މި ސަރުކާރުގެ ވެރިކަން ކުރި ދެ އަހަރު ދުވަހުގެ ތެރޭގައި ސިފައިންނަށް ހޯދައިދެވުނު އެންމެ ބޮޑު ކާމިޔާބީއަކީ ސިޔާސީ ނުފޫޒުން ސިފައިންގެ މުއައްސަސާ ރައްކާތެރިކުރެވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 63 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމް ނިންމާލި ފަރާތްތަކަށް މަގާމުގެ ހުވައި ލައިދިނުމަށް ބޭއްވި ހާއްސަ ޖަލްސާގައި މާރިޔާ ވިދާޅުވީ، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސިފައިންނަށް ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ ސިޔާސީ ނުފޫޒުން މުއައްސަސާ ރައްކާތެރިކުރެވުން ކަމަށެވެ.

މާރިޔާ ވިދާޅުވީ މީގެ ކުރިއާ ހިލާފަށް ސިފައިންގެ ކަންކަމުގައި ސިފައިންގެ މަޝްވަރާ އާއި ހިޔާލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާރު ސިފައިން މަސައްކަތް ކުރަމުން އަންނަނީ ބައިބައިވެފައި އޮންނަ ތަނެއްގެ ބަދަލުގައި އެއް ޓީމެއްގެ ގޮތުގައި ކަމަށެެވެ. މި ދެ އަހަރުގެ ތެރޭގައި ސިފައިންގެ ތެރޭގައި އަދުލު އިންސާފު ގާއިމްކުރެވިފައިވާ ކަމަށް މާރިއާ ވިދާޅުވިއެވެ.

"މިކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ސިފައިންގެ ކޮންމެ މީހަކަށްވެސް ކުރިއެރުން ހާސިލްކުރެވޭނީ ހަމައެކަނި އޭނާގެ ހިތްވަރާއި، ފަންވަރާއި މަސައްކަތުން ނަތީޖާ ނެރެގެން" މާރިޔާ ވިދޅުވިއެވެ.

މާރިޔާ ވިދާޅުވީ ސިފައިންގެ ހިދުމަތުގައި ކުރިއެރުން ހާސިލްކުރަން ބޭނުންވާ ނަމަ ތިމާގެ ގާބިލްކަމާއި ބުރަ މަސައްކަތް އަދި ޕްރޮފެޝަނަލިޒަމް އަދި ހައްގު އެ އޮންނަ އުސޫލުގެ ތެރެއިން ސާބިތުކޮށްދީފި ނަމަ ކޮންމެ މީހަކަސް ކުރިއެެރުން ހައްގުވާނެ ކަމަށެވެ.

އަދި ސިފައިންނަކީ ރާއްޖޭގެެ ދިފާއީ މައި ތަނބު ކަމަށާއި، ދިވެހި ސިފައިންގެ މައިގަނޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑާ އިން ޗީފް އިބްރާހިމް މުހައްމަދު ސާލިހް ސިފައިންނާއި މެދު ގެންގުޅުއްވާ ދުރު ވިސްނުމާއި ދިގު ތަސައްވަރު ހަގީގަތަކަށް ހައްދަވާނެ ކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެެވެ.

"މިދިޔަ ދެ އަހަރުގެ ތެރޭގައި މިއައި ހެޔޮ ބަދަލުތަކުގެ ސަބަބުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ސިފައިންގެ ސަފުތައް ރުކުރުވާލެވިފައި ވަނީ ބަދަހި އަދި އެހާމެ ހަރުދަނާ ގޮތެއްގައި" މާރިޔާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ރޯދަމުބާރަކް!

  ކަމަނީ ވިދާޅުވިއަސް ތި ކަން ގަބޫލުނުކުރެވޭނެ!

 2. މާމީ

  ފިނދަނަ ތަކެއް ނޫންތަ؟

  11
 3. ކަނަމަނަ

  ތީހަމަ މާރިޔާއައްހީވާ ވަރައްބޮޑުކުންހީއެއް ނުވަތަ މާރިޔާ ރައްޔަތުންބޮލުގަ ތޮފިއަޅުވަނީ

  12
  1
 4. ހުސެން

  ހެހެހެ ސިޔާސީ ނުފޫޒުން އިންޑިއާ ގެ ނުފޫޒަށް ދޯ މަރިއާ

  19
  1
 5. ވަހީދުބެ

  ތިޔަށްވުރެ ބޮޑުދޮގެއް މި ޤަރުނުގަވެސް މީހަކު ނަހަދާ.

