ރުގްޔާގެ ނަމުގައި ހަތަރު އަންހެނަކަށް އަނިޔާ ކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައިގައި 24 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުންނަށް ކުރާ އިތުރު ތުހުމަތުގެ ތެރޭގައި އަންހެނަކާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރުން ވެސް ހިމެނެއެވެ.

މެދުރާއްޖެ ތެރޭގެ ރަށެއްގައި ހިނގި މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލަ އާންމުންގެ ސަމާލު ކަމަށް ގެނައި "މިހާރު" ނޫހުގައިވާ ގޮތުން ރުގްޔާ ކުރުމުގެ ނަމުގައި ގެއެއްގެ ތެރޭގައި ހަތަރު އަންހެނަކު ބަންދު ކުރީ އޮގަސްޓް މަހުން ފެށިގެންނެވެ. ރުގްޔާ ކުރަން ފެށީ، އެމީހުންގެ ގައިގެ ތެރެއަށް ޖިންނި ވަން ކަމަށް ބުނެއެވެ.

އެގޮތުން ރުގްޔާ ކުރުމުގެ ނަމުގައި އަންހެނުންގެ އެކި ތަންތަނުގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށްވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓައްޕު

    އަސްލުގަ އަންހެން ދަރިންނަށް ނޫނެކޭ ބުނަން ދަސްކޮށްދީ މާޝަލް އާޓް ދަސްކޮށްދެން ޖެހޭ ހެޔޮނުވާނެ އަންހެން ދަރިންނަށް ކަރާޓީ ދަސްކޮށްދީ

  2. ކަހީނުވާލޯ

    ރުގުޔާ އަކީ ރާއްޖޭގެ ވިޔަފާރީގެ ބާވަތެއް ދިވެހިން ހޭލުން ތެރިވެ މިކަމާ ދެކޮޅަށް ތެދުވަންޖެހޭ ކީރިތި ގުރްއާނަކީ އޭގައި ޝިފާޔާ ރަހްމަތް އެކުލެވި ފައިވާ ފޮތް އެފޮތް ކިޔެވުމުގެ ބަދަލުގައި ކަހީނުވާލޯ އިންގެ ބަސް ގަބޫލުކުރަންޏާ ތިފަދަ ހާދިސާ ތައް ހިގާނެ އަބުލް ބަރަކާތު ވެސް ރަންނަމާރި ފަހާލެއްވީވެސް ގުރްއާން ކިޔަވައިގެން ދެއްތޯ ވިޔަފާރި އުސޫލުން ރުގްޔާ ކުރާ މީހުންނާ މެދު ސަމާލުވާން ޖެހޭ އަދި ހަމައެގޮތައް ޝިރުކަށް މަގުފަހިކުރާ އިންސާނިއްޔަތާ ފިތުރަތާ ހިލާފު ކަންވެރިކަންކުރާ ކަހީނުންނާ ދުރުވާންޖެހޭ

  3. އާދިލާ2

    ރުގުޔާގެ ނަމުގައި ސިހުރުހަދާ މީހަކު މަނަދޫ ޓީޗަރަކާ އިނދެގެން އެބައުޅޭ. ސިހުރު އެކަންޏެއް ނޫން، ހެއްދެވިފަރާތަށްވެސް އަވަގުރާނަ ގޮވާ މީހުނގެ އަބިންނަށް އަމިއްލަ އޮރިޔާން ފޮޓޯ ފޮނުވާ ދެމަފިރިން ވަރިކުރަން އުޅެ، މިހުން އަތުން ފައިސާ ނަގާ ގޭންގު ފޮނުވައިގެން މާރާމާރީ ހިންގާ... ނުހިންގާ ކަށް ޖަރީމާ އެއް ނެތް.
    މިވާހަކަތައް ސިހުރވެރިޔާ އިނދެގެން އުޅޭ ޓީޗަރު ގަބޫލުނުކުރާ ކަމަށ ްވަނީ. މުޅި އެފްބީގައި މިމީހާގެ ފޮޓޯތައް އެނބުރޭއިރުވެސް ގައިމު ސިހުރެއް ހަދައިގެންތާ މިވަރުވާނީ.
    މަނަދޫ މީހުންނަށްވެސް ވަރިހަމަ ދޯ ސިހުރުވެރިޔާ މުޅިރަށް ތަޅާތިރިކުރިޔަސް.

  4. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    ރާއްޖޭގެ ޤާނޫނު ނާއި އިސްލާމްދީނުގައި އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް އާދޭސްކޮށް ގޮވާލަން. ﷲ އަށް ޓަކައި އިންސާފުވެރި ޝަރީޢަތެއް ކޮށްދެއްވާ!