އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް އެއް އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކަނޑުމަތީގައި މުޒާހަރާ ފަށައިފިއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން މިއަދު މުޅި ރާއްޖޭގައި މުޒަހާރާގެ ހަރަކާތްތައް ހިންގުމަށް ނިންމާފައިވެއެވެ. މި ގޮތުން އެހެން ރަށްރަށުގައި މިއަދު ހަވީރު މުޒާހަރާ ފަށާނެއެވެ. މާލެ ސަރަހައްދުގައި ތިބި މީހުން މިއަދު މެންދުރުފަހު މުޒާހަރާ ފެށީ ދޯނި ފަހަރުތަކުގައި ކަނޑުމަތީގައެވެ. އެއީ މާލޭ މަގުމަތީ އެއްވެއްޖެނަމަ ފުލުހުން ހަރަކާތަށް ހުރަސްއަޅާތީއެވެ.

އިދިކޮޅު ސަޕޯޓަރުން މުޒާހަރާއަށް ތައްޔާރުވެފައި. --- ފޮޓޯ: ޕީޕީއެމް

ކޮވިޑް-19 ގެ ރޯގާ މާލޭގައި އަދިވެސް ފެތުރެމުންދާތީ، މާލެ މަގުމަތީ އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އެ ގޮތަށް މަނާކޮށްފައިވަނިކޮށް މަގުމަތީ އެއްވުންތައް ބާއްވައި އެ އެއްވުންތަކުގައި މާސްކް ނާޅާ ހުރުމުން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ޖޫރިނަމާކޮށްފައިވެއެވެ. އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް ވަނީ އެ ކޯލިޝަންގައި ހިމެނޭ ކޮންމެ ޕާޓީއެއް 75،000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.

އިދިކޮޅު ސަޕޯޓަރުން މުޒާހަރާއަށް ތައްޔާރުވެފައި. --- ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. ދައުލަތުން ވިދާޅުވާ ގޮތުގައި އެއީ ގއ. ވޮޑަމުލާ ލީޒްކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ އެއް މިލިއަން ޑޮލަރެވެ.

އިދިކޮޅު ސަޕޯޓަރުން މުޒާހަރާއަށް ތައްޔާރުވެފައި. --- ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީނަށް އިއްވި ހުކުމަކީ ނުހައްގު ދައުވާއެއްކޮށް އިއްވާފައިވާ ހުކުމެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީން ދެކެއެވެ. ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕިއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުކޮށް އިތުރު ދައުވާތަކެއް އުފުލާފައިވާއިރު ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ ކުރިއަށް ނުގޮސް ލަސްވެފައިވެއެވެ. މިކަމާ މެދު ވެސް އިދިކޮޅުން ކަންބޮޑުވުން ފާޅުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނާޒިމް

    ކުށްވާނީ ހަމަ ކުށަށް ކޮންމެ ބޭފުޅަކު ކުރެއްވި ނަމަވެސް އެކަމުގެ ޙައްޤު އަދަބު ލިބެންޖެހޭނެ
    އެންމެ ރައްޔިތެއްގެ ބަދަލުގަ ހުރިހާ ދިވެހީންނެއް ޤުރްބާނެެއް ނުކުރެވޭނެ!

    88
    86
    • ކޮތަރު

      އެއީ އަޅުގަނޑު އެޅުވި ފަންޏެއް. އެހެން ބުނި މީހާ ކޮބާ؟

      63
      4
    • ބޯކިބާ

      އޯކޭ ބުރޯ ކަލެޔަށް ތިފެންނަނީ އިންސާފާ ހަމަހަމަކން ރީދޫ ތިލަފަތުން ކޮބަ އަދީބު30 އަހަރު ޒިޔަތު25 އަހަރު ހޯރަ10 ކެނަރީގޭ ނަސީދު12 އަހރު ރާއްޖޭގެ ކޯޓުތަކުން އިއްވަފައިވާ ހުކުން އެއީ ޔަމިނު ވްއްކަން ކުރިކަމަށް ބުނެ ޖަލަށްލަފަ ދެން އެތިބަމިހުން ގާނުނަކީ އެއިރެއްގަ ތިބޭ ވެރިން މޮޑެހަދަ އެއްޗަކަށް ވީމް ވަނީ މިހެން މިހަރު މިތިބީ ވެރިކަމުގަ ދީނަށްފުރައްސާރކުރުމާ ވައްކަންކުރުމާ ރޭޕްކުރުން އޯކޭފެފަ ވަކިބަޔަކު ކުރީމަ ގޮސް މި ސަދޫމުތް

