މީހުން ދިރިއުޅޭ ރަށްރަށަަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
ޓްއަރިޒަމް ޤާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މެންބަރު ޝިޔާން ވިދާޅުވީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި މިހާ ބޮޑަށް ފެތުރިގެންދާއިރު، ރިސޯޓުތަކަށްދާ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ލިބޭ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެތެރޭގައި ނުވަތަ ބޭރުގައި ވިޔަސް ބަނގުރާ ލިބޭނެ ގޮތް ހެދުމަކީ ވަރަށް ގިނަ މީހުންގެ އެދުމެއް ކަމަށް މެންބަރު ޝިޔާން ވިދާޅުވިއެވެ.
ރަށުގައި، ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް، ކަނޑު ތެރޭގައި ވިޔަސް އެޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އޮންނަން ޖެހޭ ކަމަށް ޝިޔާނު ވިދާޅުވިއެވެ.
މިހާރު އެޚިދުމަތް ދޭން އުކުޅަސް، ރަސްދޫ އަދި ތޮއްޑޫ އަށްދާ ފަތުރުވެރިން ގެންދަން ޖެހެނީ 45 މިނެޓުގެ ލޯންޗު ދަތުރެއް ކޮށްފައި ރިސޯޓަކަށް ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ.
"އަންނަ ހުރިހާ ފަތުރުވެރިންނަކީ ރާ ބޯ މީހުންނަށް ނުވި ކަމުގައި ވިޔަސް އޭގެ ތެރޭގައި ބޯ ބަޔަކު ތިބޭނެ ދެއްތޯ؟ އެހެންވީމަ އެޚިދުމަތް މިތަންތަނުން ލިބޭނެ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމުގައި ވާތީ އަޅުގަނޑު ބޭނުންވޭ އެކަން އިތުރުކޮށްލަން" ޝިޔާން ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ނިންމިއެވެ. ނަމަވެސް އެނިންމުމާއި ދެކޮޅަށް ވަރަށް ގިނަ އިލްމުވެރިންނާއި އާއްމުން އިހުތިޖާޖުކޮށް ސަރުކާރަށް ޕްރެޝަރު ބޮޑު ކުރުމުން ގޮތްހުސްވެގެން އެންމެ ފަހުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަދޭން އާއްމުކުރި ޤަވައިދު ބާތިލް ކުރީއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން ރައީސް ނަޝީދުގެ ވެރިކަމުގައި ނިންމި ނިންމުމަކީ ސަރުކާރާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އެކައްޗެއް ކިޔައިގެން ފުރަތަމަ ނިކުތް އެއްސަބަބެވެ.
ފަތުރުވެރިން އަޅުކަން ކުރަން ބުދު ބަޓަން ދެން ގޮވާނީ ދޯ؟
މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކައިގެން ނުވާނެ. ލޯކަލް ޓޫރިޒަމް ކުރިއަރުވާނެ އެހެން ގޮތްގޮތް ހުންނާނެ 😡
ކަލޭ ނުބޮއްޗޭ ނަމަނަމަ...
ހަށިވިއްކައިގެން އުޅޭ މީހުން ވެސް މަދެއް ނޫން ވިއްޔަ...
ޜަލެއްނޫން ވިއްކަންވީ.... ތި ފަތުރުވެރިންނައް ރައްރަޗށައް އެރިޔަވެެް ނުދޭންވީ ދެންމި ކިހާބޮޑު ބަލާވެރިކަމެއް އިސްލާމްދީނައް ފުރައްސާރަ ކުރެވެން އޮތްގޮތަކައް ފުރައްސާރަ ކޮއްލަ ކޮއްލަ އޭ މިތިބެނީ
ސުބުހާނަﷲ
ތިޔަކަމާ މަޝްވަރާވެސް ކުރާނެކަމެއްނެތް. ތީ ކައިރިވާމން ހެޔޮވާވަރުގެ ކަމެއްވެސް ނޫން. ކައިރިވެވެން ނެތްކަމަށް އަންގަވާފައޮތް ކަމެއް. ދެންކީއްކުރަން ބަހުސްކުރަންވީ. ފަސާދަ އާއި ބިރުވެރިކަން އިތުރުވާނީ. ﷲ އަށް ބިރުވެތިވޭ...
