ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްތިގުބާލަށް ދިޔަ އަންހެނުންތަކަކަށް ފުލުހުން އަނިޔާ ކުރި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް)ގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، މުޅި ދުނިޔެ ކަނބަލުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އަޑު އުފުލަމުން ދާއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެންނަނީ ބައެއް ވަޒީރުންވެސް ހިމެނޭ ގޮތަށް ފުރައްސާރަކޮށް އަނިޔާ ކުރާ މަންޒަރު ކަމަށެވެ.

އެ ޓްވީޓާއި ގުޅޭ އިތުރު މައުލޫމާތުދެއްވަމުން ޝިޔާމް ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ޝަރީއަތަށް މާލެ ގެނައި ވަގުތު އެތަނަށް ބައެއް ސަޕޯޓަރުން ދިޔަ ކަމަށާއި، އޭގެ ތެރެއިން ބައެއް އަންހެނުންނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބިފައިވާ ކަމަށެވެ.

" އެތަނަށް ޖެޓީއަށް ދިޔަ ބައެއް މީހުންނަށް ފުލުހުންގެ ފަރާތުން އަނިޔާވީ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ." ޝިޔާމް ވިދާޅުވިއެެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައި ވާއިރު އަދި ފުލުހުން މިކަމާއި މެދު ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. ޝިޔާމް ހިއްސާ ކުރި ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ މެދު އުމުރުގެ މީހަކު އެނދުމަތި ކޮށްފައިވާ މަންޒަރެވެ. އެ އަންހެންމީހާގެ އަނގަމަތިން ކޮންމެވެސް ވަރަކަށް ލޭވެސް ފެންނަން ހުއްޓެވެ.

ދެވަނަ ފޮޓޯއިން ފެންނަނީ އުމުރުން ދުވަސްވީ އަންހެނެކެވެ. އޭނާގެ ކައިރީގައި ވެސް ސިއްހީ އެހީތެރިން ހަރަކާތްތެރިވާ މަންޒަރު އެ ފޮޓޯއިންފެނެއެވެ.

އަންހެނުންނަށް ވަޒީރުން ހިމެނޭހެން ފުރައްސާރަ ކުރާކަމަށް ޝިޔާމް ވިދާޅުވެފައި ވާއިރު، މި ސަރުކާރުގެ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އަދި ރައީސް އޮފީހުގެ އިސް މަޤާމެއްގައި ހުރި ފަރާތަކަށް އެފަދަ ތުހުމަތުތަކެއް ކުރެވޭ އިރު އަދިވެސް އޭނާ ހުރީ މަޤާމުގައެވެ. އޭނާ އާއި މެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ފުރަތަމަ ގައުމު

    ވެރިކަން ނިމުމުގެ މަލަމަތި ތިފެންނަނީ

    20
    3
  2. މުއްތު

    އިސްތިގުބާލަށްދިޔައީ ޔާމީނު ހައްޖަށް ގޮސްފައިއައީމަތަ އެތަނަށް ނުދިޔަނަމަ ތިއަނިޔާ ނުވީސްކަން ޔަގީން ޝުކުރިއްޔާ ދިވެހި ފުލުހުން

    9
    30
  3. މާމީ

    ޕޮލިހުން އަނިޔާކުރި ތަން ނުފެނޭތަ އަދިވެސް ތުހުމަތު

    19
    5
  4. Anonymous

    ބުއްޅަގެ ޑިމޮކްރަސީ އެލިފަ ތިލަފަތް އޮރިދަމައި ގަތުމުން ވާގޮތް ސާފުވެއްޖެ

    21
    4
  5. ވިސްނާލުމަށް އެދެމޭ

    ނަޒާހަތު ތުހުމަތުމަތެއްކަމަށް ޝައްކުދޯ ކުރެވެނީ...ލޭ އެބަހުރި ފެންނަން މަންޒަރުހިގީ ލޯކުރިމަތީގަ..އެކަމަކު ތިބުނަނީ ޝިޔާމު ތުހުމަތޭކުރަނީ...

    18
    3
  6. ޅަބޭ

    އުއް ހޫނ. ބަލަ އިމުރާނު ބުނީ ތިހުންނަނީ ކުދިކުދި ކަންތަކޯ، ޗަކޮއޭމެން މާ ކަންތައް ބޮޑުކޮއްލަނީ ޔޯލަ.

