އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިންގެ އިތުރު ތަހްލީލުތަކެއް ހަދަން ނިންމައިފިއެވެ.

އަސްޓްރާޒެނެކާއިން ބުނީ އޮކްސްފޯޑް ވެކްސިން އިން ގާތްގަނޑަކަށް 70 އިންސައްތަ މީހުން ބަލިން ރައްކާތެރިކުރެވޭ ކަމަށެވެ.

އޮކްސްފޯޑް ވެކްސިނާއި ގުޅޭ އިިތުރު ތަހުލީލުތައް ކުރާނީ މައިގަނޑު ގޮތެއްގައި އެ ވެކްސިން ބޭނުން ކުރުމުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަމަށާއި، މި ތަހުލީލުތައް ކުރުމަށް ހަމަޖެހިފައި ވަނީ އެ ޔުނިވާސިޓީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގުޅިގެން ކަމަށް "ސީއެންބީސީ" އިން ވަނީ ރިޕޯޓުކޮށްފައެވެ.

"މި ވެކްސިނުގެ ސައިންޓިފިކް ނަތީޖާގައި އަބަދުވެސް ކޮންމެވެސް މައްސަލައެއް އުޅޭ. މީގެ ހުރިހާ މައުލޫމާތެއްވެސް އަދި ހިމެނިފައެއް ނެތް. އެެހެންވީމަ މި ބޭނުންކުރާ މީހުންނަށް އުނދަގޫވާނެ މިއީ ރަނގަޅު ވެކްސިން ކަން ގަބޫލު ކުރަން." އޮކްސްފޯޑް ޔުނިވާސިޓީން ބުންޏެވެ.

މީގެ ހަތަރު ދުވަސް ކުރިން އޮކްސްފޯޑް އިން ވަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ޔުނިވާސިޓީގެެ ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް ޑަބްލިއުއެެޗްއޯ ގައި އެދުމަށް ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފައެވެ.

ނަމަވެސް ބެލެވޭ ގޮތުގައި ދެން އޮކްސްފޯޑުން ހުއްދައަށް އެދޭނީ މި ތަހުލީލުތަކަށް ފަހުއެވެެ.

އޮކްސްފޯޑް އާއި އެސްޓްރާޒެނެކާގެ ވެކްސިންގެ އަގު މިހާރު ރައްކާތެރިކަން ކަށަވަރު ވެފައިވާ ފައިޒާ އާއި މޮޑާނާގެ ވެކްސިނަށްވުރެ މާބޮޑަށް އަގުހެޔޮ ވާނެއެވެ.

އެސްޓްރާޒެނެކާ އިން އަމާޒު ހިފާފައި ވަނީ އަންނަ އަހަރު ނިމުމުގެ ކުރިން ތިން ބިލިއަން ޑޯޒްގެ ވެކްސިން ބާޒާރަށް ނެރުމަށެވެ.

މިއީ ކުދި އަދި މެފުފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކަށް ވަރަށް އަވަހަށް ލިބިދާނެ ކަމަށް އުއްމީދު ކުރެވޭ ވެންސިނެކެވެ.