ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް މިއަދު އައްޔަން ކުރެއްވި ޞަފްޢަތު ހަބީބަކީ ތަޖުރިބާނެތް ބޭފުޅެއް ކަމަށާއި އޭނާ ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވީ ސުޕްރީމް ކޯޓު ފަނޑިޔާރު މަހާޒުގެ ކޮއްކޮއަކަށްވީތީ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހުމަދު ހައިލަމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފާޑުކިޔައިފިއެވެ.

ޞަފްޢަތު ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް ޞަފްޢަތު އައްޔަން ކުރެއްވުމުން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޞަފްޢަތަކީ އެއްވެސް ކޯޓެއްގައި ދުވަހަކު ވަކާލާތުކުރި ފަރާތެއް ނޫން ކަމަށެވެ. ތަޖުރިބާނެތް މީހުން ކޯޓުތަކަށް ޢައްޔަންކުރަނީ ޖޭއެސްސީން ބޭނުންވާ ގޮތަށް އެމީހުން ލައްވާ ޙުކުމް ކުރުވަން ކަމަށް ވެސް ހައިލަމް ވިދާޅުވިއެވެ.

"ކްރިމިނަލް ކޯޓަަށް އައްޔަން ކުރެވުނު ފަރާތަށް އެމަޤާމު ލިބުނީ ސުޕްރީމް ކޯޓު ފަނޑިޔާރު މަހާޒުގެ ކޮއްކޮއަކަށްވީތީ. އެއީ އެއްވެސް ކޯޓެއްގައި ދުވަހަކު ވަކާލާތުކުރި ފަރާތެއް ނޫން. ތަޖުރިބާނެތް މީހުން ކޯޓުތަކަށް ޢައްޔަންކުރަނީ ޖޭއެސްސީން ބޭނުންވާ ގޮތަށް އެމީހުން ލައްވާ ޙުކުމް ކުރުވަން." ހައިލަމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ނަމަވެސް ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޞަފްޢަތަކީ ޤާނޫނީ ވަކީލުކަމުގައި 8 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ކުރިން ހުންނެވީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ލީގަލް އޮފިސަރެއްގެ މަޤާމުގައި ކަމަށް ވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުގައި މަސައްކަތް ކުރައްވާ ވަކީލުންނަކީ ޝަރީޢަތައް ހާޒިރުވެ ވަކާލާތު ކުރައްވާ ބޭފުޅުންނެއް ނޫނެވެ. އެބޭފުޅުންގެ މަސައްކަތަކަށް އާއްމު ގޮތެއްގައި އޮންނަނީ ކޮމިޝަނުން ކުރާ ތަޙްޤީޤުތަކަށް ޤާނޫނީ ލަފާ ދެއްވުމެވެ.

ޞަފްޢަތު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯ ހާސިލްކުރައްވާފައި ކަމަށް ޖޭއެސްސީ އިން ބުނެއެވެ.

ޖޭއެސްސީ އިން ފަހަކަށް އައިސް ނިންމާފައިވާ ނިންމުންތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެއްބޭފުޅަކީ ހައިލަމް އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. މާމީ

  މަސްބަހަނީ.

  31
 2. ގެރިކުޑޭ

  ތަޖްރިބާއަކީ ބޭނުންއެއްޗެއްނޫން، ބުއްޅަބޭ ބުނާ ގޮތަށް ހެދީމަ ރަނގަޅުވާނެ!

  48
 3. ރަދީފް ހުސެން

  އޯކޭވާނެ، ސަރުކާރު ބުނިގޮތައްވުރެ ފުރިހަމަކޮއް ހުކުންތައް ނެޜެދޭ.

  38
 4. ވަކީލެއް

  ތަޢުލީމެއް ނެތް ނާޤާބިލް މީހުން ފަނޑިޔާރުގެއަށް ލައިގެން މުޅި ޖުޑިޝަރީ ގަޑުބަޑު ކުރަމުންދަނީ. ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް.

