ސިފައިން ގައުމަށްކޮށްދޭ ހިދުމަތަކީ، ރަންރިއްސާއި ޖަވާހިރާއި ފައިސާ އާއި މުދަލުން އަގު ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި ސިފައިންގެ މުއައްސަސާއަކީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު 128 އަހަރު ވަންދެން އޮތް މުއައްސާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ގޮތުން މިއަދު ހެނދުނު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ގައުމުގެ ނަން ކިލަނބުކޮށްލުމަށް ގަދަރުވެރިން ރޭވި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލީ ސިފައިން އުފެއްދި ގައުމީ ބަތޮލުން ކަމަށެވެ. އެހެންވެ ސިފައިންނަކީ ފަހުރުވެރި ދިވެހި އަސްކަރިއްޔާގެ ޝަރަފާއި އިއްޒަތް ދަމަހައްޓާނެ ސިފައިން ކަމާ މެދުގައި ޝައްކު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ހިދުމަތުގައި، ދީނާއި ގައުމަށްޓަކައި ގުރުބާންވެގެންދާ މުޖާހިދުންގެ ހިދުމަތަކީ، މި ދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ހިދުމަތެއް ކަމަށެވެ. އެފަދަ ގައުމީ ބަތަލުންގެ ޒިކުރާ އާކުރެވޭ ކޮންމެ ފަހަރަކުވެސް، ހިތްތަކަށް ލިބޭ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަކީ، މިރާއްޖޭގެ ދިފާއުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވާން ތައްޔާރަށް އޮތް، ގާބިލް އަސްކަރީ ފައުޖެއް އޮތުމުގެ ހިތްހަމަޖެހުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ތިޔަ ސިފައިންނަކީ އަސްކަރީ އަހުލާގަށާއި އަސްކަރީ ހުނަރަށް ވަރަށް ރަނގަޅަށް އަހުލުވެރިވެފައިވާ ބައެއް. ދިވެހި އަސްކަރިއްޔާގެ މަދަނީ އަދި އަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ފަސް ނުޖެހޭ ހިތްވަރު ގަދަ ހުޝިޔާރު ބައެއް. ހަމައެފަދަ އިން ޖެހިލުން ކުޑަ އަޒުމް ވަރުގަދަ ބައެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ ކަމަށާއި، އެއީ މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ އަގީދާ އާއި، ގާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއް ކަމަށެވެ.

ސިފައިން ފުރިހަމަކުރި ތަމްރީނުތަކަކީ، މި ދެންނެވި ވަރުގަދަ ބިންގަލުގެ މަތީގައި ސާބިތުވެ ތިބެ، ރާއްޖެ ދިފާއުކުރުމަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ގާބިލްކަމާއި ހުނަރުވެރިކަމާއި ސިފަވަންތަ ސިފަތައް ހާސިލްކުރުމުގެ ތަމްރީނުތައް ކަމަށާއި، އޭގެ ތެރެއިން ވެސް އެންމެ މުހިންމު ދެ ސިފަޔަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިފައިންގެ ހިދުމަތަކީ ވަރަށް މަތީ އަހުލާގީ މިންގަނޑުތަކެއްގެ މަތީގައި މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާކުރެވޭނެ ހިދުމަތެއްގެ ގޮތުގައި ސިފަ ކުރައްވައި ރައީސް ވިދާޅުވީ އެ ތަމްރީނުތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު، އެ ތަނުން ކޮންމެ މީހެއްގެ އާންމު ދިރިއުޅުމުގައި ވެސް ފެންނަންޖެހޭނެ ކަމަށާއި، ތަމްރީނު މަރުޙަލާގައި ބެހެއްޓި ފަރުވާތެރިކަމާއި ވަގުތަށް ކަމޭހިތުމުގެ ސިފަ، ޚިދުމަތުގެ އަމަލީ މައިދާނުގައި ސާބިތުކޮށްދޭންޖެހޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި އިސްލާމީ އަގީދާގައި އަމަލާއި ބަހުން ސާބިތުވެ ހުރުމުގެ ސިފައާއި، ކޮންމެ ހާލަތެއްގައި ވެސް ގައުމީ ހިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ގައުމު އިސްކުރުމުގެ ސިފައާއި، އޭރެއްގައި ރައްޔިތުން ގާއިމުކޮށްފައި އޮންނަ ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ސިފަ ހަރުލާފައި ހުންނަން ޖެހޭނެއެވެ.

ރައީސް ވިދާޅުވި ގޮތުގައި ސިފައިންނަކީ އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް މުޅި އަސްކަރިއްޔާގެ މަސްލަހަތަށް އިސްކަން ދޭން ޖެހޭނެ ބައެކެވެ.

"އަސްކަރިއްޔާއެއް އޮތުމުގެ ބޭނުމަކީ ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ދުރުވެ ސުލްހަ ގާއިމު ކުރުމާއި އަމާންކަން ދެމެހެއްޓުން. އަސްކަރީ ގާބިލްކަން އިތުރު ކުރަން ޖެހެނީ ސުލްހަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށް. މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ އަމަލުތައް،" ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ސުލްހަ އަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސިފައިން ހާސިލްކުރި އިލްމާއި ހޯދި ތަމްރީނަކީ، ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ސުލްހަވެރި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރާނެ ޢިލްމާއި ތަމްރީންތަކެއްކަން ޔަގީން ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަލްޖިބްރާ

    އެމީހުން މިރާއްޖޭގަ ބަޣާވާތް ކުރީވެސް އެމީހުންގެ އަގުވަޒަން ނުކުރީމަ ތޯއްޗެއް !

