ރުގްޔާގެ ނަމުގައި ހަތަރު އަންހެނަކަށް އަނިޔާ ކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓަކުން އަމުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައިގައި 24 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުންނަށް ކުރާ އިތުރު ތުހުމަތުގެ ތެރޭގައި އަންހެނަކާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރުން ވެސް ހިމެނެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަލާފައިވާ ތަނެއްގައި 24 އަހަރުގެ މީހާ 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އާންމުންގެ ސަމާލު ކަމަށް ގެނައި "މިހާރު" ނޫހުގައިވާ ގޮތުން ރުގްޔާ ކުރުމުގެ ނަމުގައި ގެއެއްގެ ތެރޭގައި ހަތަރު އަންހެނަކު ބަންދު ކުރީ އޮގަސްޓް މަހުން ފެށިގެންނެވެ. ރުގްޔާ ކުރަން ފެށީ، އެމީހުންގެ ގައިގެ ތެރެއަށް ޖިންނި ވަން ކަމަށް ބުނެއެވެ.

އެގޮތުން ރުގްޔާ ކުރުމުގެ ނަމުގައި އަންހެނުންގެ އެކި ތަންތަނުގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށްވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކޮށްފަ ނުކުރާނެ ކަމެއް ނޭގިގެން އުޅޭބައެއް،

    33
    1
  2. ހަމްދު

    ރުގްޔގެނަމުގައި މިކަހަލަ ސަކަރާރް ޖަހަނީ އަންނިމެންގެ ހޯރައިއްބެމެން ކަހަލަ ގުރޫޕޫ. ދީނޭކިޔައިގެން ކާފަރު ވެގަތުން ނޫންކަމެއް މިމީހުން ނުކުރުރޭ.

    29
    9
  3. ވައި

    24 އަހަރުގެ މީހާވެސް ޝަރީޢަތް ނިމެންދެން ބަންދުކުރިނަމަ. މުޅި މުޖުތަމަޢުއަށް ހުރި ނުރައްކަލެއް އެކަހަލަގެ މުޑުދާރު ލާއިންސާނީ ޢަމަލުތައް ހިންގާ މީހުންނަކީ.