      10
      9
    • Anonymous

      ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާނަމަ މިހާރު ވެރިކަމުގަ ތިބި މީހުންގެ މައްޗަށްވެސް ހަމަ އެ ކުށް ސާބިތުވާނެ. އެންމެންވެސް އެބުނަނީ މިއީ މމޕރސ ލާރި ކަމެއް ނޭނގެޔޭ. އެހެންވެޔޭ މި ކިޔަނީ މިއީ ސިޔާސީ ހުކުމެކޭ.

  2. އެހެން💪

    ތިޔަ ބުނީ ހަމަ ރަނގަޅަށް

    38
    9
  3. މަ

    އެމް އެމް ޕީ އާރ ސީގެ ހިޔާނާތުގެ ކުށް ތުހުމަތުކުރެވިފައިވަނީ ރޔާމީނަށް އެކަނިތޯ؟ އެމަނިކުފާނު ޖަލުގަ ހުންނަތާ 1އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު, އެ ހިޔާނާތުގެ ތުހުމަތުމުރެވޭ 300 އެއްހާ މީހުން މިނިވަންކަމާއެކު، ދިރިއުޅެ, އިތުރަށް އެތައް ހިޔާނާތެއްވަމުންދާއިރު ވެސް, ރ ޔާމީނު ގިނިކަންޏާތޯ ޖަލުގަ ހުންނަވަންވީ؟ މީތޯ އެޖެންޑާ19 އިންސާފަކީ؟
    ރއިބުރާހިމާ, ލާދީނީ އިމްރާނާ ކރ މައުމޫނާ ލާދީނީ ނަޝީދު( އަންނި)އާ ޤާނޫނު އަސާސީއަށް ފައިން އެރި މާރިޔާއާ އަނބިކަމަނާ މިނިސްޓަރުކަމުގަ ބަހައްޓަންޏާ ކޮންމެ ގޮތެއް އޯކޭވާ ބުރުމާ ޤާސިމަކީ މި ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ގައުމުގެ ހަލާކު. މީ ހަމާ ޤައުމަށް ޖެހިފަވާ ބަލާވެރިކަމެއް.

    12
  4. ހަޖަމް

    ވަކި ބަޔަކު ކުރީމަ އޯކޭ ، ވަކި ބަޔަކު ކުރީމަ އޯކޭ ނޫން

  5. އ . ޖ . އ

    dhen naaraathi male ah bali hifaigen
    ladheh hayaatheh ves nuhureyey

    8
    5
  6. އ . ޖ . އ

    dhen naaraathi male ah bali hifaigen
    ladheh hayaatheh ves nuhureyey
    yaameenu golaa othee kandu matheetha alhe

    15
    4
  7. ކޮޕް

    ބިޔަބޮޑު މާލެއިން ނިކުތީ މަދު ބަޔެއް. ހަކެނާ ގޮވާގެން ނިކުތުމައް ވުރެން ގޭގަ ތިބުން މާރަނގަޅުވާނެ.