ޙާދަހާ ގޮތެއްނެތް މީހެކޭ.ނާސިގެތައްވެސް އަޅަންބުނަންވީނޫ.
ﷲ އަށް ބިރުވެތިވެ ދުރުހެލިވޭ. ހެއްދެވިފަރާތުން އެއާ ކައިރިނުވުމަށް ވަނީ އަންގަވާފަ. ބުނެ އުޅެއެންނު އަތުހޭކެންޏާ ދަތުހޭކޭނެއޭ.
ކަލެއަށް ހިދާޔަތް ދައްކަވާށި.
ޢެފަހަރު އެކަ މާ ދެކޮޅަށް ނުކުތީ
ޢަދާލަތު ، މިހާރު އެ މީހުން ބުނާނެ މީހުން ދިރި އުޅޭރަށް ރަށުގަ ރާ ވިއްކުން އެއީ ކޮން މެ ކުރަން ޖެހޭނެ ކަ މެކޭ
ލަދު ހަޔާތް ކުޑަ މީކާކު ހެއދެވި ފަރާތް ޙަރާ މް ކޮށްފަވާ ކަންތައް ތައް ހުއްދަ ކުރަން. މީގެ އަޑީގަ ހުންނާނީ ކެނެރީގޭ ނަޝީދު މި އެ މްޑީޕ އަކީ މީގެ ބައިގަޑެއް
އަނގަ އޭ ނުކިޔާބަލަ😠 ތިއުޅެނީ އިސްލާމީ ޤައުމެއް ވީމަ ހަޖަމް ނުވެގެންތަ އޭން؟؟ ލެއްވިހާ ނުބައިކަމެއް ކުރަން ގޮވާއިރު ﷲ ގެ މަތިން ހަދުމަކޮށްބަލަ. މިނޫން ދުވަހެއް ވާކަން ހަނދާން ކޮށްބަލަ ހެޔޮނުވާނެ😭 އެހެންމީހުން ބިރުން ހަލާކުވަނީ. ހެޔޮ ވިސްނުން ދެއްވާށި🤲🏽
ރުކުރާ ވިއްކަން ގޮވާބަލަ އޭރުންވެސް ގައިމު ދިވެހިންނަށް އާމްދަނީ ލިބޭނެވިއްޔާ🙃
ހުރި ހިތާމައެއްގެ ބޮޑު ކަމާއިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތް ތަކަށް ޝުކުރުވެރި ވުމުގެ ބަދަލުގައި އެކަލާނގެ ޙަރާމްކުރައްވާފައިވާ ކަންތައްތައް ހުއްދަކުރަން ވާހަކަ މިދައްކަނީ ކީއްވެބާ. ސޯލިޙަކަށް ވެރިކަން ކުރަން ނޭނގެންޏާ އެނގޭ މީހަކާއި ޤައުމު ޙަވާލު ކުރައްވާ. ތިބޭފުޅާ ވެސް ތައްބާވެ އިސްލާޙްވޭ. މާދަން ވެސް މަރުވެދާނެ.
މިކަން ކުރާނަން މިފަހަރު.
