މޭކް އެވްރީ ވޯރޑް ދޭ ސޭ ވީ ވިލްބީ ވޮޗިންގް ދެމް ވޮޗިންގް ދެމް އޯއް ކާންޓް ޔޫ ސީ. އޯއް އޯއް އެއޮތް ތެދުވީ ނިޒާމީ ނުކުތާ އެއް ވެސް ނުނަގާ އަދި ރިޔާސަތާއި ދިމާލަށޭ އެމެން އެއަންނަނީ ހަމަ މިހާރު މަޖްލީސް ކުރާ ގޭތެރެ ގޯތިން ބޭރު ކުރޭ ބޭރު ކުރޭ ބޭބީ ބޭބީ މަމެން މީ ހާކިމާން ނޭ އެއްގޮތެސް ނެހެދޭނެއޭ އޯއް ކާންޓް ޔޫ ސީ މީ މަމެންގެ ވެރިކަން ޑާންސް ޑާންސް ޑާންސް ޑާންސް..