ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދިއުމުގެ ސަބަބުން މާލެ ސަރަހައްދުގައި ކާފިއުއާއެކު ގެނައި ފުރަބަންދުގެ ތެރޭގައި ކުށް މަދުވެގެން ދިޔަ ކަމަށާއި އެކަމަކު ފަހުން ފަހުން ފުރަބަންދަށް ލުއި ދެމުންދާ ވަރަކަށް ކުށް ކުރުން ގިނަވަމުންދާ ކަމަށް ފުލުހުން ވިދާޅުވެެއްޖެއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރު އަލީ ފާއިޒު ވިދާޅުވީ މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ޖުމުލަ 2،710 މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި ފޭރުމުގެ މައްސަލަތައް ކަމަށެވެ.

ވައްކަމުގެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާ ހޯދައި އޭގެ ވެރިފަރާތްތަކާ ހަވާލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަކަރާއި ހީލަތުން ހޯދާފައިވާ ހަ ލައްކައެއްހާ ރުފިޔާ ހޯދައި ވެރި ފަރާތްތަކާ ހަވާލު ކުރެވުނު ކަމަށާއި ފޭރިގަނެފައިވާ ތިން ލައްކައެއްހާ ރުފިޔާގެ މުދާ ހޯދައި އެ ފަރާތްތަކާ ހަވާލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ފާއިޒު ވިދާޅުވި ގޮތުގައި، ފުރަބަންދުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުވިއެވެ. އެކަމަކު ލުއިތައް ދެމުންދާ ވަރަކަށް އަނެއްކާ ވެސް މައްސަލަތައް ގިނަވަމުންދާ ކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުރަބަންދަށް ފަހު، މާލެ މަގުމަތީގައާއި ހޮޅުއަށިތައް ފަދަ ތަންތަނުގައި ގިނަ އަދަދެއްގެ މީހުން ވެސް ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

"ފުރަބަންދުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުވުމަށް ފަހު ލުއިތައް ދެމުންދާ ވަރަކަށް އަނެއްކާ ވެސް މި މައްސަލަތައް ފާހަގަކުރެވޭ. މި ފުރަބަންދާ ގުޅިގެން ވަންނާނެ ތަނެއް ނެތި މާލޭގެ އެކި ތަންތަނުގައި ނިދަމުންދާ މީހުނާއި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ފަރާތުން މައްސަލަތައް ބޮޑަށް ވެސް ފާހަގަކުރެވޭ." އަލީ ފާއިޒު ވިދާޅުވިއެވެ.

އަލީ ފާއިޒު ވިދާޅުވި ގޮތުގައި މީހުން ފަރުވާ ކުޑަވެގެންނާއި މަގުމަތި ޕެޓްރޯލް ކުރާ ފުލުހުންގެ ފަރުވާކުޑަކޮށްލެވިގެން ބައެއް ފޭރުންތައް ހިނގާފައިވެއެވެ. މި ގޮތުން ރަސްފަންނާއި ފަތާ ޓްރެކަށް ގޮސް މޫދަށް އެރޭ މީހުން ބަހައްޓާ ތަކެތި ފޭރިފައި އެބަ ހުރި ކަމަށާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ވެސް ރަނގަޅަށް ތަކެތި ރައްކާނުކޮށް ހުންނަ ތަކެތި ވަގަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮމަން ސެންސް

    ކުއް ގިނަވަނީ ކޮންމެހެން ލުއި ދިނުމަކުން ނޫން. ގައުމުގެ ހާލަތުގެ ސަބަބުން.

  2. ތަންފީޒު

    ކުއްވެރިން ބަންދުކޮށްފަ ބައިތިއްބާ

  3. ޯބޯޖަލީލު

    ހުރިހާ ދިވެހިން ކަސްތޮޅު އަލުވާ ހިރިލިޔަނުދީ ކުށް މަދުވާނެ ..

  4. ދަރަނި ދަންތުރަ

    މިއަދު މިގައުމުގައި ވެރިކަން ކުރަނީ ރާއްޖޭގައި އެއްމެ ބޮޑެތި ޖަރީމާ ހިންގާ ހިންގަން ދަސްކޮށްދިން މީހުން ދެން ކިހެނެތް އެމީހުންގެ ވެރިކަމެއްގައިވެސް ކުން މަދުވާނީ ، ދިވެހި ފުލުހުންނާ ސިފައިންގެ އަގުވަށްޓާލާ ވެރިންނަށް އިހުތިރާމް ކުރަން ނުޖެހޭ ކަމަށް ގޮވީ އެމް ޑީ ޕީ އިން ނޫންތަ ؟ ބުރާންތި ނުވޭ...

  5. Thoddoo

    👮👮👮👮👮😷😷😷😷