    20
    8
  8. ކާސިމު

    މި ގައުމު މި އަދު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނީ ރ ޔާމީން އަށް ބޯހިޔާވަހިކަން ވަޒީފާ ގާނޫނުގެ ވެރިކަން އިޖުތިމާއީ ފޭރާން ދިވެހި މީހާގެ ހައްގު މިންވަރު ކަށަވަރު ކޮށްދިނުން

    11
    9
  9. ދަރަނި ދަންތުރަ

    އަސްލު ވަށްކަންކުރި ޒިޔަތު އަދީބު ގޭގައި މިއީ އިންސާފުތޯ

    11
    7
  10. ނާޒިމް

    ހުރިހާ ވަގުން ޒިއްމާވާންޖެހޭ ކަމެއްގައި އެންމެމީހެއްގެ ބޮލުގައި އެވަގު ތުހުމަތު އެޅުވިގެންނުވާނެ ރައީސްޔާމީން ކެޔަސް ނުކެޔަސް އެހުރީ ޖަލަށްލާފަނު ކޮބާ ދެންތިބި ހުރިހާވަގުން އަދިވެސް ދައްކަންވީ ޖަލަށްލާފަހުރި މީހާގެ ވާހަކަތަ ޖަލަށް ނުލާތިބި ރީނދޫ ވަގުންގެ ވާހަކަ ކީއްވެ ދައްކަންނުކެރިގެން ތިއުޅެނީ އަނެތްކާ ތިމާއަށް ކެވުނުވަރު ގިނައީ ނޫންބާ؟

    11
    8
  11. ޔާﷲ

    މިމުޅި ދިވެހިރާއްޖޭގައި ހުރީ އެންމެވަގެއްތަ މިވީހާތަނަށް ހަރާން ހުކުމެއްކޮށް ނުހައްޤުން ޖަލަށްލީ ރައީސްޔާމީން އެކަނި ހަނދާކޮށް ގެންތިބޭތި އެބުރިއައުން ވަރުގަދަވާނެ މާޝާﷲ

    14
    9
  12. ޔާﷲ

    މިމުޅި ދިވެހިރާއްޖޭގައި ހުރީ އެންމެ ވަގެއްތަ މިވީހާތަނަށް ހަރާން ހުކުމެެއްކޮށް ނުހައްޤުން ޖަލަށްލީ ރައީސްޔާމީން އެކަނި ހަނދާންކޮށްގެން ތިބޭތި އެނބުރި އައުން ވަރުގަވާނެ މާޝާﷲ

    13
    4
  13. ކޮބާކަލޭ

    އަލީވަހީދު ވީނޫންތޯ ސޯލިހުގެ އެކައުންޓައް ލާރިކޮޅެއް ޖަމާ ކޮއްލަން އެއިރުން ތިހިޔާނާތުގަ ސޯލިހު ތާށިވާނެތާ؟

    6
    14
  14. އިންޑިޔާފަސްބައި

    ތި "ކަނޑުމަތީ މުޒާހަރާއަކީ" ސަރުކާރުން مرحبا ކިޔާ - ބޭނުންތެރި حركاتއެއް! ކުރީ އަހަރުގެ ބަޖެޓައް ބަލާލަމާ ހިނގަ! دولة އައް "އިންކަމް ޖެނެރޭޓް" ކުރާ އެއް ކޮމްޕޯނެންޓަކަށް އޮތީ ރައްޔިތުން އަތުން حرمانه..ނެގުން ކަމަށްވާއިރު - މިއަދުގެ ތިޔަ މުޒާހަރާއައް ނިކުތް މީހުންނާއި އުޅަނދުފަހަރުތައް حرمانه ކޮށްގެން "ރަނގަޅު އެތިކޮޅެއް" ލިބިގަތުމަކީ ސަރުކާރުގެ ވަރަށްބޮޑު، ފޮނި اميد އަކަށް ވާނެކަން ކަށަވަރު!!

  15. ނަޝީދު

    އެމް ޑީ ޕީ ސަޕޯޓަރުން ވިސްނާތި ﷲ ގެ ވާގިފުޅާއެކު މި ވެރިކަން ބަދަލުވާ ދުވަހު ކެނެރީގޭ ހާމުދުރާއި ހިންނަވަރު ފައިބަރު މޮނިއުމަންޓް ހިފާ ހައްޔަރު ކޮށް ޖަލައް ލާނެ އެދުވަހުން ބާރައް އަތްޖަހަން ތިބޭތި ދެފަހަރު ވެރިކަން ދިނީމަ ޤައުކު ވައްޓާލީ އަނދަވަޅަކައް..