ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކ.ރަށްފަޅު ހުރާ 4 ގައި ބޮޑު މާރާމާރީއެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

މި މާރާމާރީ ހިނގާފައި ވަނީ އެތަނުގައި މަސައްކަތް ކުރަން ގޮސް ތިބި ބިދޭސީ ދެ ގްރޫޕެއްގެ ދެމެދުގައެވެ.

މި މާރާމާރީ ހިނގާފައި ވަނީ ލަންކާ އާއި ބަންގްލަދޭޝް ގްރޫޕެއްގެ ދެމެދުގައެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލަ މިއަދު 13:20 ހާއިރު ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެތަނުގައި ބިދޭސީންގެ މެދުގައި ހަމަނުޖެހުމެެއް ހިނގައިގެން އުޅޭ ކަަމަށް ރިޕޯޓް ކުރުމުން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އެޖެންޑާ ހިކަނދި

  ޖަނަވާރުތައް ޖަޒީރާވަންތަވީ ކަންނޭގެ

  10
  3
 2. މީމަ

  ހިނގަނީތަ؟ ނޫނީ ހިނގީތަ؟

  • އަލީ

   ހިނގައިފިތަ؟ ނޫނީ ހިނގާނެތަ؟