ރާއްޖޭގައި ދޭން އުޅުނު ނިރުބުވެރި (ޓެރަރިސްޓް) ހަމަލާ އާއި ގުޅިގެން އިތުރު ދެ މީހަކު ތ. ތިމަރަފުށިން ހައްޔަރު ކޮށްފިއެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިިޔަކަމަށް ތުހުމަތު ކުރެވޭ ނިރުބަވެރި އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮަށް އެ އަމަލު ހުއްޓުވާފައިވާކަން ހާމަކޮށްފައި ވަނީ، ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ދޭން އުޅުނު އެ ހަމަލާ އާ ގުޅިގެން މީގެ ކުރިން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި، 34 އަހަރުގެ ފިރިހެނެއް ކަަަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ހަވީރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެ މީހުންގެ ތެރޭގައި ހިމެނޭ އެކަކީ އެރަށު ސްކޫލްގައި މަސައްކަތް ކުރާ މީހެކެވެ. ދެވަނަ މީހާއަކީ އެރަށު އެއާޕޯޓްގައި މަސައްކަތް ކުރާ މީހެެކެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ މާލެ އާއި އަތޮޅުތެރޭގެ ކަނޑުމަތީގައި އާއި ތިމަރަފުށީގައި އޮަޕަރޭޝަނެއް ފަށާފައިވާކަން އިއުލާނުކޮށްފައެވެ.

ހަމަލާ ދޭން އުޅުނީ ރާއްޖޭގެ ކޮން ސަރަހައްދެއްގައި ކިހިނެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝަވީދު

    ތީ މީހުން ދިރިއުޅޭ ރައްރަށުގައި ރާވިއްކަން ސަރުކާރުން ހިންގަން އުޅޭޖަރީމާގެ އަޑުކަނޑުވަން އުފައްދައިގެން އުޅޭ ފުލޯކު ޓެރަރިސްޓު ހަމަލާއެއްކަމައްވާނީ..

    63
    8
  2. މުހައްމަދު އަންޖުމް

    ކިހާބޮޑުވެއްޖެ ކަމެއް ގައުމުގަ ކޮންމެ ނުބައިކަމެއް ތަންފީޒް ކުރަންވީމަ ނިރުބަވެރިންގެ އަޑު ފަތުރާލާ އޭގެފަހުގަ ބޭނުން ވާކަންތައް މިނިންމާލަނީ މިވަރުވެގެންދާއިރުވެސް ރައްޔިތުން މިތިބެނީ ސްލޯމޯޝަންގަ ކުޅިބަލަން މިގޮތަށް ކިތައްކަންތައް މިހާރުކޮށްލައިފި ކުރީފަހަރުވެސް ރޯޔަލް ރޭޕް ދީނަށް ފުރައް ސާރަކުރިފަހަރު އިޑިޔާއަށް ގައުމުގެ އެކިހިސާބް ހިބަކޮށް ދިނުމާ ދަބަރަށްގޮސް ހުސްވެފައޮތް ޑޯނިއާގަނޑުގެ ކަންތައް މިފަހަރު ރަލުގެ ވިޔަފާރި ފުޅާކުރުމަށްވެސް ނިރުބަބެރިން ފާމިކުރީ ވައްކަމާނުލާ ހަމައެއްކަމެއް ކުރަން ނުދަނޭ ދެންބުނާނެ ވައުދު ފުއްދިވާހަކަ ދޮގާމަކަރުން ފުރިފަ

    10
    1
  3. ޅަބޭ

    ކޮން ނިރުބަވެރި ހަމަލާއެކޭ ކިޔައިގެން ދިވެހިން ގަމާރުހައްދާކައް. ތީ އެމްސީ ހަމީދު ޑައިރެކްޓު ކުރާ ފިލުމެއް. ކާކައް މިވަރު ނޭގެނީ.........

    14
    1
  4. މަނިކެ

    އިއްޔަ ޕޮލިހުން އަންހެންތަކަކަށް އަނިޔާކޮށްލިތަން ފެނިފައި ހައިރާންވެއްޖި އަޅެ މިމީހުންނަށް ރައްޔިތުންގެ ގަޔަށް ބޮލަންއަރަން ހުއްދަ އޮވެއިތަ އިތުބާރެއްނެތް

    13
    2
  5. ހުސެން

    މިމީހުންނައް ކޮންކަމެއްކުރެވޭނީ މިއީ ގިރޫޕްތަކައް ވިކިފައި ތިބި އިހުލާސްތެރި ކަމެއްނެއް ހުދު ބަންގާޅީންގެވެސް ދަށުވެފައި ތިބިބައެއް..

    11
    1
  6. Anonymous

    ހުސްދޮގު އެއިން ކުއްޖަކަށް ނޭގޭ ފުޅިއެއްގެ މަތި ނަަގަންވެސް .ޙެއުނުވާނެ ﷲ ވޮޑިގެން ވަނީ އެކުދިންނާވެސް އެކު .ޢެވަރު ކަމެއް ނޭޅުވިއަސް ވެދާނެ.

    9
    2
  7. ކަޓީ ޗާއެވާލާ

    ދޭން އޫޅޭ ނަމަ މިހާ ރު ދީފަ އޮންނާނީ...ތިޔަހެން ހަދަންޔާ އެމީހުން ދީފާނެ އެ ބޭނުމުގަ ތިޔަ އަޑު އަރުވަނީ އޭ ރަށް ސަލަފް ޖަމިއްޔާގެ ވެރިން ބޮލަށް ޖަހާފަ ރެސިސްޓެންސް ނައްތާލެވޭނީ...

    7
    1