ރާއްޖެ ތަރައްގީ ކުރުމުގެ މައިގަނޑު ޕްލޭނެއް ނެތް ކަމަށާއި ޕްރޮޖެކްޓްތައް ކަނޑައެޅުން ވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޑިމާންޑް ކުރާ އެއްޗަަކަށް ކަމަށް އައްޑޫ ސިޓީ މޭޔަރަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ގަމުގައި ހުންނަ އެއާޕޯޓް ތަރައްގީ ނުވާނެ ކަމަށާއި އައްޑޫގައި ވަސީލަތްތައް މަދު ކަމަށް މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވުމުން ރާއްޖޭގެ ނޫހެއްގައި ޝާއިއު ކޮށްފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ. ސަނީފް ވިދާޅުވި ގޮތުގައި އައްޑޫ އެއާޕޯޓު ތަރައްގީ ކުރަން ބޭނުންވާ ވަސީލަތްތައް ހުރީ ހުވަދޫގައެވެ.

ނިޒާރު ވިދާޅުވީ އެފަދަ ވާހަކަތައް ދެވެނީ ރާއްޖެ ތަރައްގީ ވާން ޖެހޭ ގޮތުގެ ޕްލޭނެއް ރޭވިފައި ނެތުމުން ކަމަށެވެ. މިހާރު ތަރައްގީގެ ޕްރޮޖެކްޓްތައް ވެސް ވެފައި އޮންނަނީ މަޖިލީހުގެ މެންބަރުން ވަޒީރުން އަރިހުގައި ޑިމާންޑް ކުރާ އެއްޗަކަށް ކަމަށާއި ޕްލޭނެއްގެ ތެރެއިން ކަނޑައެޅޭނެ ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ޕްރޮޖެކްޓްއަކީ މަޖިލީހުގެ މެންބަރުން ޑިމާންޑްއަށް ވާން ޖެހޭ އެއްޗަކަށްވެ، ބަޖެޓްގައިވާ އަދަދަކީ މެންބަރުން ރުއްސަން ޖަހާ އަކުރުވާ ތަން މި ފެންނަނީ،" އަލީ ނިޒާރު ލިޔުއްވާފައިވެއެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސަނީފް އެހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކުރުމުގެ ގޮތުން މުޅި މަޖިލިސް އެއްކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. ސަނީފް ވިދާޅުވެފައިވަނީ ފަތުރުވެރިކަން މިހާރު ހުރި ވަރުން ވެސް ވަސީލަތްތައް އޮތީ ހުވަދޫ އަތޮޅުގައި ކަން ސާފުވާނެ ކަމަށެވެ.

މަޖިލީހުގެ އެ ކޮމިޓީ ބައްދަލުވުމުގައި ވަރަށް ގިނަ މެންބަރުން ވަނީ އެއާޕޯޓްތައް ގާއިމް ކުރެވޭ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ބައެއް އަތޮޅުތަކުގައި އެއާޕޯޓްތައް ގިނަވެފައި ބައެއް އަތޮޅުތަކުގައި އެއާޕޯޓްތައް މަދުކަން ފާހަގަކުރެއްވިއެވެ. ބައެއް މެންބަރުން ވަނީ އެ މެންބަރުގެ ދާއިރާގައި އެއާޕޯޓް ނެތް ކަމުގެ ޝަކުވާ ވެސް ކުރައްވައިފައެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ވެސް ފާޅުކުރެއްވިއެވެ. ނަޝީދު ވިދާޅުވީ އެއާޕޯޓަކީ ވަރަށް ދެކޮޅު ޖެހޭނަމަ ނޫނީ އަޅައިގެން ވާނެ ބިނާއެއް ނޫން ކަމަށެވެ. އަދި ވަކި ރަށެއް އެއީ ގައުމެއް ގޮތުގައި ނުދެކި މުޅި ގައުމު ތަރައްގީ ކުރުމުގެ ވިސްނުމުގައި ވާހަކަ ދައްކަވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ިމުހައްމަދު