އަންނި ވެރިކަން ވެއްޓުނީ ވެސް ތިކަމާ ހުރެ... ތިއުޅެނީ ރައިސް އިބޫ ސޯލިހު ވައްޓާލަން މަކަރުވެރި ރޭވުމެއް ރާވަންތާ؟
"އަންނަ ހުރިހާ ފަތުރުވެރިންނަކީ ރާ ބޯ މީހުންނަށް ނުވި ކަމުގައި ވިޔަސް އޭގެ ތެރޭގައި ބޯ ބަޔަކު ތިބޭނެ ދެއްތޯ؟
ޢަންނަހުރިހާއެއްމެން ފައްޅިޔަށްދާން ބޭނުން ނުވިޔަސް ފައްޅިޔަށް ދާން ބޭނުންވާ ބަޔަކު ތިބޭނެކަމަށްބުނެ ފައްޅިވެސް އަޅަން ނިންމަންވީނު
ޢެހެންވީމަ ތިދޫކޮށް ބޮއެނިމެންދެން ފުޅިކާރީ ފުލުހަކު ބަހައްޓަންޖެހޭނީ ނޫނީއެހިދުމައްދޭންޖެހޭނީ މިހާރުވެސްމާލެތެރެއިން ޑިކީތަކުން މިނަގަނީ އެހާސިކުރީޓީ ބަލަހައްޓާއިރުވެސް އެބޭފުޅާ ދީނާ
ޢެއްމެންގެ މަސްލަހަތައްވުރެ ބޮޑައް އިސްކަން ދެނީބުދުޖެހި ފައިސާއައް ބަނގުރާބޯން ބޭނުންވާ ދޮންމީހުން އެލިބޭތަނައްދިއައީމަނިމުނީ އެއީރިޒޯޓެއްވިއަސް މާދަން ދޮންމީހަކު ބޭނުން ވެދާނެ ހޮލިޑޭގަ އަޅުކަން ކޮއްލަން އެއްގަޑިއިރުން ލަންކާއައް ދެވޭތީވެ ދެންވީ އެމީހުނައް ފައްޅިއެއް އަޅާދޭން ފަޅުތެރޭ މިވަރުމީހުން ރާއްޖެ ތަރައްގީކުރަން ގާނޫނު ހަދަން މިހޮވަނީ ތިމާމެން މުސްކުޅިވާ ދުވަހު ރަޝުގެ ގޭމޭޒުމަތީ ފުޅިހުއްޓާ ފެއްނާނީ މިއަދުއޯކޭ ވެދާނެ މާދަން މުސްކުޅިވެ މިސްކުތުން އައްނައިރު ތިފުޅިބޯ މީހުން ދާނީ މަގު ހުރަސްކުރަން އެވަސް ޖެހުނީމަ ހިތައްއަރާނެ ތިމާމެން ފާސްކުރި ފުޅިބޯގާނޫނު އަދި އިސްލާހުކުރި ނަމަވެސް ތިބޭފުޅާއައް ލިބުނު ވޯޓައްވުރެ މިގައުމުގެ އާބާދީބޮޑު ތިކަމައް ގޭގޯތީގަ ބަނގުރާވިއްކަން ގިނަމެންބަރުން ހޮވިފަ ތިބީ ވަރައްކުޑަ ވޯޓެއްގެ ތަފާތުން މިއީފެއްނަން ހުރި އަދަދުތަކެއް ޖީބުން ފޯނުނަގާއިރައް.
އރ މަތީގަ ހިފުމަކީ އާދައިގެ ކަމެއް ރާއްޖެތެރޭގެ ރަށްރަށުގައި ރާވިއްކުމަކީ އާދައިގެކަމެއް އިމްރާނުގެ ނުލަފާކަންދެއްކުމަކީ އާދައިގެކަމެއް މިނުލަފާ ޖާހިލުންގެ ކިބައިން މިގައުމުސަލާމަތް ކޮށްދެއްވާނެ ހިތްވަރުގަދަ ބަތަލެއްގެ އިންތިޒާރުގައި ހުރީމެވެ
ޝިޔާން މިސަރުކާރު ދޭތެރެ ދޭތެރެއިން ބަގުރާ ގެ ވާހަކަދައްކަނީ ކީއްވެގެންކަން ދިވެހިންނަށް ސާފުވެއްޖެ
ރަލާއި އެކު އަންހެނުންތަކާއި އެކު މަޖާކޮއްލަންވެސް ބަޔެއް ފަތުރުވެރިން ބޭނުންވާނެ.. ވީމާ ކޮންމެވެސް މިންވަރަކައް ކަސްބީންގެ ޚިދުމަތްވެސް ދޭންޖެހޭނެ.. އަދި ޖުއާ ކުޅެލާނެ ތަންތަންވެސް ކޮންމެވެސް މިންވަރަކައް ހަދަންޖެހޭނެ ދެއްތޯ.. ކަލޭމެން ތިޔަތިބީ އެންމެން އެއްކޮއް މުރުތައްދު ވެގެން ދޯ.
