ކޮވިޑް-19 ވެކްސިނެއް ލިބެންވާއިރަށް، ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލައި ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރާ މަސައްކަތުން ޞިއްޙީގޮތުން ރައްކާތެރި، އަދި ވެކްސިން ޖެހުމުން ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަން ޔަޤީންކުރެވިފައިވާ ހަތަރު ވެކްސިނެއް މިހާރު ފާހަގަކުރެވިފައިވާކަމަށެވެ. އެ ވެކްސިންތަކުގެ ސައިންޓިފިކް ޓޭޑާތައް ވަރަށް އަވަހަށް އާއްމުވެ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާތެރޭގައި ވެކްސިނެއް ރަސްމީކޮށް ތަޢާރަފުކުރެވޭނެކަމުގެ އުއްމީދު ބޮޑުވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ކޮވިޑް-19 ވެކްސިނެއް ތައްޔާރުވާންވާއިރަށް، ރާއްޖޭގައި ވެކްސިން ޖެހުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ. ޚާއްސަ ނެޝެނަލް ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލާ، ވެކްސިން ރައްކާކޮށް ބަަހައްޓާނެ ވަޞީލަތްތައް ޤާއިމުކުރުމާއި، ޤައުމުތަކުގެ މެދުގައި ވެކްސިން ބެހުމަށް އެކުލަވާލާފައިވާ "ކޮވެކްސް ފެސިލިޓީ"ގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ކޯލްޑް-ޗެއިން ސިސްޓަމް ނުވަތަ ވެކްސިން ރައްކާކޮށް ބަހައްޓާ ނިޒާމް އިތުރަށް ހަރުދަނާކުރުމާއި، އޭގެ އެސެސްމަންޓެއް ހެދި، އެކަމަށް އިތުރަށް ބޭނުންވާ ސާމާނު ގަތުމާއި، އަދި "ކޮވެކްސް ފެސިލިޓީ" މިއީ ބައިނަލްއަޤްވާމީގޮތުން އުފެދިފައިއޮތް ފެސިލިޓީއެއް ގިނަ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭންވެސް މީގަ ބައިވެރިވޭ. މި ފެސިލިޓީގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ ހިލޭ ވެކްސިން ލިބޭނެ. އެހެންވީމަ މި ފެސިލިޓީގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގެ މަސައްކަތާއި، އަދި ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމާއި މިކަހަލަ ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން މިހާރުވެސް ވަރަށް ހަލުވި ސްޕީޑެއްގައި އެބަދޭ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ރާއްޖެއަށްވެސް ވެކްސިނެއް ލިބޭނެކަމަށް އުއްމީދުކުރެވޭ ކަމަށެވެ. ނަމަވެސް ވެކްސިން ލިބޭނީ އެކި ބެޗް ބެޗަށް އެކި މިންވަރަށްކަން އޭނާ ފާހަގަ ކުރެއްވިއެވެ. ވެކްސިން ލިބެމުންދާ މިންވަރަކުން ގިންތި ކުރެވޭ ތަރުތީބަކުން އެ ވެކްސިން ޖެހުމުގެ މަސައްކަތް ކުރާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިކަމަށްވާންޖެހޭ ތައްޔާރީތައް ވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި، ޔުނިސެފްގެ އިތުރުން، ވޯލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްތައް ފަދަ ޑިވެލޮޕްމަންޓް އޭޖެންސީތަކާއި ބޭންކުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބެމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ވެކްސިން ހޯދުމަށް ވަމުންދާ ތައްޔާރީތަކާއި، މިހާރު ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ މަޢުލޫމާތުދިނުމަށް ވަރަށް އަވަހަށް އެ ސެންޓަރުގެ ފަރާތުން ޚާއްސަ ޕްރެސް ކޮންފަރެންސްއެއް ބާއްވާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.

މިހާރު ވެސް ބައެއް ސިއްހީ މަރުކަޒުތަކުންނާއި ހޮސްޕިޓަލްތަކުން ވަނީ ކޮވިޑް-19 ވެކްސިން ޖެހުމަށްޓަކައި ދާއިމީ ބަލިތަކަށް ބޭސް ކުރަމުންދާ މީހުންގެ މައުލޫމާތު ހޯދަން ފަށާފައެވެ.