    16
    2
  7. Anonymous

    މި ސަރުކާރުވަނީ ފެއިލްވެފައި އެކަމަށް އިތުރު ބަހުސެއްނެތް. ރައްޔިތުން އެދިގޮވަނީ ގެއަށް ވަޑައިގަންނަވަން. ރައްޔިތުންގެ ވެރިކަން ރައްޔިތުންނާއި ޙަވާލުކުރުމަށް

    19
    2
  8. ހަނި

    މި އަނިޔާ ވެރި ސަރު ކަާރު އަވަ ސް އި ސްތިއުފާ

    38
    5
  9. Thoddoo

    😢😢😢😢👮👮👮👮😛😛😛😛👮👮

    1
    17
  10. 😡

    މިވެސް އަނިޔާވެރި ސަރުކާރު އެއް.... ފުލުހުން ނަށް އަނިޔާކުރަން އަންގަނީ.... އިސްތިއުފާ... ތާއިދު ނުކުރިއަސް އަނިޔާކުރާ ކަށް ނުވާނެ.. އަނިޔާވެރި ސަރުކާރު 😠😠😠

    19
    2
  11. ދެރަކަމެއް

    ޔާމީނަށް ތާއިދު ނުކުރިއަސް އަންހެނުންނަށް ތި ވަރަށް އަނިޔާކުރާ ކަށް ހެޔޮ ނުވާނެ... ހާދަ އަނިޔާވެރި ސަރުކާރެކޭ މިވެސް.. . ވޯޓް މި ދެވުނީ މި އަނިޔާވެރިކަން ގެންނަންބާ؟ އިސްތިއުފާ.. މި މައްސަލަ ބަލަން ޖެހޭ.

    46
    3
  12. އިޒުއާން

    އެމްޑީޕީ މެމްބަރެއް ގެ ހައިސިޔަތުން މިކަން ކުއްވެރި ކުރަން... މީހަމަ އަނިޔާވެރިކަން.... އެމްޑީޕީ ކަބަލުން ހެން މި ކަބަލުން ނަށް ވެސް ނިކުތުމުގެ ހައްގު އޮވޭ... އަހަރުމެން ވޯޓް ލީ އަނިޔާވެރިކަން ދުރުކުރަން، އެކަމަކު މިއީ ކަޑަ އެޅިގެން އަނިޔާވެރިކަން.... ފުލުހުން އެއްވެސް އަންހެނަކަށް އަނިޔާކޮށްގެން ނުވާނެ.. މިކަން ކުރި ފުލުހުންނަށް އަދަބް ހައްގު...

    21
    1
  13. ޒައިޖާން

    މިއީ ވަރަށް އަނިޔާވެރި އަމަލެއް... މި މައްސަލަ ތަހުގީގު ކުރަން ޖެހޭ... އެހެރީ ކޮށްލާފަ ހުރި ވަރު... މި އަނިޔާ ދިން ފުލުހުންގެ ރަހުމްކުޑަ ކަމާ މެދު ހައިރާންވޭ!!! މި ސަރުކާރުގަ މި ވަރުގެ ކަމެއް ހިގީތީ ހިތާމަ ކުރަން...

    16
    1
  14. ބިލްބެރެެޑޭ

    ޢަންހެނުންނަށް އަނިޔާކުރާނީ ފިނޑިން
    ރިންގައް އަރަންކެރޭނެ އެކަކުވެ ސް ނެތް
    ނަމުން ޕްރޮފެޝަނަލް
    ޢަމަލުން 0
    ރި ފޯމް/ނައްތާލާ

    18
    1
  15. ގުލްގުލް

    ބެރިކޭޑް ޖަހާ ބަންދު ކޮށްފަ ހުންނަ ތަންތަނަށް ކަނބަލަކަށް ވިޔަސް ނުވަދެވޭނެ...

    3
    16
  16. ހައްޤު1

    އެމްޑީޕީ ބައެއް ނޫންވީމަ ސޯޝަލް މީޑިއާގަ ތި ނުހިނގާނެ..

    13
    2
  17. ބަކުރު

    އަންހެނުންނަށް އަނިޔާ ކުރާ ޒާލިމު ސޯލިހުވަގުތުން ވަގުތަށް ހަށްޔަރުކުރުމަށް ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގެ ކަނބަލުންނަށް ގޮވާލަން މިއީ ޢައިރުގާނޫނީ ސަރުކާރެއް އަންހެންކަނބަލުންނަށް އަނިޔާކުރާނަމަ ފިރިންވެސް ސޯލިހުހަށްޔަރުކުރުމަށް ނިކުންނަންތަށްޔާރު ހޭވަށްލާ ތަށްޔާރު.