މެމްބަރަކު ހުށައަޅާފަ އެބަ އޮތެއްނު ހިތްހަމަޖައްސާ މަޖާކޮށްލަން ތަނެއް ހަދަން ބޭނުންވާހަކަ އެކަމުގެ ކޮޅުމަތި މި ފެންނަނީ ، މަޖާކޮށްލެވޭނީ ހޭ ބުއްދި ފިލާފަދަ ބޯނެ އެއްޗެއްވެސް ހުރެގެނެއްނު ، މެމްބަރަކު ހުށައެޅިޔަސް މީ ހަމަ ބުއްޅަބޭގެ ރޭވުމަކުން ކުރާކަމެއް، ބުއްޅަބޭ ގެ ވެރިކަމުގަވެސް ވަރަށް ގަދަޔަށް ހިފި މިކަން ކުރަން ، އޭރު އެކަމާ ދެކޮޅުހެދި މީހުން މިހާރު އާދެ ، އާދެ ، ތީވަރަށް ރަގަޅުކަމެކޭ ބުނާނެ ކަމީ ޔަގީން ކަމެއް . މިކަމާ އިޔާޟުއާ އިލްޔާސް ކީކޭބާ ބުނަނީ ، މަހިތުން އެމީހުން ބުނާނެ ތިކަން ކުރަން މާލަސް ވެއްޖެޔޭ ގެސްޓުން އަންނަނީ ހިތްހަމަޖައްސާލާށޭ އެމީހުނަށް ލިބޭގޮތަށް ކޮންމެ ރަށެއްހަވެސް މިފަދަ އެއްޗެހި ހުންނަން ޖެހެނެޔޭ ، މިދާވަރުން ދަންޏާ ކައިރި މުސްތަޤުބަލެއްގަ ފައްޅިޔާ ޗާރޗް ވެސް ހަދާނެ މިރާއްޖޭގައި
ތިބައިގަންޑު ހުރިހާ ނުބައިކަމެއް މިފަސްއަހަރު ތެރޭ ކޮއްންނިމާނެ ކީއްކުރާނާ
ސޭހު އިމްރާން ، ސޭހު އިލްޔާސް ، ޑރ އިޔާޒު ، އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމު ، ވެދުމާ ސަލާމް ރާކަނި މަހުގެ މީރުކަން އިހުސާސް ވޭތޯ ކޮބާ ކަލޭމެން ފަގުނޑިކޮޅު...
2 ވަނަ ފިޔަވަހި ފެށެނީ. ފަހު ފިޔަވަހި ނިމޭއިރު، ފައްޅިއާއި ބޭނުން ދީނަކަށް އުޅުން އޮންނާނެ. ދުރާލ؛ާ ރޭވިގެން ހިންގާ 50 އަހަރުގެ ޕްލޭނެއް
dhivehi muslim ahunnaai ukhuthu varah rangalhah visnaathi, mi nulafaa reevumuga nujeheethi, islaam dheenuga haraam kanthahthah kuruvaa mulhi dhivehi raajje halaaku kuruvaa bayaku eba ulhee mibaigaduga, heearaa visnan thibeethi, mimeehunge malheegaa nujeheethi ehves meehaku,
ޖެހި ހުސްވެއްޖެ. ބުނި ކޮންމެ ކަމަކަށް އަތްތަޅާފަ އޯކޭ ޖަހާ މީހުން ގިނައީ.
ކިހާބޮޑު މުސީބާތެއް.
