ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުއާޢު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީފައި ކަމަށް ބުނެ އޭނާގެ މައްސަލަ ބަލަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ގޮވާލައިފިއެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ)ގެ (11) ވަނަ ނަމްބަރުގައި ބުނެފައި އޮންނަނީ ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާގުޅޭގޮތުން، ނުވަތަ އޭނާ މަސައްކަތްކުރަމުންދާ ކޯޓަކާގުޅޭގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށްޓަކައި، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ރައްދުދީގެން ނުވާނެ ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ޖަމިއްޔާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޢަލީ ރަޝީދު ޙުސައިން ޢުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަންޖެހޭނީ ޖަލުގައިކަމަށް ބުނެ، ޝުޖާޢު ވާހަކަ ދައްކާފައިވާ ކަމަށާއި ޝުޖާޢު ބުނެފައިވާ އެ ވަހާކަތަކަކީ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

ޝުޖާޢު އެގޮތައް ވާހަކަދެއްކުމުން ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެ ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. "އިންޒާރުދީ ދައްކާފައިވާ އެވާހަކަތަކާ މެދު ކަމާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ގޮވާލަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރިއިރު އެކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަނޑިޔާރެވެ. އަދި ޔާމީނަށް ޙުކުމްކުރި ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވީ ވެސް އޭނާއެވެ. އެހެންވެ ދޭތެރެދޭތެރެއިން ޔާމީންގެ ސަޕޯޓަރުން ފަނޑިޔާރު އަލީ ރަޝީދަށް ފާޑުކިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޣި

    ފަނޑިޔާރަކު އުމުރަށް ޖަލަށްލާން ހުކުމް ކުރާނީވެސް ފަނޑިޔާރެއް.
    އަލީ ރަޝީދުގެ މައްޗަށް ގާނޫނު ނުހިނގާނެކަމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ދެކޭތީވެ އެއެންމެންގެ މައްޗަށް ތަހުޤީގު ހިންގައި ދައުވާކުރަންޖެހޭ.

    53
    4
  2. ސޭކްސްތާން

    ފަނޑިޔާރުންގެ ޖަމިއްޔާ ކުއްލިއަކަށް ހާދަ އެކްޓިވޭޓް ވެއްޖެއޭދޯ. ވަރަށް ސަލާމް

    50
  3. މުފައްކިރު.

    ފިޔަވަޅު އެޅިއަސް ނޭޅިއަސް މިގައުމު ދުށް އެންމެ ހިތި ހަދާން ތަކަކީ ރައީސް ޔާމީން ޖަލަށްލުން. އެއީ ތިބުނާ ޢަލީ ރަޝީދު ކުރި ޙުކުމާ ގުޅިގެން. އެޙުކުމުގެ އިންސާފެއްނެތް ނަމަ އެދެނީ ދެދުނިޔޭގައިވެސް ހިތްދަތިކަން.

    29
  4. ސިޔާސީ

    ސިޔާސީ ވާހަކައަކީ ކޮބައިބާ! މީހަކު މަރަން ރަހީނު ކުރަން އިންޒާރު ސިޔާސީ ޓެގް އަޅައިގެން ހުންނަ މީހަކު ބުނެފިނަމަ އެއީ ސިޔާސީ ވާހަކަ ބާ!

    17
    3
  5. ޢަފްލާ

    ފަނޑިޔާރުންގެ ބައިސްކޯފް ކިއްޔާ މާ ތާހިރު

  6. ކާކުއައްޔަ

    މިހާރު ފަނޑިިިޔާރުންވެސް މޭކަރަންފެށީތަ؟ އަދި 3 އަހަރު ފުއްޕަން މަޑުކޮށްލާ