ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އިސްކޮށް ހުންނަވައިގެން ފުލުހުން ލައްވާ ހިންގަމުން ގެންދާ ގާނޫނާ ހިލާފު ލާއިންސާނީ އަމަލުތައް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ވަރަށް ރަނގަޅަށް ބަލައި ތަހްގީގު ކުރާނެ ކަމަށް ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ނިންމާލުމަށްފަހު އެމަނިކުފާނު އަނބުރާ ގެންދިޔަ ވަގުތު ޖުމްހޫރީ މައިދާން ސަރަހައްދަށް އެމަނިކުފާނު ދެކިލަން ދިޔަ ކަނބަލުންގެ ތެރެއިން ތެރެއިން ތިން ކަނބަލަކަށް މިއަދު ފުލުހުން ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް އަނިޔާ ކުރި މައްސަލަ ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ފުލުހުންގެ އެ އަމަލުތަކުގެ އެ ތިން ފަރާތަށްވެސް ބޮޑެތި އަނިޔާވެފައިވާ ކަަމށެވެ. އެގޮތުން ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ބޯފަޅައިގެންގޮސް އަނގަމަތި ފަޅައިގެން ދިއުމާއި އެހެން ކައުންސިލް މެމްބަރެއްގެ ފައިގައި ތަޅާ އަނިޔާކޮށްފައިވުމާއި އުމުރުން ދުވަސްވީ ސަޕޯޓަރެއްގެ އަތްތިލަ މަށައިގެންގޮސް އުނަގަނޑަށްވެސް އަނިޔާތަކެއް ވެފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

"މިއަދު މިހިންގި ލާއިންސާނީ އަމަލު މި ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން މިއަދު އެސަރަހައްދަށް ދިޔަ ކަނބަލުންނަކީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގާ މަސްލަހަތު ގެއްލުވާލަން މަސައްކަތްކުރި ބައެއްވެސް ނޫން". އިދިކޮޅު ބަޔާނުގައި ވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވަނީ، އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ 16 ދުވަސް އިއްޔެ ފާހަގަކުރަން ފެށިއިރު، މިއަދު އަންހެނުންނަށް މިފަދަ އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ،

އަދި މިކަމުން އަންގައިދެނީ މިސަރުކާރުން ދައްކާ ވާހަކައާއި ޢަމަލު ދިމާ ނުވާކަމަށާއި،އަންހެނުންތަކެއްގެ ގަޔަށް އަތްލައި މިގޮތަށް އަމަލުކުރުމަކީ ފުލުހުން ޢަމަލުކުރަން އޮންނަ އުސޫލާއި ހިލާފު ކަމެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ، ފުލުހުންގެ މުއައްސަސާއާއި ފުލުހުންގެ އަގުވެއްޓޭފަދަ ގޮތަށް ގަވައިދާ ހިލާފަށް އަމަލުކުރުމަށް ފުލުހުންނަށް އަމުރުނުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަލްޖިބްރާ

  ތިވާހަކަ ދައްކަން އެންމެ ތާހިރު ބަޔަކީ ކަލޭމެންތަ ! ކަލޭމެންގެ ވެރިކަމުގައި ފުލުހުންލައްވާ މީހުނަށް ކުރި އަނިޔާ ތަކުގެ ވާހަކަ ކޮބައިތަ ؟ ދެންބުނަން އޮތީ ، ކަލޭމެންގެ ސަރުކާރެއްގައި ކަން ކުރާނެ ގޮތުގެ ވާހަކަ ! ﷲގެ އިރާދަފުޅުން ތިޔަ ކިޔާ ޔާމީނުގެ ސަރުކާރެއް ދެން މިރާއްޖެ ނުދެކޭނެ !

  32
  38
  • އަންނިޒިބްރާ

   ﷲ ގެ އިރާދަފުޅުން މިޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ކަތިލަން މަސައްކަތްކުރާ ބަޔެއް ބަލިކުރައްވާ ވެރިކަންވެސް ނިގުޅާގަންނަވާނެ

   22
  • Anonymous

   އަލްޖިބްރާ ކަލެޔަށް ހިދާޔަތް ދައްކަވާށި. އަބަދުވެސް ލާދީނިއްޔަތާ އަނިޔާވެރިކަމާ ފެތުރުމަށް ކޮމެންޓް ކުރާމީހެއް ކަމަށް ފާހަގަކުރެވޭ.

   9
   2
 2. ދަންބެރު

  ﷲ ގެ ރަހުމަތުން މިރާއްޖޭގެ ވެރިކަމާ ރައީސްޔާމީން ވަރަށްއަވަހަށް ހަވާލުވެލަށްވާނެ މިކޮމެންޓު އާކައިވުގަ ރަށްޔަތުންނަށް ދެއްކުމަށް ރަށްކާކޮށްދިނުމަށް ވަގުތުނޫހަށް އިލްތިމާސްކުރަން އެދުވަސް ވަނީދާދި ކައިރީގަ ވަﷲ އައުލަމް .

  15
  2
 3. ރޯދަ

  އެމީހުންގެ ވެރިކަމުގައި އަނިޔާކުރެޔޭ ކިޔާފައި އަނިޔާ ނުކުރާނަމޭ ބުނި ބަޔަކު ވެރިކަމަށް ގެނައީ ދެނޯ ، އަލްޖިބުރާ ހަމަ ހޭގައިތަ ؟

  21
  1
 4. ޜާކަނި

  ގޭގަ ހުށްޓަކާނޫންދޯ

  3
  8