ރާޕާޓީން ބަލާނެ އެކަންވޭތޯ
މާގިނަދުވަހެއްނެ ބަލންހުރޭ އަދި މީހުންނަކީ މަޑުކޮށްލައިގެން
ކީއްކުރާނީ މީހަމަ ގަސްތުގަ އަހަރެމެން ރައްޔިތުން ބޭނުން ވެގެން ކުރަމުން ގެންދާ ކަންކަން އެހެންވީމަތާ މިމީހުން ގެރިކޮށީގައި މިކަހަލަ ނުބައިކަން ކަމާގުޅޭގޮތުން އަޑުގެނެތް ތަނަށް ހަޅޭއްލަވާއިރުވެސް ހާދަ ގޯހޭކިޔަން މިތިބެނީ ކުރާނެ ކަމެއްނެތް ކުރިންއުޅުނީ ގެސްޓް ހައުސްނަމުގަ ޒިނޭކޮށިތައް ނުހުޅުވިގެން އެކަން ކުރެވި އެތަންތާގަ ބަދުއަޚްލާގީމަސްތުގެ އެތައްކަމެއްކޮށް މުޖުތަމައު ހަލާކުކުރެވިއްޖެ ދެންއޮތީ ފަސޭހަ އިން ރާބޯލައިގެން މަޖާކު ކުރުން އެކަންވެސް އެކުރަނީދެން މިގައުމުގަ ސިނގިރޭޓްބުއިމާ އެއްހަމައެއްގައި ރާބުއިން ހިފަ ހައްޓާލާނެ އަދި އެޔަށްވުރެ ވެސްކުރީގައުޅޭނީ މިހުރިހާކަމެއް ފަށާނީ މަޖިލިސްގޭ ބަގީޗާތެރެއިން މިހާރު ބްރޭކް ގަޑިތަކުގަ ސިނގިރޭޓާ ކޮފީ ބޯންވިއްޔަ އެތިބެނީ ދެންތިބޭނީ ....... ހަމަކަށްވަރު މިގައުމުގަ ހަރާންކަންކަން ކޮށްގެން ފައިސާ ހޯދުން މިއޮތީ އެކަމު މުސްލިމުންނޯ އަޖައިބެއް ނުވާނެތަ
ހޭއަރުވާލާނަން. ހަނދާން ކުރާތި.
ބަލަންތިބޭތި ދީނީމީހުން އެއްޗެއްނުބުނާނެ ބުނާނަމަ މިހާދު މިޤައުމުގެ އިސްލާމްދީނާ އެދީނުގެ ކަރާމަތައްޓަކައި އިލްޔާސް އިޔާޒު، ޒައިދުމެން އެއްޗެއްބުނެފީސް މި ބުއްޅަބޭ ބަގުރަ ޢާއްމުކުރާނެ
މެމްބަރަކު ހުށައަޅާފަ އެބަ އޮތެއްނު ހިތްހަމަޖައްސާ މަޖާކޮށްލަން ތަނެއް ހަދަން ބޭނުންވާހަކަ އެކަމުގެ ކޮޅުމަތި މި ފެންނަނީ ، މަޖާކޮށްލެވޭނީ ހޭ ބުއްދި ފިލާފަދަ ބޯނެ އެއްޗެއްވެސް ހުރެގެނެއްނު ، މެމްބަރަކު ހުށައެޅިޔަސް މީ ހަމަ ބުއްޅަބޭގެ ރޭވުމަކުން ކުރާކަމެއް، ބުއްޅަބޭ ގެ ވެރިކަމުގަވެސް ވަރަށް ގަދަޔަށް ހިފި މިކަން ކުރަން ، އޭރު އެކަމާ ދެކޮޅުހެދި މީހުން މިހާރު އާދެ ، އާދެ ، ތީވަރަށް ރަގަޅުކަމެކޭ ބުނާނެ ކަމީ ޔަގީން ކަމެއް . މިކަމާ އިޔާޟުއާ އިލްޔާސް ކީކޭބާ ބުނަނީ ، މަހިތުން އެމީހުން ބުނާނެ ތިކަން ކުރަން މާލަސް ވެއްޖެޔޭ ގެސްޓުން އަންނަނީ ހިތްހަމަޖައްސާލާށޭ އެމީހުނަށް ލިބޭގޮތަށް ކޮންމެ ރަށެއްހަވެސް މިފަދަ އެއްޗެހި ހުންނަން ޖެހެނެޔޭ ، މިދާވަރުން ދަންޏާ ކައިރި މުސްތަޤުބަލެއްގަ ފައްޅިޔާ ޗާރޗް ވެސް ހަދާނެ މިރާއްޖޭގައި
މުސީބާތެއް ނު މިޖެހުނީ
ރިސޯޓް ތަކުގައި ވެސް ރަލާ އޫރުމަސް ލިބިގެން ނުވާނެ. ޙަރާމް
ކާނެ ބޯނެ އެއްޗެއް ނެތިގެންތޯ މިއުޅެނީ.
