ބައެއް އަތޮޅުތަކުގައި އެއާޕޯޓްތައް މަދުވެފައި ބައެއް އަތޮޅުތަކުގައި އެއާޕޯޓްތައް ގިނަވުމުންނާއި ދާއިރާގައި އެއާޕޯޓް ނެތުމުގެ ޝަކުވާ ބައެއް މެންބަރުން ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނަ ބިލް ދިރާސާ ކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ އެ މެންބަރުންގެ ދާއިރާގައި އެއާޕޯޓް ނެތް ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓެ) ވިދާޅުވީ ބައެއް އަތޮޅުތަކުގައި ފަސް އެއާޕޯޓް މިހާރު އެބަ އޮތް ކަމަށާއި އެކަމަކު އޭނާގެ ދާއިރާ ހިމެނޭ ރ. އަތޮޅުގައި އޮތީ އެންމެ އެއާޕޯޓެއް ކަމަށެވެ. އެ ތަނުން މުޅި އަތޮޅަށް ފައިވާ ނުވާ ކަމަށާއި އެ އަތޮޅުގައި ލޯކަލް ޓޫރިޒަމް ކުރިއަށް ނުދަނީ ވެސް އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ އޭނާ ތަމްސީލް ކުރައްވާ ދާއިރާގައި އިންޓަނޭޝަނަލް އެއާޕޯޓެއް ނެތް ކަމަށާއި އެންމެ ކައިރިން އޮތް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އެ އަތޮޅާ ވަރަށް ދުރު ކަމަށެވެ. އަދި ލ. އަތޮޅުގައި އޮތީ މިލިޓަރީ އެއާޕޯޓެއް ކަމަށާއި އޭގެ ސަބަބުން ފަތުރުވެރިން ގެނައުމުގައި ދަތިތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިރާޖްގެ ވާހަކައަށް ފަހު އިތުރު މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ އެއާޕޯޓަކުން ދެކޮޅު ޖެއްސެނީ ވަކި އަދަދަކަށް އެ އެއާޕޯޓަށް މީހުން ދަތުރުކޮށްގެން ކަމަށާއި ނޫނީ އެއާޕޯޓް ވިޔަފާރި އެއީ އެންމެ އެކަށޭނަ ދަތުރުފަތުރުގެ ވިޔަފާރިއަށް ނުވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވަކިވަކި އަތޮޅުތަކުގައި މަދުވެފައިވާ ކަންކަމަށް ނުވިސްނައި މުޅި ގައުމުގެ ތަރައްގީއަށް ރަނގަޅު ވިސްނުމެއް އިސްކުރަން ޖެހެއެވެ.

"އިއްޒަތްތެރި މެމްބަރުން، އަޅުގަނޑު މިއީ ގޯސްމީހާ ކަމަށް ވެދާނެ މި ގޮނޑީގައި އިންނަން. އެހެން ނަމަވެސް ދަންނަވަންތޯ، ދުނިޔޭގައި އެއާޕޯޓެއް ރަނގަޅަށް ދެކޮޅު ޖެހެނީ، ކޮންމެވެސް އަދަދަކަށް އެއަށް މީހުން އައިމާ. ކޮންމެ ރަށަކީ [ވަކި] ގައުމެއް ނޫން. އަދި ރާއްޖޭޭގެ ކޮންމެ އަތޮޅަކީ ވެސް [ވަކި] ގައުމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ފްލައިޓް ދަތުރުތައް އޮންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ބޮޑުކުރި ފަހުން މިހާރު ދެކޮޅު ޖެއްސުމަށް ދަތިވާ ކަމަށެވެ.

