ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ސަގާފީ ޓޫރިޒަމް އާއި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތްކުރަމުންދާކަަަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ދަ ސްޓޭންޑިންގ ކޮމިޓީ ފޯރ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް) ގެ 36 ވަނަ ބައްދަލުވުމުގެ މިނިސްޓީރިއަލް ސެޝަންގައި ވާރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގެ ސެޝަންއެއްގައި ވާހަކަދައްވަމުންނެވެ.

އެ ބައްދަލުވުން ހުޅުވާ ދެއްވީ ކޮމްސެކް ގެ ޗެއަރމަން، ތުރުކީގެ ރައީސް ހިޒް އެކްސެލަންސީ ރަޖަބް ތައްޔިބު އުރުދުޣާންއެވެ.

ކޮމްސެކްގެ 36 ވަނަ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ޕްރޮމޯޓިންގ އެންޓްރޕްރިނިއަރޝިޕް ފޯ ޓޫރިޒަމް އިންޑަސްޓްރީ ކޮމްޕެޓެޓިވްނަސް' ޝިޔާރުގެ ދަށުން މިއަދު ބޭއްވި ސެޝަންގައި މިނިސްޓަރ ޑރ. މައުސޫމް ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދެއްކެވި ކަމަށެވެ.

އަދި މިއީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުސަތުތައް ހޯދާ ފަތުރުވެރިކަމުގެ ވިޔަފާރީގެ އައު އުކުޅުތައް ތައާރަފް ކުރަންވީ ވަގުތު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމްސެކްގެ 36 ވަނަ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަން ހޯދަމުންދާ ކާމިޔާބުގެ ސިއްރަކީ އިންޑަސްޓްރީގެ ބައިވެރިންގެ މިންނަތް މަސައްކަތްކަމުގައި ފާހަގަ ކުރައްވާ އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ކޮމްސެކް އަކީ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯރޕަރޭޝަން (އޯ.އައި.ސީ.) ގައި ހިމެނޭ 4 ދާއިމީ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. ކޮމްސެކްގެ މެންބަރު ޤައުމުތަކުގެ ގޮތުގައި 57 ޤައުމުއޮވެއެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީ. ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލް އޮތައިމީން އާއި މެންބަރު ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ބައެއް އިންޓަރނޭޝަނަލް އޯގަނައިޒޭޝަންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާއިޒު

    ތިއީ ވަރަށް ބޮޑު ތެދުފުޅެއްކަން ވަރަށް ރަނގަޅަށް ޤަބޫލުކުރެވޭނެ. މިހާރު އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި މީހުން އުޅޭ ރަށް ރަށުގައިވެސްްް ބަނގުރާ ވިއްކުން ހުއްދަކުރުމުގެ މަޝްވަރާ ފެށިގެން އެއޮށް ދަނީ.

  2. މުގުރާން

    އެ މަސައްކަތުގެ ބައެއްތޯ ރާވިއްކު މުގެ ހުއްދަނުދެވިގެން ތެޅިބާލަނީ !!!!؟؟؟

  3. ޙެހެ

    ސަގާފަތަކީ ރާ ހުއްދަކުރުން ދެއްތޯ . ރީތި ނަންނަން ކިޔައިގެން މުޅިން ޝައިތާނާގެ މަޅީގައި ތިޖެހެނީ . ސަގާފަތޭ ނުކިޔާ ކިޔާބަލަ ހަލާލު ޓޫރިޒަމް އަދި ހަރާމް ޓޫރިޒަމް

  4. ހުސޭނުބޭ

    ނަމުގެ ކުރިޔަށް ޑަކްޓަރ އެ ކިޔަނީ އޮޅުވާލުމުގެ ދާއިރާއިން ފާސްނެންގެވީމާތޯ! ރާއްޖޭގެ ރަށްރަށުގައި ރާ ވިއްކަން ފާސްކުރުމުގެ ކުރިން ރައްޔިތުންނަށް އެކަން އޮޅުވާލަން ދައްކާ ވާހަކަ ތިއީ!

  5. ދޮންއަގަ

    ސޭޓް މީިހާ މި ކުރަނީ ކޮން ކަހަލަ ޓޫރިޒަމެއް ބޭރުމީހުންގެ މުސާރަނުދީ ދެމަސް ދިވެހިންނަށް %35 މުސާރަ. ރިސޯޓްގަ ތަންތަން އިމާރާތްކުރާން ހުއްދައެއްނުނަގާ. ބޭނުން އިރަކ ކު ރިސޯޓް ވަށައި ފަޅުން ވެލިނަގާ. މަސްފެ ކްޓެރީއެއް . އަސްދޫނި ކޮއްޓެއް. ހައްތާ ވައް ކަން މިހާރު މޫދުގައި ކޮޓަރި އަޅާން ތަނބު ޖަހަނީ ކޮބާ ސޭޓް އަށް ގާނޫނެއް؟؟ ސޭޓްއާއި ގާނޫނު އަރާ ހަމަ ކުރާނީ ކޮންއިރަ ކުން؟؟