ރަނގަޅު ފައިދާހުރި އެތައް އެއްޗެއް ކާންބޯން ލިބިލިބި މިއޮތީ. ޝުކުރުވެރި ވެބަލަ ނިކަމެތި އިންސާނާ. ބަނގުރަލުގައި 10މީހަކަށް ޢަޒާބު ލިބޭނެކަމަށް އަންގަވާފައިވާއިރު އެކަން ކުރަން މިއުޅެނީ ހަމަ ދީނަށް އޮތްލޯބި ބޮޑުކަނުްތޯ. ޝެއިޚް އިލްޔާސް އަދިވެސް ބުނާތި ދީނަށް އިހާނެތި ކަމެއް ކޮށްފާނެ ކަމަށް ޤަބޫލެއް ނުކުރަމޭ. . ކީއްވެތޯ އެވަރުދީންދެ ލޯބިވާ ބަޔަކު މިކަހަލަ ކަންކަން ކުރަން މިއުޅެނީ. ގަދަފަދަ ޢަޒާބު ލިބޭ ކަން ނުކުރިޔަސް ފަތުރުވެރިކަމާ ކުރެވިދާނެ. ފަތުރުވެރިން ރާއްޖެ އަންނަނީ އެމީހުން ޤައުމުން ބަނގުރާ ނުލިބިގެން ތޯ. އަހަރެމެން އިންޑިޔާއަށް ދިޔައީމަ ރިހާކުރާއި ގަރުދިޔައެއް ނުދެ
👮👮👮👮👮😘😘😘😘
އަޅުގަޑުމެން ވެސް ރާއްޖެއަށް އަމިއްލަ އަށް ކުރާ ދަތުރު ތަކާއި އަދި ބައެއް ޓުއަރ ތަކުގައި ބައިވެރިގެން ކުރާ ދަތުރު ތަކުގައިވެސް އެތަނަކުން އޮންނަ ޚިދުމަތެއް އެކަނި ލިބެނީ. ކޮންމެހެން އެތަނަކަށް ދާ ހާ މީހަކު އޭނަގެ ޤައުމުގައި ހުރެގެން ކުރާހާ ކަމެއް ކުރެވޭކަށް ނޯވޭ. ރާއްޖެއަށް އަންނަ ޓުއަރިސްޓުންނަށް ކުރިޔަށް ދެވޭ މައުލޫމާތުގެ ތެރޭގައި ލޯކަލް ޓުއަރިޒަމުގެ ތެރެއިން މީހުން އުޅޭ ރަށްރަށުގައި ރާ ނުލިބޭ ކަމާއި ރާ ލިބޭނީ ހަމައެކަނި ރިސޯޓު ތަކުން ކަމަށާއި އެތަނަށް ދާ ނަމަ އިތުރު ޗާޖެއް ކުރަންޖެހޭ ކަމާއި އެމަޢުލޫމާތުތައް ދިނުމުން އެކަން ހަމަޖެހޭނެ.
ފުރިހަމަ ނުވެހުރި ކަމަކީ ރާއްޖެތުރުއަށް ރާ ްާއާންމު ނުވުން . އެކަން ފުރިހަމަ ކުރަން ޖެހޭނެ. ާެަައެނޑީޕީ ގެ ބޮޑުވައުދު ފުރިހަމަ ވާނީ ރާއްޖެތެރެއައް ރާ އާންމު ކުރެވުނީމަ
ފުރަތަމަ ކަމަކީ ފަތުރުވެރިން މީހުންދިރިއުޅޭ ރައްތަކުން ޖާގަދީ ދިވެހިން އެކަމައްދެވިހިއްޕުމެވެ ދެން ދިވެހިންގެ ރީތި އާދަ ކާދަތައް ފަސްއަޅައި ފޮރުވާލުމައްފަހު ބަންގުރަލާ އެހެނިހެން ކަންކަމައް ދިވެހިން ހައްލުވައި މަސްތުގަ ޖެއްސުމެވެ ދެންއޮތީ ހަގީގީ ބޭނުމެވެ ދީނާ ދުރުކޮއް އެހެނިހެން ދީންްތައް ދިވެހިންނައް ދަސްކޮއްދީ އެކަމައް ހިތްޖެއްސުމެވެ މިފަސްއަހަރު ވެރިކަން މިގޮތައް ދާނަމަ ފަސްއަރު ނިމުމުގެ ކުރިން ހަދާއެއްޗެއް އެމީހުން ހަދާ ނިއްމާނެއެވެ ވައްﷲއައުލަމް.