އެމަނިކުފާނު އެހެން ވިދާޅުވިޔަސް، އެއާޕޯޓް ބޮޑުކުރި ފަހުން ހިނގި ފުރަތަމަ ކުއާޓަރުގައި އެއާޕޯޓް ހިންގާ ކުންފުންޏަށް އޭގެ ކުރިން އެ މިންވަރުގެ މުއްދަތަށް ލިބޭ އާމްދަނީއަށް ވުރެ 175 މިލިއަން ރުފިޔާ އިތުރަށް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިހާރު އަދަދު މަދުވެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށް ދުނިޔޭގެ ދަތުރުފަތުރު މަދުވެގެނެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ، ރާއްޖޭގެ އެއާޕޯޓަށް މި އަންނަނީ އެއް މިލިއަން ދެ މިލިއަން މީހުން. އެއީ މާލޭގެ އެއާޕޯޓަށް. އެވަރުންވެސް އެތަން ދެކޮޅުޖެހިގެން އެތަން ތަރައްގީކޮށްގެން މުޅި ދިވެހިރާއްޖެއަށް މިއުޅެނީ އެކަން ނުވެގެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފާޅުކުރެއްވި ހިޔާލުފުޅަށް ތާއީދު ކުރައްވައި ވެސް ބައެއް މެންބަރުން ފަހުން ވާހަކަ ދެއްކެވިއެވެ. މި ގޮތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާާޒިލްއާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ އެކަމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮރަލް

    އެއަރޕޯޓް ބޭނުމެއް ނޫނޭ ބޭނުމީ ފެރީ އޭ ބުނި މީހާ އެވެ.

    14
    1
  2. ޏ

    ރ ޔާމިން ސަރުކާރުގައި ރާއްޖޭގެ ކަންކޮޅު ތަކުގައި އެއާޕޯޓް
    އަޅާތީ މީނާ ނުރުހުނެވެ އަދި އެކަން ހުއްޓުވަން ރ ޓީވީ މެދުވެރި ކޮށް މަ ސައްކަތް ކުރިއެވެ އެކަމަކު މިހާރު އެއާޕޯޓް
    އަޅާހިތުން ލޮލަށް ނިދި ނާދެއެވެ.

    17
    2
  3. ފޭކް

    ރައީސް ނަސީދެކޭ ޓިނު އަދުރޭ އެކޭ މިހާރު ނެތް ތަފާތެއް ހިސާބު ޖައްސަވަން އެހާމެ މޮޅު ދެގޮލާ މީ. ވެލާނާ އެއަރޕޯރޓަށް ވަންނަ ރުފިޔާވެސަ ކަލޭމެންގެ އައުވާނުންނަށްދީ ކާލަ.

    11
    1
  4. ވައިބެ

    އެހެންވީމަ އަތޮޅުތަކުގެ މެންބަރުން ރަނގަޅެއް ނޫންތޯ ނިސްބަތުން އަތޮޅައް ބޭނުންވާ ކަންކަމާ މެދު ވިސްނަވާ އެކަމަކު މިގުރީޓާ މާލޭގެ މެމްބަރަކު ރައްޔިތަކައް މަންފާ އެއްވާ ކަމެއްގެ ވާހަކަ އެއް ނުދައްކާ ހައްތާވެސް ބަލަނީ ރައްޔިތަކު އަތުން ރުފިޔާ ފޮއްޗެއް އަތުލެވޭނެ ގޮތެއް ދެކޮޅު ނުޖެހުނަސް ވޯޓްގެ ދަހިވެތި ކަމުގައި އެއަރ ޕޯޓްތައް އަޅަނީ

    10
    1
    • މަންޒަރު

      ވަޒީފާއަކަށް ލާން ކުށުގެ ރެކޯޑް ކްލިއަރ ކުރަންވިޔަސް، ޚާއްސަ ބަލިތަކުގެ ޑޮކްޓަރެއްގެ ފަރުވާ ހޯދަންވިޔަސް (މސ:ސްޕީޗް ތެރަޕީ)، ޓެސްޓެއް ހަދަންވިޔަސް (މސ:ހޯރމޯން، ބަޔޮޕްސީ، އެމް.އާރް.އައި)، އޮޕަރޭޝަނެއް ކުރަންވިޔަސް (މސ:ނާރުގެ، ހިތުގެ...) މާލެ ނޫން ގޮތެއް ނެތް. ހުރިހާ ވެރިކަމެއްގަވެސް، ހުރިހާ ސިޔާސީ، ވިޔަފާރިވެރިންވެސް ބަލަނީ މާލެ ތަރައްޤީ ކުރެވޭތޯ