ކޮވިޑް-19 ވެކްސިން ފުރަތަމަ ލިބޭއިރު ވެކްސިން ދިނުމުގައި އިސްކަން ދޭނީ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

އެންމެ އަވަހަށް ލިބޭނެ ކަމަށް ބެލެވޭ ކޮވިޑް-19 ވެކްސިންތަކަކީ އެމެރިކާގެ މޮޑާނާ، ފައިޒާ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް އަދި ޗައިނާގެ ސިނޮވެކް އިން އުފައްދާފައިވާ ވެކްސިނެވެ. މީގެތެރެއިން ބައެއް ވެކްސިންތައް ބައެއް ގައުމުތަކަށް މިއަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހަޖާމި

    ގިންތި ކުރެވޭ ގޮތް ތިރީގައި.
    އެންމެ ފުރަތަމަ ރައީސައް އަދި އޭނަގެ އާއިލާޔައް ގާއްތިމާގެމީހުންނައް
    ދެން ރައްޔިތުންގެމަޖިލީހުގެ އެންމެނައް އަދި އާއިލާޔައް ގާއްތިމާގެމީހުންނައް
    ދެން މިނިސްޓަރުންނާ އަދި އާއިލާޔައް ގާއްތިމާގެމީހުންނައް
    ދެން މަހުޖަނުންނާ އެމީހުންގެ އާއިލާޔާ ގާއްތިމާގެމީހުންނައް
    ދެން ސިޔާސީވަކި ޕާޓީއެއްގެ އެކްޓިވިސްޓުންނާ އަދި އާއިލާޔައް ގާއްތިމާގެމީހުންނައް
    ދެން ޑޮކްޓަރުންނާ ނަރުހުންނާ އަދި އާއިލާޔައް ގާއްތިމާގެމީހުންނައް
    ދެން ވޯޓުލާންތިބި ޒުވާނުންނައް
    ދެން ހައިރިސްކުމީހުންނައް
    ދެން ލޮބުވެތި ރައްޔިތުންނައް

    30
    3
  2. ތިނަދޫ ކައުންސިލް

    ތިނަދޫ ކ ކ ކައުންސިލުން އަންގަނީ ތިނަދޫއިން ފުރަތަމަ ވެކ ކްސިން ދޭން ފެށޭނީ ބިދޭސީންނަށް ކަމަށް. އެއީ ހަމައެކ ކަނި އެމީހުންހުންގެ އަތުގަ ހުރި މައުލޫމާތު ތަ ކީއެއީ ކަމަށްވާތީ. ބޮޑެތި ބަލިތަށް ޖެހިފައިވާމީހުންނާއި މުސްކުޅިންގެ މައުލޫމާތާއީ ރަށުގެ އާބާދީ ފަދަ މައުލޫމާތު އެއް ކުރަން އަދި 6ކއެއް ކަ މަސް ނަގާނެ ކަމަށް ވާތީވެ. ("ޑެޑްލައިން ދީފަ ހައުސިން މިނިސްޓްރީން ބުނެފާނެ މާދަމާ 10 ޖެހުމުގެ ކުރިން ރަށުގަ އިންނަނީ ކިތެއް މަގުތޯ ބުނެލަދީބަލާށޭ އަދި މަގުތަކުގެ ދިގުމިން ފޮނުވަދީބަލާށޭ ކިހިނެއްތޯ އެއް ދުވަސްތެތޭގަ މަސައް ކަތް ނިންމާނީ މަގުތަކުގެ އަދަދު ބަލަންވެސް މަހެއްހާދުވަސް ނަގާނެ މިއީ ކުޑަ ކަމެއް ނޫންއިގޭތޯ".) ހެލްތު މިނިސްޓިރީން މޮޔަފުޅު ވަނީދެއްތޯ