    މީ ތަފާތު ތަނެއް. މިތާނގައި ތަރައްޤީ ޕްލޭނާއި ގައުމު ހާސިލުކުރަން ބޭނުންވާ ލަނޑުދަޑިތައް މި ކަނޑައަޅަނީ މަޖިލީހުން. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިކަން ކުރާ ގޮތެއް ނޫން. ތަރައްޤީގެ ޤައުމީ ޕްލޭނާއި ގައުމު ހާސިލުކުރަންޖެހޭ ކަންކަމަކީ ކަމާބެހޭ ފަންނީ މީހުންނާއި ތަޖުރިބާކާރުން ދިރާސާކޮށް ހަދާ އެއްޗެއް. އެންމެ ކައިރީގައި މިއޮތް އިންޑިޔާގައިވެސް މި ޕްލޭން އޮންނަނީ މިގޮތަށް. ކޮންމެ ސަރުކާރެއް އައިކަމަށްވިޔަސް އެޕްލޭނަކީ ބަދަލުވާ ޕްލޭނެއް ނޫން. އެ ތަޞައްވުރަކަށް ބަދަލެއް ނާދޭ. މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތުން ކިތަންމެ ވަރަކަށް އައްޑޫ މީހުން ބޭނުންވިޔަސް ހުވަދުއަތޮޅަކީ އައްޑުއަތޮޅުގައި ތިބޭ ބަޔަކު ބުނާ ގޮތަކަށް ހިންގާ ތަަނަކަށް ނުވާނެ. އަދި އައްޑުއާ ނުލައި ހުވަދުއަތޮޅު ދެން އޮންނާނީ.

  2. ޖަނާޒާ

    އެމް.ޑީޕީ ގައި މި ރާއްޖެ ތަރައްގީ ކުރުމުގެ އެއްވެސް ޕްލޭނެއްނެތްކަމަށް އެމް.ޑީޕީ މީހުން ، ހާއްޞަކޮށް ނިޒާރުމެންފަދަ ބޭފުޅުން ވިދާޅުވީމާ... ދެން އަތައްގޮވައެއެވެ. ދެން ފިހާރަ ތަކުގައި ހަކުރު މަދުވީމާ ހަކުރުގެ ޑިމާންޑް ބޮޑުވެއެވެ. #ވަރަށްބޮޑަށްޞުކުރިއްޔާ

  3. ކަޅުބެ

    އެމްޑީޕީ ވެރިކަމަށްއައީ ގައުމު ތަރަށްގީކުރުމަށްވުރެ ބޮޑަށް އެމީހުންގެ ޖީބުފުރާލަން މިކަން އެބަވޭ ވޯޓުގެދުވަސްވަރުވެސް މިމީހުންކަންކުރީ އެގޮތަށް ބައެއްރަށްރަށުގަ ނަރުދަމާނިޒާމު ގާއިމުކޮށްދޭނަމޭ ބުނެ މަގުމަތީ ކަޑަޖަހާ ރޯނުދަމާހެދި ރަށްޔަތުންގެ ލޮލުގައި އަނދުން އަޅުވަން .

  4. ގުއިދައިތަ

    މި ނިޒާރަކީ މިހާތަނަށް މާ ހަމަޖެހޭ ވާހަކަ ދައްކާފަ ހުރި މީހެއް ނޫން. މަޖިލީހުގަ އުޅުނު އިރު ވެސް އެންމެ ފޫހި އެކަކު. އޮއްޓަރު ހުރި އެއްވެސް ވާހަކައެއް އެ 5 އަހަރު ތެރޭވެސް ދައަކާފައެއް ނެތް. މިއީ މިހާތަނަށް މީނާ ބުނި އެންމެ ހަމަޖެހޭ ވާހަކަ. މިހާރު އެބަ ހީވޭ އަމިއްލަ ސިނކުޑިން ވިސްނާހެން.

    8
    2
  5. ޓަކަފިރޯށި

    ސަނީފު އެވިދާޅުވަނީ ހައްގުތެދެއް ހުވަދުއަތޮތޮޅުގެ ގުދުރަތީ ރީތިކަން އައްޑޫމީހުން ރުއްސަން ގުރުބާން ކުރާކަށްނުޖެހެއެވެ. ގުދުރަތީ ވަސީލަތްތަށް ހުރިތަނަކުން ތަރަށްގީ ކުރަންފަށައިގެން ފުޅާކުރީމަ ހުންނާނީރަނގަޅަށެވެ.

    7
    2
  6. ދަރަނި ދަންތުރަ

    ރީނދޫ ބައިގަނޑަކީ މިގައުމު ދަވާލި މީހުން