ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ޔުނިވާސަލްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެއެވެ.

ޑރ.އިބްރާހިމް އުމަރު މަނިކަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ކޮއްކޯފުޅެވެ.

ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސިންގަޕޫރުގައެވެ.

ޑރ.އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސެންޓްރަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާފައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ. ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވިއިރު ދުނިޔޭގައި އަނބިކަނބަލަކާއި ދެ ބޭފުޅުން އެބަތިއްބެވިއެވެ.

ޔުނިވާސަލް އަކީ މީގެ 46 އަހަރު ކުރިން އުފެއްދި ކުންފުންޏެކެވެ. އެކުންފުނިން ރާއްޖޭގައި 8 ރިސޯޓް ހިންގަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފައި

    މަރުހޫމްގެ ފާފަފުއްސަވައި ޖައްނަތުގެ ހެޔޮދަރުމަ އާއި ސަވާބު މިންވަރު ކުރައްވާށި . އާމީން .

    42
    1
  2. ކުނބު

    ހެޔޮރަހްމަތްލައްވާށި އާމިން

    38
    1
  3. ޙަސަން

    މަރްޙޫމަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. މުއްސަންޖަކަށް ފަޤީރަކަސް މަރުގެ ސަކަރާތުގައި ހަމަހަމައެވެ. ރާއްޖޭގައި ތިބި ބޮޑެތި މަހުޖަނުން ނިކަމެތި ފަޤީރުންނަށް އެހީތެރިވުން ވަރަށް ކުޑަކަމުގައި ދަންނަވަންޖެހޭތީ ދެރަވެސް ވަމެވެ.

    1
    1
  4. ތުނބުޅި

    ކެހިވެރިކަމުގެ ވަޤުތީ އުފަލެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.