އަވަށްޓެރި އިންޑިއާގެ އެހީގައި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" މަރާމާތުކޮށްފިއެވެ.

އެމްއެންޑީއެފުން އިއްޔެ ކުރި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ވިޝަކްޕަޓްނަމް ނޭވަލް ޑޮކްޔޯޑްގައި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" މަރާމާތު ކުރުމަށް ނުވަ މަސް ދުވަސް ހޭދަކޮށްފައިވާ ކަމަށާއި އެ އުޅަނދު މިހާރު އެމްއެންޑީއެފާ ހަވާލުކޮށްފައިވާ ކަމަށެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" މަރާމާތު ކުރަން ހަތަރު މިލިއަން ޑޮލަރު ހޭދަ ކުރިއެވެ. މި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އިންޑިއާގެ ސަރުކާރުން ކަން އެނގިފައިވެއެވެ.

އިންޑިއާގެ ކޯސްޓްގާޑުން މި އުޅަނދު ރާއްޖެއާ ހަވާލުކޮށްފައި ވަނީ 2006 ވަނަ އަހަރުއެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް "ހުރަވީ"އަކީ ބަލި މީހުން އުފުލުމަށާއި ކަނޑުމަތީގައި ހިނގާ ތަފާތު ހާދިސާތަކުގައި ހަރަކާތްތެރިވުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުން ކުރަމުން އަންނަ އެންމެ ބޮޑު އުޅަނދެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މި އުޅަނދު މަރާމާތުކޮށްދިނީތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ރާއްޖެއަކީ 99.78 އިންސައްތަ ވަށައިގެން ކަނޑު އޮންނަ ގައުމެއް ކަމުން، ރާއްޖެއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މިފަދަ އުޅަނދުތައް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވީ މި ދަތި އުނދަގޫ ވަގުތުގައި ވެސް ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށްވީ ބަދަހި ކަމަށެވެ. އަދި ރާއްޖެ އަށް މިފަދަ އެހީތެރިކަމެއް ފޯރުކޮށްދެވުމުން އުފާ ކުރާ ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ހައި ކޮމިޝަނުން ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިވެފައި އޮތް ކަމުގެ އެއް ހެއްކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  ހާދަ ވަރަކަށް ކަެިފިއޭ މިސަރުކާރުން. މިވަރުގެ ކަމެއް އަމިއްލައަށް ކޮށްލެޗޭފަދަ މި ސަރުކާރުގައި ނެތް.

  16
  2
 2. އަންނި

  އިނޑިޔާޔާ ނުލާ ދެންމިގައުމައް ހަމަނޭވާވެސް ލިޔަ ނުދޭނަން.

  13
  3
 3. ޛޖޖ

  ތިޔަ އެތި މަރަމަތު ކުރަން 4 މިލިޔަން ޑޮލާރު ؟

  17
  3
 4. މޮޑަން

  ކުޑަ ސަފާރީގަނޑެޢް ތިލަފުށްޓަށް މަރާމާތުކޮށްލަން އަރުވާފަބާލާއިރުވެސް އެބަދޭ 2 ނުވަތަ 3 ލައްކަ ޑޮލަރު އެއީ މިލިޓަރީއެއްޗެއް ދެން 4 މިލިއަން އެއީ އެއްޗެއްނޫން

  5
  13
 5. ހަލީލު

  މިއީ އިންޑިޔާގެ އަވަށެއް މަރުކަޒީ ސަރުކާރުން ހުރިހާކަމެއްވެސް ކޮށްދޭނެ މިކަމަކީ މާބޮޑުކަމެއްނޫން ހާސްނުވޭ

  1
  1
 6. ޏަމްނަމް

  4 މިލިއަންޑޮލަަރަކީވަރަށްބޮޑު އެއްޗެއް ތިކަމުގައި އަޑިނޭގޭ ކަރަޕުސަނެއްއެބަވޭ ސަރުކާރުވެއްޓޭ ދުވަހަކުން ތިކަމަށް ގާނޫނީ ފިޔަވަޅު އަޅާ ސީރިއަސް މަށްސަލައެއްގެ ގޮތުގައި ތިކަންބަލާނަން.

  3
  1
 7. އަލީ

  ތިޔަ މީހުން ލައްވާ ނޫނީ ތީގެ ފެހިވެސް ކަހާލެވޭ ކަމައް ނުހަދާތި ދެން..

  5
  1
 8. ސަމްސިއްޔާ

  9 މަސްދުވަހުން ތީގެ އާ ބޯޓެއްވެސް ބަނދެވޭނެތޯއްޗެއް. ތިޔަ އެހީގެ ބަދަލުގައި ކޯއްޗެއްތޯ ދޭންޖެހެނީ؟؟ އަމިއްލަ ހާލައިގެން ނޫޅެވޭ ގައުމަކުން ރާއްޖެ އަށް މާ ދީލަތިވެގެން އުޅޭތީ ހަމަ އަހާލީ.

 9. އެހެން

  ހާދަ ބޮޑު އެހީތެރިކަމެއް އެލިބުނީ...މި ދަތި ވަގުތު
  އިންޑިޔާއިން އެ އެހީ ނުވިނަމަ ބަޖެޓުން ހާދަ ބޮޑު ބައެއް ގެއްލޭނެެ