  39
  1
 5. ރޯ

  ހައިލަމަށް އިސްގާޒީކަން ލިބުނު ގޮތުން، ހައިލަމަށް ހީވަނީ ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނޭ

  6
  57
 6. ޔާގުންޑޭ

  ތަޖުރިބާ އަކީ ހޯދީމަ ލިބޭ އެއްޗެއް.. ތަޖުރިބާ ނެތަސް މަގާމަށް އެކަށޭނަ އިތުބާރު ހުރި ފަރާތެއް ވިއްޔާ ރަނގަޅުވާނެ(އިންޑީޑް)

  4
  44
 7. ދުންތަރި

  ފައްކާ ރޯނު އެދުރެއް އެއްކޯޓުން އަނެއްކޯޓަށް އެ ދުވަނީ ރާއްޖެތެރޭގެ ކޯޓަކަށް އައްޔަންކުރިތާ ގިނަ ދުވަހެއްނުވެ ނުފޫޒުގަދަ ފަރާޓެއްގެ އެހީގަ މާލޭގެ ކޯތަކަށް ބަދަލްވީ ސިވިލްކޯޓަށް ވަދެ އެތަން ހިލާލާތީ އެތަނުން އެހެން ކޯޓަކަށް ބަދަލްކުރީ އެންމެ ފަހުން އެވީ އިސް ޤާޟީއަކަށް ނިކަން ވިސްނާލަ ބަލަ ބުނިހާ ގޮތަކަށް ކަންކުރާނެތީ އެމަޤާމުގަ ހުރެވެނީ ހައިކޯޓުގެވެސް ދުވަސްވީ ތަޖުރިބާލިބިވަޑައިގެންތިއްބެވި ނަޒާހަތްތެރި ޢިލްމީ ޤަބިލް ބޭފުޅުން އެބަތިބި އެކަމަކު އަމަށް ހައިކޯޓަށް އައްޔަންކުރި ބޭފުޅަކަށް ކައްޕިތާނުކަން ދެން ކިހިނެއްވާނެބާ؟

  33
  1
 8. އީދު

  އީދުސަލާމް ކިޔަންނޭގޭ މީހަކައް ދެންކިޔަންއެގޭނީ ކޮންއެއްޗެއްތޯ؟

  6
  2
 9. ހުސޭނުބޭ

  ކްރިމިނަލް ކޯޓް ޕްރައިވެޓް ލިމިޓެޓް އުފެދިއްޖެ! ފަނޑިޔާރުގެ މުޅިން މިނިވަންވެގެން މިހާރު އެތަނުގައިވެސް ހިނގަނީ ޢާއިލީ ވެރިކަމެއް! އޯ ސަޅި!

 10. އެމަންޖެ

  ތަޖުރިބާ ހުރި އެއްވެސް ބޭފުޅެއް މިވެރިކަމުގަ އެބަ އުޅުއްވާތޯ...؟؟؟ ބަލާލަބަލަ ކެނެރީ ނަސީދައް އަލިފެއް ޔާއެއްނޭނގޭ އެހުރީ ގައުމުގެ ބޮޑުވަޒީރު ކަމުގަ.

 11. ާއދ.

  އޯކޭވާނެ، ސަރުކާރު ބުނިގޮތައްވުރެ ފުރިހަމަކޮއް ހުކުންތައް ނެޜެދޭ ތިބުނާ ބޭބެއަކީވެސް ހަ މަ ގިނައިންދިންކޮޅަކައްދާ މީހެއް ވަރައްސަޅި ހިސާންހުސޭނު

 12. ތުއްތުމަނިކެ

  މާތްﷲ ހަދުމަކުރާށެވެ! ކޯޓެއްގެ ގާޒީއަކަށްހުރެ ހުކުން އިއްވައިގެންނުވާނެ ބަޔަކު ބުނާހާގޮތަކަށް

  13
 13. ވަގުތު

  ހައިލަމްއާއި އޭނަގެ ރައްޓެހިން ކުރިން މަގާމްތަކައް އައިގޮތައް އްހެންމހުންވެސް ޢެގޮތައް ކަންކުރާނެ ކަމައް ޙީކުރަނީތޯ؟

  1
  13
 14. ޖުމުހޫރީ މައިދާނުން

  ސަބަހޭ ހައިލަމް.

  11