  14
  1
 6. މަބޭ

  ސިފައިންސިޔާސީކަންކަމުން އެއްކިބާވެފަތިބިވަރުން އެމީހުންއެތިބީ ދެފައިކައިރިނުވެފަ

  13
 7. ޒޯއީ

  އެމްޑީޕީ ނޫފޫޒް ދަށުގަ އެތިބީ.... މިހާރު އެމްޑީޕީގެ ޕަޕެޓުން، ކުރިން ފީޕީއެމްގެ ޕަޕެޓުން... މިހާރު ހަމަ އެމްޑީޕީ ފައްކާ ޕަޕެޓްސް.. އެމްޑީޕީ އެކްޓިވިސްޓެއް އެހެރީ ބޮޑަކަށް ދެން ކިހިނެތް މިނިވަން ވާނީ.... ހަހާ... މަރިއްތަ އަށް ހީވަނީތަ ދިވެހިންގެ ބޮލުގެ ބަދަލު ގަ ހުރީ ކާއްޓެކޭ؟

  13
 8. ޖޯކު

  އިތުރު ޖޯކެއް ނެއްތަ ދެން ހަހަހަަހާ....

  14
 9. އައްޑޫ މީހާ

  އިހަށްވުރެ މިހާރު މާބޮޑަށްވެސް ސިޔާސީ އައްޑޫގައި އުޅޭ ސިފައިންނަށް މާރިޔާ ފުޓްބޯޅަ ދަނޑެއް ހަދައިދީފި ފޭދޫ ދަނޑު ހަދަން ގެންދިޔަ ސާމާން ބޭނުންކޮށްގެން މާރިޔާ މިގޮތައް ކްރެޑިޓް ހޯދަން ނާޖައިޒް ފައިދާ ނެގީމަ އައްޑޫގައިތި ސިފައިން މާރިޔާއަށް ސަނާކިޔަމުން އެބަދުވޭ މިއީ ވައްކަމެއް ނޫން ދެއްތޯ؟ ފޭދޫގެ ރައްޔިތުންގެ ލޯ ކުރިމަތިން ފޭދޫ ދަނޑުހަދަން ގެނެސްހުރި ރަބަރުތަކާއި ސާމާން ގެންދިޔައީ އަދި އެތަނުގައި ރަބަރު އަޅަން ގެންގުޅުނު ވެހިކަލްތައްވެސް ނަހަމަގޮތުގައި ބޭނުންކުރި ދެން ބުނެބަލަ މިއީ ދޮގެކޭ ހިންނަވަރު ބޯބުރާންތި މޯޑީ ޓާކޫރު ނިކަން ޒީރޯ ޓޮލަރެންސް ދައްކަންވީނުންތަ ދެން މިބުނަބީ ސިޔާސީ ނުފޫޒުން އެއްކިބާ ވީއޭ ނުވޭ ނުވެސްވާނެ

 10. ޖ

  މިމީހުންނައް ވެރިކަންނުލިބިއްޖެއްޔާ ހެއްދެވި އެއްނުހެއްދެވިއެއް ގޮވަންވީ ވެރިކަންލިބުނީމަ އެވީ ރަންގަޑަކައް.

 11. ރަދީފް ހުސެން

  7 އަހަރު މަގުމަތީގަ އެމީހުންނާ އެމީހުންގެ އާއިލާތަކައް ގޮވި އެއްޗެހި އަދި މާކާބިޔާބު

 12. 😁

  އެވެރިން ނަށް ލިބުނު އެއް މެ ބޮޑު ކުރިއެރު މަކީ ގާނޫނު އަސާސީ އަށް ފައިން އެރުން

 13. ދަރަނި ދަންތުރަ

  ކޮބާތޯ ކަމަނާ ވިދާލުވި ފިނދަނަ ތަށް ؟ ގޮތްކުޑަ ކާޅު

 14. ނަން

  މިލިޔަނެއްހާ ދުއްރަ ބަލައި އެދިޔައީ ...