މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 35 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވީ 28 މީހުންނެވެ. މީހުން ދިރިއުޅޭ އެހެން ރަށްތަކުން މިއަދު ތިން މީހުން އަދި މިހާރު ހިންގަމުން ގެންދާ ރިސޯޓްތަކުން ހަތަރު މީހުން މިއަދު ކޮވިޑް-19 އަށް ފައްސިވިއެވެ.

ހަދަމުންދާ ރިސޯޓަކުން އަދި އިންޑަސްޓްރިއަލް ރަށަކުން މިއަދު އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ވަނީ 1728 ސުންކު (ސާމްޕަލް) ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 36 މީހުން މިއަދު ބަލިން ރަނގަޅުވިއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 12889 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި މީހުންނާއި އެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 11717 އަށް އަރާފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 1119 އަށް އަށް އަރާފައެވެ. މިއީ އޮކްޓޯބަރ މަހުގެ ދެވަނަ ހަފްތާއަށް ފަހު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު މިހައި މައްޗަށް ދިޔަ ދެވަނަ ދުވަހެވެ.