ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޅ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި ޅ. މާފިލާފުށްޓަށް ވަޑައިގެން އެ ރަށުގައި ބާއްވާ އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލު ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާނެއެވެ. އަދި ސިފައިންގެ ކޮންފޯސިޓް ޓްރެއިނިން ސެންތަރާއި މާފިލާފުށީގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސްގެ މިދަތުރުފުޅުގައި ޅ. ފެލިވަރަށް ޒިޔާރަތް ކުރައްވައި އެ ރަށުގައި މިފްކޯ އިން ހިންގާ މަސް ބަންދުކުރާ ކާރުހާނާ ވެސް ބައްލަވާލައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި އެ ރަށުގައި ހަދާ އާ ކޯލްޑް ސްޓޯރޭޖް ބިނާ ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ބައްލަވައިލެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ފެލިވަރުގައި ބައެއް މަސްވެރިންނާ ވެސް ރައީސް ބައްދަލު ކުރައްވާނެ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުނު ފަހުން، ރައީސް ރަށަކަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މިދިޔަ ހަފްތާގައި އެމަނިކުފާނު ވަނީ ހއ. ހޯރަފުއްޓަށް ވަޑައިގެން، އެ ރަށުގައި މި ސަރުކާރުން އެޅި ފުރަތަމަ އެއާޕޯޓު ހުޅުއްވައި ދެއްވައިފައެވެ.ރައރަ

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޯޖަލީލު

    ކެންޕެއިން ޔާ ހަބޭސް

    8
    5
  2. ކޮވިޑް

    " ފެލިވަރުގައި ބައެއް މަސްވެރިންނާ " މާނަޔަކީ ސަނާކިޔާ އެމް.ޑީ.ޕީ ކުދިންކޮޅާ ބައްދަލް ކުރާ ވާހަކަތޯ ؟ މަސްވެރިންގެ އަޑު އަހަން ކެއްކުރެވޭނެބާ؟ ނޫނީ އަޑޫ އަހާފަ ރޯން ފަށާނީ ބާ ؟ މިއޮތީ ވާ ރައީސް އެއް......

  3. Anonymous

    ކޮއްމެ ހަބަރެއްގެ ކުރިއައް ކޮވިޑް ބަލިހާލަތާގުޅޭ މައުލޫމާތުކޮޅެއް ގެނެސްދީފަ ސިޔާސީ ހަރަކާތާ ބެހޭ ހަބަރުގެނެސް ދޭނަމަ ވަރަރައްގަޅު ގިނަމީހުން މިކިޔަނީ ސިޔާސީވެރިން އުޅޭގޮތާ އަމަލްތައް ކޮވިޑްގެ ހާލަތުގަވެސް ވަކިފިކުރަކައް ޖަމާއަތަކައް އަބަދުވެސް ދަތުރުއެބަކުރެވޭ މާރުކޭޓްގޮޅި ތަކުގަ ޒުވާނުންތިބީ ހާލުގަ ދެވޭނެ ދާނެ ތަނެއްނެތި އެކިފަންޑު ތައް ހުސްކުރަނީ ސިޔާސީބޭނުންތަކައް މިފަދަހާލުގަ ތިބޭ ޒުވާނުން ވަޒީފާ އަދާކޮއް އެއިންޖަމާކުރި ޕެންޝަން ލާރިކޮޅުވެސް ވީތަނެއްނޭގެ ސޭފުތަކުގަހުރީ ކިއްލިއާ ދޮންކެޔޮ މިސްރުބޯކިބާ.

  4. ސަރުކާރު

    ސަރުކާރުގެ އިސްވެރިންނަކީ ކޮވިޑް ޕްރޫފް ބައެއްތޯ.. އެމީހުން ބޭނުން ވަޤުތަކު ރަށްރަށަށް އަރާ ފޭބުން އޯކޭ.. އަހަރުމެން އާންމު ނިކަމެތި މީހާ 14 ދުވަސް ކަރަންޓީން ވާންޖެހޭ..

  5. އަލީ

    ކޮވިޑް ފްރީ ގުރޫޕް.