ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ފެށުމާ ދެކޮޅަށް ރައްޔިތުން ތެދުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވުމުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

"ޑްރަގްގެ ވަބާ މުޖުތަމައު ސަލާމަތް ނުކުރެވި، އެތައް އާއިލާތަކެއް ހިތްދަތި ކަމުގެ ތެރެއަށް ގެނބި، ހައްލެއް ނުލިބި ތިއްބައި، ރަށްރަށުގައި ރާ ވިއްކުމަކީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން، ރަށްރަށުގައި ރާ ވިއްކުމާ ދެކޮޅަށް އަނެއްކާ ވެސް ރައްޔިތުން ތެދުވާން ޖެހޭ." އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޝިޔާމް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ދިނުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވީ ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލް ދިރާސާކުރާ މުޅި މަޖިލިހުގެ ކޮމިޓީ ބައްދަލުވުމުގައެވެ. ޝިޔާން ވިދާޅުވެފައިވަނީ ރަށުގެ ފަޅުތެރޭގައި ނަމަވެސް އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ އިންތިޒާމު ހަމަޖައްސައި ހުއްދަ ދިނުމުގެ ގަވާއިދެއް ވެސް އެކުލަވާލިއެވެ. އެކަމަކު ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އާންމުން އިހްތިޖާޖް ކުރަން ފެށުމުން ފަހުން އެ ގަވާއިދު ބާތިލްކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ނަޖީބު އައްބާސް

  މިކަހަލަ ވާކަކަ ދައްކައިގެން ރައްޔިތުން ވާވައްދަނީ! ހަރާމް އެއްޗެއް ހަރާމްވާނެ ކޮންމެތާކު ވިއްކިޔަސް! ރައްރަށުގަ ނުވިއްކިޔަސް ރިސޯޓޫތަކުންނާ ސަފާރީތަކުން ބޭނުން ވަރަކައް ބަގުރާ ބޭނުންވާ މީހަކައް ހޯދުމަކީ ފަސޭކަމެއްކަން އޭގޭ ކޮންމެ މީހަކައްވެސް އިހުލާސްތެރި ކަމެއް ހުރިނަމަ ބުނާނީ ރާއްޖެއައް ރާއެތެކޮއް ބަނގުރަލުންވިއަފާރި ނުކުރެވޭނޭ

  10
  16
 2. ޙުރިހާ

  މިފަހަ ރު އެއްމެން ނިކުންނަންޖެހޭ

  21
  3
 3. މާމިގިލީ މީހާ

  މީވަރަށް ދެރަކަމެއް، ރަށް ރަށުގަ ރާވިއްކާން ގޮވާތީ. މިކަމުގެ ސަބަބުން ރާއްޖޭގެ ރަށް ރަށުގެ މީހުންގެ ދިރިއުޅުން ހަލާކުވެގެން ދާނެ. އެއްބަޔަކު ފައިދާ ހޯދާން ކުރާކަމެއްތީ. އަނެއް ބަޔަކައް ލިބޭނީ ގެއްލުމާ ހަލާކު. ރަށު ތެރޭ ބިރުވެރިކަން އުފެދި ރައްޔިތުން ހަލާކުވާނެ. މަށެއް ނުދޭނައް ވޯޓެއް، ރާވިއްކާން ގޮވާ މީހުންނަކައް.

  26
 4. ޚލނ

  ހަމަ مرحبا ކޮބާ މައްސަލައަކީ ¡
  رب رسول دين قبول ކުރާބައެއްނަމަތާ މައްސަލައަކީ
  ހަމަގޭގަވެސް ކުރަންވީ
  ރާއްޖޭގެ ދީނީ علم ވެރިންތިބޭނެ އަތްޖަހަން
  اللهއާ وكيل
  2020 26 11

 5. ޅަބޭ

  މީހުން އުޅޭ ރައްރަށުގަ ރާވިއްކުން މަނާ. މީހުން އުޅޭ ރައްރަށުގަ ފަރަންޖީން ރޯމާދުވާލު ބިކިނީ ލައިގެން ބީޗުގަ ދެކޮޅައް ހޫރިފަ މޫދައް ޑައިބުޖެހުން ދިވެހިންނައް އޯކޭ. ބުދުޖެހި ޑޮލަރު އޯކޭ. މީ ކޮން ވައްތަރު 100 ޕްލަސް އެއް؟؟

  2
  3
 6. ޣކފދ

  ސަރުބަތު ބުއީމަ މިނޫން އެހެންގޮތެއް ހޯދަންގޮވާމީހުންނާއި 24 ގަޑިއިރު ހަމައިންނެއްޓިފަތިބޭމީން ގިނަވުމުގެސަބަބުން ހަރުކަށި އަދިރިދައުލަތުގެ ރައީސްގެގުރޫޕް ގިނަވާނެ.

  2
  2
 7. ނިޒާމު

  މި އީ އެއްގޮތަކައްވެސް ހެޔޮވާވަރުގެ ކަމެއްނޫން މި އެމްޑީޕީ ވެރިކަމާއި ހަވާލުވެއްޖިއްޔާ އަބަދު ކުރުމައް މަސައްކަތް ކުރާކަމެއް ..މިއީ އަލީ އާޒިމް މެންގެ ކަންތައް..ކަމެއް ތަންފީޒުވެސް ކުރެވޭ ގައުމެއްނޫން މީކީ..ޕޮލިހުން ބޮޑު މައްސަލަ އެއްވިއްޔާ ބޯދަމައިގަންނާނެ..

 8. ފަރެސް

  އިސްލާމީގައުމެއްގައި އިސްލާމީވަންތަކަން ގެއްލޭ އެއްވެސްކަމެއްކުރުމަކީ ކުރެވިގެންވާނެކަމެއްނޫން
  ލިބޭޑޮލަރުތަކަށްނޫންބަލަންވީ ބަލަންވީ ދީނާ،ގައުމާ،ރަށްޔިތުންނާ އިސްލާމްދީނާ ނުގުޅޭކަމެއްފެށުމުން
  މުސްތަގުބަލްގައި ލިބިދާނެގެއްލުމަކަށް ކުރިމަގުގެ ޖީލަށް

 9. ރަލަކީ ހުރިހާ ނުބައިކަމެއްގެ އަސްލު

  ބަނގުރާ ޙަރާމް ކުރައްވާފައިވަނީ ކަމެއްވެގެން. قرآن ގެ އާޔަތްތަކުން އަދި ޙަދީސްފުޅުތަކުން ރަލަކީ ޙަރާމް އެއްޗެއްކަން އެނގޭ. މުޅިރާއްޖެއިން އެއްކޮށް މަނާކުރަންޖެހޭ ކަމެއް ތިއީ. ރިސޯރޓްތަކަށް ފުރަތަމަ ތަޢާރަފް ކުރީ. މަޑުމަޑުން ފެތުރެމުންގޮސް ރަށްތަކަށް ގެންދަން މަސައްކަތްކުރާތަން މިފެންނަނީ. ރިސޯރޓްތަކުަގއި އުޅޭ ގިނަމީހުނަށް ތީގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް. ތިރަލުގެ އަސަރު މީގެ 30 - 50 އަހރުކުރިން ރާއްޖެމީހުން ދަންނަ އެއްޗެއްނޫން ތިއީ. އޭރުވެސް ކައިބޮއި މާހިތް ހަމަޖެހުމުގައި އުޅުނީ. ހެޔޮވިސްނުން ދެއްވާށި. އާމީން