ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ތިން މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މަތި ދެކުނު ޕްރޮވިންސްގައި ހިމެނޭ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ތިބެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން މީޙުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެެނެނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކާއި، 49 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 53 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ގޯނާ، ރޭޕްގެ މައްސަލަތައް ސިއްރު ނުކޮށް ވީހާވެސް އަވަހަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުުރުމަށް އެ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.
އެހެންނޫން ނަމަ ކުދިން އިތުރު ނުރައްކަލަށް ހުށަހެޅުމާއި އިތުރު ބަޔަކު އެފަދަ ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނަކަން ކަމާބެހޭ ފަރާތްތަކުން ހިންގާ ހޭލުންތެރިކަމުގެ އެކި ޕްރޮގްރާމްތަކާއި ހަރަކާތްތަކުގައި ފާހަގަކުރައްވައެވެ.
ޖެންޑަ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތައް އަދިވެސް އެކަށީގެންވާ ގޮތެއްގައި މަދު ނުވާކަން ފާހަގަކުރެވެއެވެ.
އެގޮތުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 36 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް ޖެންޑަ މިނިސްޓްރީން ވިދާޅުވެއެވެ.
އިންޑިއާ އަށް ވުރެ ، މި އިސްލާމީޤައުމުގެ ހާލަތު ދަނީ ދަށައް ! ހުރިހިތާމައެއްގެ ބޮޑުކަމާއެވެ!
ހިތާމަވެރި
ތަންކޮޅެއް ކުރިން ނޫހިންކީން ފުޅުހަކުވެސް އަދި އެމްއެންޑީ އެފް މީހަކުވެސް ކުޑަކުއއކަކާއި ގުޅުން ހިންގައި މައްސަލަ އެއް ބަލަމުންދާ ވާހަކަ އެކަން ބަލާ ނިމުނީތޯ ..މީވަެައް ދެރަކަމެއް..ހެޑންފެންނަނީ. ދެން ނޭނހެވާގޮތެއް ދެއްތޯ