    17
    1
  18. Anonymous

    ކަންވީގޮތް ބަލާފައި ވާހަކަ ފަތުރާ.
    އެކަބަލުން އަމިއްލަ އަށޯ ވެއްޓިގަތީ.އަދި އެއީ މާފަހުންނޯ. والله أعلم

    2
    1
  19. ޕޮލިސް އޮފިސަރސް ކަމް އޯން.. ❤️🖤✌🏻👮🏻

    އަސްލުވެސް ތެދެއް...ގައިޒް..ތެދު ބަލައިގެން ވާހަކަ ދައްކާނީ.. ޕްލީޒްޒް.. އަސްލު ފުލުހުންނަށް ލިބިފައިވާ މަޤާމަކީ،ވަރަށް މުހިންމު ދައުރެއް އޭގައިވާ އެތަށް ،ރެސްޕޯންސިބިލިޓީސްތަކެއް ވާނޭ މަޤާމެއް..ކޮންމެ ފަހަރަކު ފުލުހުންނަކަށް ވެސް ފަސޭހައެއް ނުވާނު ދޯ ހުރިހާކަމެއް ހޭންޑްލް ކުރާކަށްވެސް... އެހެން ތޮއްޖެހިފައި މީހުން އައީމާ އަސްލު ވަރަށް އުނދަގޫ ވާނު.. 🙁 ދޯ؟؟ މިހާރު ރާއްޖޭގައި ވަރަށް ކްރިމިނަލް ޖަސްޓައިސް މެންޓްސް ވެސް ވަރަށް ގިނަ.. ސޯ... އެހައި ފަސޭހައެއް ނުވާނެ އޭ އަސްލު... އެކްސްޕީރިއަންސް ކޮށްލީމަ އަސްލު އިނގޭނީ ހަވް ހާޑް ދަ ރެސްޕޯންސިބިލިޓީ ކުޑް ބީ! ޕްލީސް އަންޑަސްޓޫޑް.... ފުލުހުންނާއި އަތުގުޅައިލައިގެން ގައުމުގެ އަމާން ކަން ވެސް ލިބޭނީ...ލެޓްސް ބީ ލައިކް ސުޕަރ ސްޓަރސް... ހަދާން ކޮށްބަ ނޮވެމްބަރު 3..ކޮންބައެއްގެ ލޭ އޮހޮރުވައިގެންތޯ ގައުމަށް ނިޔާމާކަން ދިނީ؟؟ ކޮންބައެއްތޯ ގައުމަށް ނިޔާމަކަމެއް ގެނެސްދިނުމަށް ފުރާނަ ދިވެހި ގައުމަށްޓަކައި ވިންދު ޖެހީ؟ އެ އަނދިރި ކަޅު ބިރުވެރި ނޮވެމްބަރު 3 ގެ ބިރުވެރިކަން ނައްތާލާ އަލިކަމެއް ގެނެސްދިނީ ހަމަ ދިވެހި ގައުމުގެ އަމާންކަމަށްޓަކައި އާއިލާ އާއި،އެކުވެރިންނާއި،ދަރިން ދޫކޮށްފައި މި ގައުމަށްޓަކައި ،ތެދުވެ ތިބޭ ފުލުހުންނާއި،ސިފައިން ނެއް ނޫންތޯ؟......... ގައުމުގެ މިނިވަންކަން ހޯދުމަށް ފުލުހުންނާއި އަތުގުޅުވާލަމާތޯ؟؟ ނޮވެމްބަރު 3 ގައި އައި ވޮޒް ނޮޓް ދެއަރ އައި އޯލްސޯ ކޭން ފީލް ދެޓް.. 😢 އަމާން މުޖުތަމައަކަށް ހަދާގެން ދަމާ.... އެ ލަވަ ހަނދާން ކޮށް ބަލަ.. އައި އަންޑަސްޓޫޑް ހަވް ހާޑް ދޭ ބީން. 😔.. ޕޮލިސް އޮފިސަރސް ޕްލީޒްޒް ކީޕް ގޮއިން ޔުއަރ ބެސްޓް ޓު ހޯލްޑް އަޕް ދަ ސޭފްޓީނެސް ޓު އަވަރ ކަންޓްރީ.. 👮🏻❤️🖤

    1
    1