    5
    16
  2. އިބުރާހީމް

    ހާދަ ފަހުަކުން ކަލޭމެނަން ތިކަން ތި ވަހުމުވީ އެހެއްވެތަ ކަލޭމެއްގެ ރޫހާނީ ލީޑަރ އެގޮވަނީ ތަޅާކުދިން ހޯދަން

    36
  3. ޢަފްލާ

    ދެބަންދިހަ ރަޢީސް 2ވަނަ

    30
  4. ހެހެހެ

    ތިޔަ ޚިދުމަތްތެރިން އަގެއްނެތްގޮތުގައި ބޭރުކުރީވެސް ތިޔަ ކަމަނާ އާއި މަނިއްޕުޅު

  5. ފަލި

    ރައީސް ވިދާޅުވީ ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ ކަމަށާއި، އެއީ މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ އަގީދާ އާއި، ގާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއް ކަމަށެވެ
    ތިޔަ މަނިއްޕުޅުގެ ވާޖިބު ކޮބާ؟

  6. ހުސޭނުބޭ

    އިބުރާހިމާ! ކަލެޔަށް އޮޅެގެން ބުނެވުނު އެއްޗެއްތަ؟ ނަޞްރުގެ ދުވަހު ތިވާހަކަ ނުދައްކަންވެގެން ކަލޭ ފިލާ އޮތީ ކީއްވެ!

  7. ހާދީބެ

    ސްކޫލް ޗުއްޓީދުވަސްތަކާ ދިމާ ކޮށް ރަތްޔެތުންނަށް ޖައްސާފައި އޮތް 14 ދުވަހުގެ މުސީބާތަށް ލުއިދެއްވިއްޔާ ރައީސް ދައްކަވާ ވާހަކަފުޅު ވަރަށްއިހްތިރާމާއެކު އަޑުއަހާނަމެވެ. ރަށުމީހާ ރަށަށްގޮސް މިޖިހެނީ 14 ދުވަހު ކަރަންޓީނުގައި ކުޑަގޮޅީގަމަޑުކުރަން ބަންގާޅިމީހާ ރަށުތެރޭގަ ޑާންސްކުރިޔަސް އޯކޭ

  8. ާއަފްލާ

    މިރައީސުގެ ދެ އަނހަ ހުރޭ ދޯ

  9. ވަހީދުބެ

    އަގުވަޒަންކުރަން ޖެހޭ ޚިދުމަތެއް ކުރާބަޔަކަށް މިވީ ރާއްޖޭގެ ތަންތަން އިންޑިއާ ސިފައިންނަށް ދީގެން އުޅޭވާހަކަ ނުދައްކާތީތަ؟ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭގޮތަށް ހަދާފައިވާ އެއްބަ ސްވުންތައް ސިއްރުކޮށްގެން ތިބޭތީތަ؟ ވަގުތުޖެހުމުން ކުރެވޭނެ އެއްކަމެއްވެ ސް ނޯންނާނެ. ހުރިހާކަމެއް ބޭޒާރުވާނެ.

  10. ޙހހހ

    އެކަމެއް ނޭނގެ ތަނެއްގައި ކުނިކެހުން އޮތަސް ސިފައިން އެލާޓްކޮށްފަ އެތަން ކުނިކަހަން ، ބިޑްކޮށްގެން ބަޔަކަށް މަސައްކަތެއް ދިނަސް ސިފައިން އެއްބާގައި ނުހިފައި ކަމެއްނެތް. މީތޯ ރަންރިހިއަކީ

  11. ބޯގޯސް

    މިމީހުނާ ޖެހުނީމަ ރަނާ ރިއް ސާ ޖަވާހިރާ އަލިމަހައް ބަދަލުވެފަ މިއޮތީ ލޮލް

  12. ބުއްޅަބޭ

    ރިޝްވަތުންް އަގުކުރެވޭނީ....ނުވަތަ ކީރިތި ކުރެއްވުމުން!

  13. ގެރިމޯދީ

    އެހެންވެދޯ ނޮވެންބަރު 3 ގަފިލާއޮތީ ކުލަގަދަކޮއް އެދުވަ ސް ފާހަގަ ނުކޮއް

  14. ޣ

    އަދި ކިރިޔާތަ ކަލެއައް ތިއެގުނީ...؟..ކަލޭ ވެރިކަމާއި ހަވާލުވުމުގެ ކުރިން ގުއިން އަގުވަޒަން ކޮށްފަ ، ތަޅަންގޮވައިފަ ، މަރަންގޮވާފަ ، މިހާރު ކުއްލިޔަކަށް ކިހިނެތްބާ ތިވީ....އަހަރެމެން މިހާރުވެ ސް އަދި އޭރުވެ ސް ގޮވަނީ ސިފައިންނަކީ ގައުމުގެ އައްޑަނައޭ...އަހަރެމެން ނިކަން ރަގަޅަށް ހަދާން އެބަހުރި ސިފައިންގެ ޕެރޭޑެއްގަ ހަޔާއްކުޑަ ބަޔަކުގޮ ސް އެބޭފުޅުންގެ ދަތްދޮޅި ދޮށަށް އަތްބާނާ ހޭވި ހަޑި..އެދުވަހު ދިވެހި ދަރިއެއްގެ ހައި ސިއްޔަތުން ބަލާ އިރު ރޮވުނު..އެބައިގަޑު އެތަނަށް ފޮނުވީ ކޮންބަޔަކު އަޑީގަ ތިބެގެންބާ؟..

  15. ޓުރޫ ސްޓޯރީ

    އެބައިގަނޑަކީ ޖެހިފައޮތް ވަބާއެއް