ކ. މާފުށިން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްްސި ވެއްޖެ އެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެރަށު ގެސްޓް ހައުސްއެއް ކަމަށްވާ ކާނީ ގައި ތިބި ރަޝިއާއަށް ނިސްބަތްވާ ދެ ފަތުރުވެރިއެކެެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ، އެރަށުން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވީ އިއްޔެ ކަމަށާއި، އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ނިންމާ އެކަން އެޗްޕީއޭއަށް އަންގާފައިވާނެ ކަމަށެވެ.

އުސްމާން ވިދާޅުވީ، އެ މީހުން ފައްސިކަން އެނގުނީ އަނބުރާ ގައުމަށް ދިއުމުގެ ކުރިން ހެދި ކޮވިޑް-19 ޓެސްޓުން ކަމަށެވެ.

"ފުރުމުގެ އެއް ދުވަސް ކުރިންތާ ސުންކު ނަގާނީ، ސުންކުގެ ނަތީޖާ ނުލިބޭތާ ވާނެތާ އެއް ދުވަސް، އެ މީހުން ދަތުރު ގޮސް ހުއްޓާ ނަތީޖާ ލިބުނީ، އެ ހިސާބުން ވަގުތުން އެ މީހުން މިކޮޅަށް ގެނެެސް ހަމަ އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ދިޔައީ". އުސްމާން ވިދާޅުވިއެވެ.

މިއާއެކު އެރަށުގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

އުސްމާން ވިދާޅުވީ، އިއްޔެ ފައްސިވި ދެ ފަތުރުވެރިންގެ ކޮންޓެކްޓްގެ ގޮތުގައި 11 ފަރާތެއް ފާހަަގަކުރެވިފައިވާ ކަމަށެވެ.

މާފުށިން މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވި އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތިމަރަ

    އަދިވެސްފަތުރުވެރިންގެނެވޭތޯބަލާ މިހާރުރާއްޖެތެރެހަލާކުވަނީ

  2. Thoddoo

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢👮👮👮👮👮👮👮👮👮👮👮😷😷😷😷😷😷😷😷😷😷

  3. ވިސްނާލުމަށް އެދެމޭ

    🐜🐜🐜🐜🐜އަންނަނީ.....ޕޕމއިން މުޒާހަރާކުރަން ނިންމީ ކަނޑުމަތީގަކަން އެގުނީމަ ދެގެސްޓުން ޕޮޒިޓި ވް ވެ މާފުށި ކަރަންޓީނަށް...ސަރުކާރު ދަމަހައްޓަދެނީ ދެއަންހެނަކު....އެއީ މައިމޫނާ ކިޔާ މީހަކާ ނަޒުލާ ކިޔާމީހެއް...މިއީ ސަރުކާރުން ރައްޔިތުންގަޔަށްޖަހާ ދެއިންޖެކްޝަނެއް...ސިއްހީދާއިރާގަ ތިބި މުހިއްމު ބޭފުޅުންނަ ކުޑައިމީސްބަހެއް ބުނަން ބޭނުމެނޫން އެކަމަކު ޗޕއ ގެ ނަމުގަ މިތިބަ ބަޔަކީ ބަޔަކު އެއްޗެނުބުނާގޮތަކަށް ކަންކުރާބައެއްނޫން...މޑޕގެ ގްރާސްރޫޓުގައުޅޭ ނައީމާއްތަގެ އިހުލާސްތެރިކަން މާރަގަޅުކަމަށް ހީ ވަނީ ރައްޔިތުންނަށް ގައުމަށް.. ނަޒުލާއަކާ މައިމޫނާއަށް ވުރެ..

  4. މާފުށި

    މިކަންވެސް އޮތީ އެތެރެ އެތެރިން ފޮރުވާލާފަ... އުޅުނީ ނުވާކަމަކަށް ހަދަން.... ބޭނުމަކީ އެއީ ކާނި ގެސްޓް ހައުސްގެ ފަތުރާވެެރިން ވީމަ.... މިފަހަރު ކޮންޓެކްޓުން އުޅޭތަ... ނޫޅޭނެ... ކާކު ދައްކައިގެން އުޅޭ ވާހަކައެއްތީ....ކިހިނެތް އެމީހުންނާ ކޮންޓެކްޓް ވާނީ...އެމީހުން އެތިބެނީ ރަށަށް އަރާ ގޮތަށް ފުރަންވަންދެންވެސް ރޫމުން ނުނިކުމެ.... އެބައިމީހުންގެ ގެތަކުގަ ތިބޭނެ ރޫމްތައް ނެތީމަ ލާރި ހަރަދު ކޮށްފަ އެއަށްނަނީ އެކަމުގަ....

  5. ޜަށު މީހާ

    ބަލަ ފަތުރުވެރިން ގެންނަނީ ޓެސްްޓް ކޮއްފަ ނެގެޓިވް ނަތީޖާ ދެއްކުމުން ނޫންންތަ؟ ދެން ކިހިނެތް މިވަނީ؟