      3
      1
      • މާލެ

        މާލެއިން މިކަން ކުރެވެން ހުރުމަކީ ގޯހެއް ނޫން. މިޒަމާނުގައި ސެންޓްރަލް ތަނެއްގައި މަޢުލޫމާތު ރައްކާކުރެވިފައި ހުރުން މުހިންމު. އެކަމަކު މުހިންމު ކަމަކީ އެ މައުލޫމާތު ކޮންމެ ތާކު ހުރެވެންވެސް ލިބުން. ކަންވުން. މާލެއަށް ނައިސް ގިނަ ކަންކަން މިހާރު ހުރީ ކުރެވޭ ގޮތަށް. ދާދި އިހަކަށްދުވަހު އެޕެއް ހަދައިގެން ހުރިހާ ބިލްތަކަށް ފައިސާ ދެއްކޭގޮތް ހެދުނު. އެގޮތަށް ގިނަ ޚިދުމަތްތައް އެމީހެއްގެ ފޯނަށް ލިބޭނެ ގޮތް ހެދޭނެ.

  5. އާނި

    ސާބަހޭ، ނޭފަތާ ތުންފަތާ ދޭތެރޭގަވެސް އެއަރޕޯރޓް އަޅާތި.

  6. އެމަންޖެ

    ޝަކުވާއެއް ކުރަންޏާ ކަލޭ ނުރުހޭނެ ކަލޭ ރުހޭނީ ކަލޭގެ ފުލައް ވައި ޖަހަންޏާ.

  7. ނަހޫ

    ކޮންމެ އަތޮޅެއްގަ 2 އެއަރޕޯޓް އޮތުން ހަމަ ރަގަޅު ކަމެއްއެއީ ނުވަތަ ސީޕްލޭން ޑޮކް ކޮަންމެ ރަށެއްގަ އޮތުންވެސް ރަގަޅު. ސަބަބަކީ ރާއްޖެ އުފެދިފައިވާ ގަތައްބަލާއިރު ކަނޑުގެ ސަތަހަ ބޮޑު ބައެއްވާ ގައުމަކަށް ވީހިދު އެއަރޕޯޓް އޮތުން ނުވަތަ ވައިގެ މަގުން ދަތުރު ފަތުރު ކުރެވޭނެ ނިޒާމެއް އޮތުން އެއީ ރާއްޖެއަށް ނުހަނު ބޭނުންތެރިކަމެއް. މޫސުން ގޯސްވެއްޖެ ނަމަ ރަށު ބަންދުވުން ނޫން ގޮތެއް ނޯވެ. ނަޝީދު ތި ވިސްނަނީ ކިހިނެއްތޯ! ޅޮސްފަޅިން ދެއްތޯ؟ އެހެންވޭ ރައީސް ޔާމީންގެ ސިޔާސަތު އަޅުގަޑުމެންނަށް ކަމުދަނީ. އިންޝާ ﷲ 2023 ވަނަ އަހަރު ރާއްޖޭގެ ރައީސްކަމަށް ރައީސް ޔާމީން ހޮވާނަން. އޭރަށް އެއަރޕޯޓް ވެސް އެޅޭނެ. ޓްރޭޑް ކުރާ ކުދިންނަށް ޓްރޭޑް ކޮށްގެން އާމްދަނީ ހޯދޭނެ މަގުވެސް ފަހި ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އެބައޮތް. ރައީސް ޔާމީން އަކީ ދުރުވިސްނޭ ޒުވާނުންނަށްވެސް އަދި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ވިސްނާ ވިސްނުންތޫނު ވެރިއެއް ކަމާމެދު ނިމިދިޔަ 5 އަހަރު ހެއްކަކަށް ފުދޭ.

  8. އައިޝާ

    އަޅުގަޑަކީ ކުރިން އެމްޑީޕީ އަށް މަރުދިން ކުއްޖެއް. އެކަމް މިހާރު ތިހާ ފޫހިވާ ރުޅި އަރާ ބަޔަކު ނެތް. ޒުވާނުންނަށް ޖެއްސުމެއް ވިއްޔާ އެބަކުރޭ ހުރިހާ ރޮގަކުންވެސް. ފޫހި ފޫހި ޅޮސް އެމްޑީޕީ. އިންޝާ ﷲ 2023 ރައީސް ޔާމީން.