މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 44 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލޭ ސަރަހައްދުން 37 މީހުން މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހުން، ރިސޯޓްތަކުން ތިން މީހުން އަދި ރިސޯޓް ތަރައްޤީ ކުރަމުން ގެންދާ ރަށަކުން އެކަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

މިއަދުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ތިން ދުވަސް ފަހުން މިއަދު ވަނީ މަދުވެފައެވެ. ފާއިތުވި ތިން ދުވަހު 95 މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި ނަމަވެސް މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބީ 93 މީހުންނެވެ.

މިއަދު ވެސް ކޮވިޑް-19 އަށް ފައްސިވި މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މަދެވެ. މިއަދު ބަލިން ރަނގަޅުވީ 32 މީހުންނެވެ.

1538 ސުންކު (ސާމްޕަލް) މިއަދު ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަދުރޭ

    ހައި ރިސްކު މީހުން ނަޓު އަޅުވާފަ ދެންތިބި މީހުން ލައްވާ ޤައުމު އެބަޖެހޭ ހިންގަން . ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ އެންމެން ނަޓުއެޅުވީމަ ޤައުމު ހުއްޓި އިކޮނޮމީ ފުނޑުފުނޑުވާނެ . ސްވިޑްން ކަހަލަ ޔޫރަޕް ޤައުމުތަކުގައި ހެދީ އެހެން

  2. އެޖެންޑާ ހިކަދި

    ދެން ބުނޭ މީވެސް ރައީސް ޔާމީން މައްސަލައެކޭ