    5
    5
    • ނަސީމް

      ކައުންސިލްގާ އޮންނަނީ އެކަކު އަނެކަކުގެ މަސް ކެއުމާއި ރައްޔިތުންނަށް ޖެއްސުންކުރުން. މަގުމަތީގަ ކޮޕީ ފަތްގަހެއް ފަޅާފަ އިނަސް އެގެއްއްގެ ބައެއް ކައުންސިލަށް ހާޒިރުކޮއްގަ ހަންދަމާފަ ދޫކޮއްލަނީ. އެކަމަކު ރަށުގެ ކުރީގެ ސިއްހަިމަރުކަޒު ހުރިތަން އެއީ ކައުންސިލްގެ ރައީސްގެ އަމާބަފާ ތަރިކަ މުދަލަށް ހަދައިގެން އެތާ ދަނޑުވެރިކަން ކުރުމަކީ މައްސަލައެއްނޫން ކަމަށް ކައުންސިލުން ދެކެނީ. ކައުންސިލް ރައީސްގެ ބައްބާފުޅު މިބުނާ ކުރީގެ ސިއްހީމަރުކަޒު ހުރިތަން ކުއްޔަށް ނަގާފައިވާނަމަ އެތާގެ އަގާއި ނެގި ތާރީހެއްވެސް ރައްޔިތުން ބަލަން ބޭނުންއެބަވޭ.

    • މިޔުޒިޔަމް ޕާކް

      ވާނުވާނޭގޭ ކައުންސިލް

    • އަލީ

      ރަށު މީހުން އެމީހުންނާ ދިމާލަށް ބިގަރުންނޭ ކިޔަނީ ކިޔަންވެގެން

  3. Anonymous

    އަނެއްކާ އަނެއް ވެކްސިންއެއް، ތި ގޮތް ނޭނގޭ އެއްޗެހި ތައް ނުޖަހާށޭ މީސްތަކުން ގަޔަށް.
    މާދަން ކަންނޭނގެ އެނގޭނީ އެ ވެކްސިން ގާ ހުރި ކޮންމެސް ނުބަޔަކާ ކުރާ ގެއްލުންތައް

    9
    6
    • ާލޮލް

      އައްދެ އެއްކަލަ މޮޅުގޮލާ

  4. ލލ

    ޑރ ނަޒުލާ މެންވަނީ ލޯކަލް ކައުންސެލް އިންތިހާބު ނުންތޯ ؟

  5. އަރީ

    ވެކްސިން އެއްމެފުރަތަމަ ޑރ.ޝީނާގެ ދުލަށް ޖަހާ.

    8
    3
  6. ދިދަ ދަނޑި

    ކޮން ތައްޔާރީއެއް ވާކަށް.. ވެކްސިން ގެނެސް ސަރުކާރުގެ އިސްވެރިންނާ އެމީހުންގެ އާއިލާ ތަކާ ގޭދޮށު މީހުނަށް ޖަހާ ހުސްކުރާނެކަން އިނގޭ.. އާދައިގެ މީހަކަށް ތިޔެއް ނުލިބޭނެ.. ލިބުނަސް ޖެހޭނީ ނަންނޯޓްކޮށް ފޯމް ފުރާ ކިޔުގަ ޖެހިގެން ބޮޑުއަގުގަ ގަންނަން.. މީ ވާނެ ގޮތް

  7. ޒާ

    ކޮވިޑްއަތުވެދާނެކަމަށްވެސް ދުރާލާ 200 އިންސައްތަ ކުރިޔަށް ތައްޔާރުވީމުނޫންތޯ؟ ނަމަވެސް ދިިޔައީ ޗޮކުންނޫންތޯ؟ ދެން ކޮން ކަހަލަ ތައްޔާރެއްތަ ތިވަނީ އެތައްފައިސާނަގާލަން.

  8. ތުރާކުނު

    އަނެއް މޮޅުވާހަކަ މިކަލޭގެ ދައްކަންފެށި އަނެއްކާވެސް ދައުލަތުގެ މާލިއްޔަތު ކާލާނެ މޮޅުގޮތެއް ރާވާލަނީކީ ނޫންބާ

  9. ޏަވިޔަނި

    ޢިންޑިޔާ ވެކްސިން ތޯ؟

  10. ޢަލީކޮއި

    މާލަސް ވެއްޖެ ތިޔަ ކޮމިޓީއެއް އެކުލަ ވާލަން، ވެކްސިން ލިބޭގޮތް ހަމަޖެހެން ވާއިރަށް ޖެހޭނެ ކޮމިޓީގެ ސަޔަށާ ކޮފީތަކަށް ވެކްސިނަށްއޮތް ބަޖެޓް ހުސްކޮށްލަން. ބާކީ ފައިސާ ފޮށްޗެއް އޮތިއްޔާ ބޮޑުންގެ އާއިލާތަކަށް ވެކްސިން ޖަހާލީމަ ނިމުނީ. ނިކަމެތި ރައްޔިތުމީހާ ނިކަމެތިކަމުގަ.