ބޭރުން އައްނަ މީ ހުންގެ ބޮލުގައި އަޅުވާ ބަހައްޓާފައި ރާބޯނީ މިމީހުން މިއީ ނަޝީދު މެން ކުރިން ފެށިގެން ދެކެ މުން އައި ހުވަފެނެއް އަހަރެމެން މިބައި މީހުންނައް ވޯޓް ދިނީމަ އަހަރެމެންގެ އަތައް ގޮއްވާ މިލަނީ ދޯ؟ ވަރައް ދެރަ ނުބައި ކަމަކުން ނިކުންނަ ފައިދާ އައް ވުރެން ލިބޭ ގެއްލުން މާބޮޑު ވާނެ ﷲ ގެ ކުޅަދުން ވަންތަ ކަން މާ ބޮޑު
ތޮއްޑުއަށްދިޔަ ފަތުރުވެރިންނަށް ޖިންސީ ފުރައްސާރަކުރުމުގެ 2 މައްސަލަ ފެންމަތިވެ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރައިގެން ދިޔައިރުވެސް ދާއިރާ ތަމްސީލްކުރަން ހުރި މެމްބަރު މިއުޅެނީ ރަށުގަ ރާ ނުވިއްކިގެން. އަޖައިބުން އަންތަރީހެއް ނުވާނެތަ އަޅެ ފަހެ
﴿91﴾ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ
شيطان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)
ﷲ ސުބްހާނަހޫ ވަތައާލާގެ އަމުރުފުޅު އައުމުން ދެން އެކަމާއިމެދު މަޝްވަރާކޮށް ބަހުސްކޮށް ﷲ ގެ އަމުރުފުޅުގެ މަށްޗައް ވަލައީގާނޫން ހަދާއި ﷲގެ އަމުރުފުޅު ބޮލާލާއޖަހުމެއް މުސްލިމުންނަކަށް ނެތެވެ. މުސްލިމުންގެ ގޮތަކީ ކިޔަމަންވުމެވެ
ކޮންމެ އެއްޗެއްކިޔަސް އަތްޖެހުން މީގަ އޮތީ.👏👏👏👏👏
ވަރައްވެސް ބޮޑު އޮޅުވާލުމެއް ވަގުތުން ތިކުރަނީ 2008 ގެ ކުރިންވެސް މީހުން އުޅޭ ރައްރަށުގައި ބަގުރާ ވިއްކަމުންކުމުގެ ހުއްދަ ވަކި އުސޫލްއަކުން ދެމުން އައީ، 2008 ގަ އެ އުސޫލް އާމުކޮށް މިނިސްޓްރީގެ ވެބްސައިޓް ގަ ޖެހީ. އިތުރައްސާފް ކުރަން ބޭނުން ނަމަ އެކޮނޮމިކް މިނިސްޓްރީ އިން މައުލޫމާތު ސާފުކޮއްލުން ރަނގަޅުވާނެ.
ދިވެހިން ބަގުރާ ބޮއިއުޅުނީ ލަންކާގައި، ބޯން ބޭނުން މީހަކު ލަންކާޔަށް ދާންވީ ނުންތޯ ކޮންމެހެން މިތާގައި ތިޔައެއްޗެއް ބޯން އުޅޭނެކަމެއް ނެތް !
މީގެ ކުރީގައިވެސް ރާބޮއި އުޅުނީ ލަންކާގައި ރާބޯން ދަނީވެސް ލަންކާޔަށް ހަފުތާ ބަންދުގައި މިހާރު އެކަން ނުވެގެންތޯ ތިއުޅެނީ !
ބަގުރާ ބޯން ދިނުމަކީވެސް ހިދުމަތެކޯ ބުނާއިރު ބަގުރާ ބުައިމާއި އުފުލުމާއި ވިއްކުމާއި ގަތުމަކީވެސް ހަރާމް ކަމެއްކަން މެމްބަރަށް ނޭގޭ ކަމީ ކުފޫހަމަނުވާކަން ނުންތޯ؟